ރާއްޖެއާއި ސީޝެލްސްއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރަނީ: ހަތް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި-- ފޮޓޯ: ރައީސް އޮފީސް
02 އޯގަސްޓް 2019 - 23:03
ރާއްޖެ އާއި ސީޝެލްސްއާ ދެ ގައުމުން އެއްބާރުލުން ދިނުމުގެ ހަތް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ސީޝެލްސް އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ ސީޝެލްސްގެ ރައީސްގެ ރަސްމީ އޮފީހުގަ އެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
މިއަދު ސޮއިކުރެއްވި އެއްބަސްވުންތަކުގައި ހިމެނެނީ ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި ގުޅުންބަދަހިކުރުމުގެ އެއްބަސްވުމަކާއި، ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި ޓޫރިޒަމް ދާއިރާ އާއި ނޫ އިގުތިސާދުގެ ދާއިރާ އާއި ވޮކޭޝަނަލް ޓްރެއިނިން ދާއިރާ އާއި ޒުވާނުން ކުރިއެރުވުމަށް ކުރެވޭ ކަންކަމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެވެ.
ރާއްޖެ އާއި ސީޝެލްސްއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރަނީ: ހަތް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނިގޮތުގައި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ރާއްޖޭގެ ކުޅުންތެރިން ތައްޔާރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
ހާރިޖީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވި އެއްބަސްވުމަކީ ރާއްޖެ އާއި ސީޝެލްސްއާ ދެމެދު މިހާރު އޮތް ހާރިޖީ ގުޅުން އިތުރަށް ފުޅާކޮށް އެކިއެކި ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ އެއްބަސްވުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ޓޫރިޒަމް ދާއިރާއިން ސޮއިކުރި އެއްބަސްވުމާއި، ނޫ އިގްތިސާދުގެ ދާއިރާ އާއި ތިމާވެށީގެ ދާއިރާއިން ވި އެއްބަސްވުންތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީ އަށް މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
03 August 2019
ހާދަ ހަސަދަވެރި މީހަކު މިތާ އެބައުޅެއޭދޯ އެކިނަންނަމުގައި ކޮމެންޓް ކުރާ؟
މާދުރު ތަރި
03 August 2019
5 އަހަރު އިބޫ އަށް ލިބުނީ! އެކަމަކު މުޅިންވެސް ކުރަނީ ބޭކާރު ކަންކަން. ރައްޔިތުން (ހާއްސަކޮށް އަތޮޅުތެރެއަށް) ބޭނުންވަނީ އަސާސީ ހިދުމަތްތަށް. ފެން އަދި ނަރުދަމާ! މާލެއަށް މީހުން އައިސް މާލޭގެ ރައްވެހީންނަށް ނޭވާ ނުލެވޭ މިންވަރަށް މީހުން ގިނަވެ އިޖްތިމާއީ ބަލިމަޑު ކަމެއް މިހާރު ފެންނަމުންދޭ! އަދިވެސް އިބޫ ނުވޭތަ ނަޝީދު ކަހަލަ ހީއްލަތެރިންގެ ކިނބައިން ނެއްޓި ރީތި ވެރިކަމެއް ކުރަން؟
ނެތީމޭ
03 August 2019
ތިޔާ އެއްބަސްވުން ތަކަކީ އެއީ ކަނޑުގައި އަޅާލާ ރޮނގުތަކޭ މަމެން ބުނަން ނެތީމޭ...
ޔަގީނޭ
03 August 2019
ޓޫރިޒަމް ދާއިރާގެ ނޫ އިގްތިސާދު އެއީ އޮންނަ އިގްތިސާދެއް ނޫނޭ ނޫ އިގްތިސާދު ފެހި އިގްތިސާދު ރަތް އިގްތިސާދު އެއީ އިކޮނޮމިކްސް ގައި އޮންނަ އެއްޗެއް ނޫނޭ އިގްތިސާދީ ކަންކަމަކީ އެއީ ޑިއު ޕްރޮސެސް އެއްގެ ތެރޭން ޑިމާންޑަށް ބަލާ ކްރިއޭޓް ވާ އެއްޗެކޭ މިސާލަކަށް ސިންގަޕޯރގެ ޕޯރޓަށް އޮތް ޑިމާންޑް ލަންކާގެ ޕޯރޓަށް ނޯންނާނެއޭ އެއަށް ދެން ނޫ އިގްތިސާދޭ ކިޔާ ކަނޑުގައި ޕްލެޓްފޯރމް ތަކެއް އެޅިނަމަވެސް އެކަން ނުވާނެ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ...
އަހަންމަދާ
04 August 2019
އެއީ އިގްތިސާދަށް ދީފައިވާ ނަމެއް. ސާފް ވެއްޖެ.
މުރާސިލް
03 August 2019
ޝީޝެލްސް ގެ އާބާދީ 95702 / ލޭންޑްއޭރިޔާ 460 ކިލޯމީޓަރ މީގެން ރާއްޖެއަށް އޮތް މޮޅެއް ދޯބަލަން ޖެހޭނީ އެހީވަނީ ރާއްޖެއިން ޝީޝެލްސް ތޯ ޝީޝެލްސް އިން ރާތްޖެއަށްތޯ މިކަމުގެ ފައިދާ އަކީ ކޮބާތޯ ބޮޑު ވަފުދެއް ހަބޭހައް ޚަރަދުކޮށްގެން މިދަނޑިވަޅު ޝީޝެލްސް އަށްދާން ،، ޞެނުމަކީ އިބޫގެ ވެރިކަމުގައި ސަރުކާރު ޚަރަދުގައި ދުނިޔއ ބަލާލުންތޯ؟؟؟
ހާސަރު
03 August 2019
މިސަރުކާރުން އަވައްޓެރިންނާ ގާތް ގުޅުން އުފައްދާތީ އުފާވޭ. މިކޮމެންޓް ތަކުން ފެންނަނީ ރުޅިވެރިކަމާ ހަސަދަ އާއި ޖެލެސީ. ކުރިން ވެރިކަން ކުރި މީހާ ފިޔަވަޅެއްވެސް އެޅީ އަމިއްލަ ޖީބަށް ވަންނާނެ ވަރު އެގުނީމަ ، މިހާރު ވަރަށް ތަފާތު.
ކިނބޫ
03 August 2019
ޝީޝެލްސް އޭ ރާއްޖެއާ ދެމެދު އޮތް ބޯރޑަރ ޑިސްޕިއުޓާ ގުޅޭ އެއްބަސްވުން ނެތީތަ
ދިވެސެއް
03 August 2019
ބައްލަވާ އެއީ މޮރިޝަސް / އިނގިރޭސިވިލާތަކާ ނޫންތޯ؟
ގެރިކިރު
03 August 2019
މީ އަނެއްކާ ބަޔަކުމީހުންއެކޮޅުގަކުޅޭ ރިސޯޓުކުޅިގަޑުފުޅާކުރަންކުރިކަމެއްނޫންބާ. މާމުހިންމު އަދިމާބޮޑެތިގައުމުތަށްއޮއްވާ ސީސެލްޝް މާމުހިންމުވެގެންމިއުޅެނީ
ނަމުގަ ކަންކުރުން
03 August 2019
ދިވެހި ރާއްޖެޔަށްވުރެ ހުރިހާ ގޮތަކުންވެސް ހާލުގައި އުޅޭތަންތަނަށް ގޮސް އެއްބަސްވުމެއް ހަދާލީމާ ނޫހަކުން ހެޑްލައިނެއް ލިބޭނެ. އެކަމަކު ރައްޔިތުން އެ ކުރާ ސުވާލަކީ، މި ގައުމަށް އޮތީ ކޮން ފައިދާއެއްހޭ!
ރަދީފް
04 August 2019
މިފަދަ އެއްބަސްވުންތަކުގެ ފައިދާ ފެންނާނީ ގިނަ ދުވަހުން.މިފަދަ އެއްބަސްވުންތަކަކުން އިންްސްޓެންޓް ތަރައްގީއެއް ނުފެންނާނެ.ނަމަވެސް ސައުދީ ޗައިނާ ރަޝިޔާ ފަދަ ގައުމުތަކުން އިމްޕެކްޓެއް ގެނެވިދާނެ.މަމިބުނީ މަށަށް ފެންނައެއްޗެއް.
ބޮބީ
03 August 2019
ތިއީ ކިހާ ފެންވަރެއްގެ ބައެއްކަން ތި ފޮޓޯތަކުން ބޮޑުތަނުން ސާފުވޭ