އެމްޓީސީސީގެ ފެރީއެއް: އެކުންފުނިން ވަނީ ދ. އަތޮޅާއި މ. އަތޮޅަށް ފެރީގެ ހިދުމަތް ފަށާފައި-- ފޮޓޯ: މިހާރު
04 އޯގަސްޓް 2019 - 12:44
ވާމިލިއަން ކުންފުނިން މ. އާއި ދ. އަތޮޅުގެ ފެރީގެ ހިދުމަތް މިދިޔަ ރޯދަ މަހު ހުއްޓާލާފައި ވަނިކޮށް އެމްޓީސީސީން އެ ދެ އަތޮޅަށް އަލުން ފެރީގެ ހިދުމަތް ފަށައިފި އެވެ.
އެމްޓީސީސީން މިދިޔަ މަހުގެ 27 ވަނަ ދުވަހު މ. އަތޮޅަށް ފެރީގެ ހިދުމަތް ފަށާފައި ވާއިރު ދ. އަތޮޅަށް ފެރީގެ ހިދުމަތް ފެށީ އިއްޔެ އެވެ. އެ ދެ އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ފެރީގެ ހިދުމަތް މިހާރު ލިބެ އެވެ. ފެރީ ދަތުރުގެ އަގަކީ މީހަކަށް 20ރ. އެވެ.
ވާމިލިއަން ކުންފުނިން ވަނީ ފ. އަތޮޅަށް ވެސް ފެރީގެ ހިދުމަތް މެދުކަނޑާލައިފަ އެވެ. އެ އަތޮޅަށް ވެސް ވަރަށް އަވަހަށް ފެރީގެ ހިދުމަތް ފަށާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ތިން އަތޮޅަށް ފެރީގެ ހިދުމަތް ދިނުމަކީ ރިސޯޓެއް ހެދުމަށް ވާމިލިއަން އަށް ދެ ރަށް ދީފައި ވާތީ އެކަމުގެ ބަދަލުގައި ކޮށްދޭންޖެހޭ ކަމެކެވެ. ފެރީގެ ހިދުމަތް ހުއްޓާލި ނަމަވެސް އެ ދެ ރިސޯޓް އަންނަނީ ހިންގަމުންނެވެ. އެއީ ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް އާއި ދޫރެސްގައި ހިންގާ އާވީ ރިސޯޓެވެ.
ދެ ރިސޯޓް ދީފައި ވަނިކޮށް ފެރީގެ ހިދުމަތް ހުއްޓާލި މައްސަލާގައި އަޅާނެ ފިޔަވަޅެއް ބެލުމަށް އެޓާނީ ޖެނެރަލްގެ ލަފަޔަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެދިފަ އެވެ.
އެމްޑީޕީގެ ކުރީގެ ސަރުކާރުން ފެރީގެ ހިދުމަތް ދޭން އެކި ކުންފުނިތަކާ ހަވާލުކުރީ، އޭގެ ބަދަލުގައި ރިސޯޓްތައް ހަދަން ރަށްރަށާއި ގެސްޓް ހައުސްތަކަށް ބިންތައް ދޫކުރާ ގޮތަށެވެ. ބައެއް ކުންފުނިތަކުން ވަނީ އޭރު ލިބުނު ރަށްރަށުގައި މަތީފަންތީގެ ރިސޯޓުތައް ވެސް ހަދައިފަ އެވެ. އެކަމަކު ފެރީގެ ހިދުމަތެއް ނުދެ އެވެ. ބައެއް އެއްބަސްވުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ފެރީގެ ހިދުމަތް ނުދީގެން އެއްބަސްވުން އުވާލުމުން ބޮޑެތި އަދަދުތަކުން ބަދަލު ހޯދަން ކޯޓަށް މައްސަލަތައް ހުށަހެޅި އެވެ. ފެރީގެ ހިދުމަތް ދޭން ހަވާލުކުރި ދީބާޖާގެ އެއްބަސްވުން ބާތިލްކުރި މައްސަލާގައި ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަން ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަދީޖާ12
09 June 2021
ވާމިލިއަން އާ ގާތަށްވެސް މިކަން ނުކުރެވޭ! އެމީހުންގެ ފެރީތައް އެކިރަށްރަށުގަ ބަނދަރުގެ ހަލާކުވެގެން އެދަނީ.? ދައުލަތުން މިނިސްޓްރީ ހުރިހާބިންތަކެއް ރަށްރަށުން ނަގާފަ އެއވެސް ބަޔަކަށް ނުދީ ރަށްރަށު މީހުނަށް ބަދަލު ދޭން ޖެހޭ ނޮންބާ؟؟ ޢެއްވެސް އިންސާފެއްނެތް. ހަމަގަސްތުގާ ވާމިލިއަން ބަގުރޫޓު ކޮއްލީ. އެއްވެސް މީޑިޔާ އަކުން މިކަން ބަލާދީބަލަ. މުޅިރާއޖޭގެ ކޮންމެ ރަށަކުން ބިމުގެ ބަދަލު ލިބެންޖެހޭ ނޫންބާ ؟ ޢެތަކެއް ވަޒީފާ އުފައްދަން ބިން ނެގީ ؟؟
މުޙައްމަދު ހާން
05 August 2019
ކޮންމެންބަރެއްބައި މި ފެރީތަށް ހުއްޓާލައިގެން އެކަން ކުރަންޖެހޭ މީހުންނާ މެދު ފިޔަވަޅު އެޅުމަށް މަޖިލިހަށް ހުށަހަޅާނީ، ނުވާނެ އެއްވެސް މެންބަރަކު
އަހުމަދު އިބްރާހިމް
05 August 2019
ދޮންބިލެތަށް ހަދިޔާ އެއް... 2 ރިސޯޓްވެސް އެސޮރަށް... ގެއްލުމުގައި ފެރީ ނިޒާމް ހިންގަން މިޖެހުނީ ރައްޔިތުންގެ ކުންފުންޏަށް... ކަޑަ؟
ޅަބެ
05 August 2019
ކިހާ ބޮޑު ދުއްޕާނެށްތަ އެމްޓީސީސީ ތިޔައުޅެނީ އަހަރެމެންގެ ވިޔަފާރި ހަލާކުކުރަން. ތިހިސާބަށް ދާ ދަތުރުގައި ކުޑަވެގެން 365 ނަގަން ޖެހޭނެ. 20 ރުފިޔާ ތިޔައީ ކޯއްޗެށް. ތިކަން އަހަރެމެން ބަދަލުކުރާނަން. ބަލަންހުރޭ
އެމްސް
05 August 2019
މާލޭގެ ޓެކްސީ ވިޔަފާރިއަށްވެސް އެމްޓީސީސީ ކަހަލަ ބަޔަކު ނުވަދެ ވާކަށް ނެތް!
ނަރީމާ
05 August 2019
މިއަތޮޅުގައި ވާމިލިއަން ވަރަށް ރަގަޅު. އެމީހުނަށް ހުރިހާސަރުކާރަކުންވެސް ކުރީ ޖެއްސުން .. ހަގީގަތުގައި އެމީހުން އެކަނި ރަށްވެސް ހެދުނީ.. އެމީހުން ޖެހުނީ ހުސް ހަރަދުކުރަން... ތިޔަކީ ވެލެންސިޔާ އަލީސާހީންގެ މަސައްކަތް. ޢެންމެނައް އެގޭ ހަގީގަތް... ދަތުރުފަތުރުގެ ހިމާޔަތުގައި މޮޑެލް ދިފާއު ކުރާނޭ މީހަކުނެއް:)
ރެޓޭ
04 August 2019
ޒީރޯޓޮލަރަންސުގެ ލާމަސީލު މިސާލެއް!
އަޝްރަފު
04 August 2019
ހަމަ އެކަނި ދަތުރު ކުރުން އެމް.ޓީ.ސީ.ސީ އަށް ދީގެން މިކަން ހައްލެއްނުވާނެ. އަދި ފިސާރި ރަރަޅުބަދަލެއް (އެެވެސް ކޯޓުން ބޭރުގަ އެއްބަސްވެގެން) ވަރމިލިޔަން އަށް ދީގެން ހަމަޖެހޭނީ!
ހުސޭން އަލީ
04 August 2019
ކޮބާތޯ ފާފުއަޓޮލު ގެ ފެރީ؟؟؟؟؟ އެމްޓީސީސީ މިހާ ބޭއިންސާފު ވާންޖެހޭތޯ ؟؟؟ ވަކިބަޔަކު އިބޫގެ މެމްބަރުން ބޭނުންވާގިތް.... ސާބަހޭ އިބޫ އަންނި ???? ބަދަލުދެނީ ދަތުރު އިންވެސްޓް ނުކުރާ މީހުންނަށް... ⚖️⚖️⚖️
ފ.އަތޮޅު
05 August 2019
ފ.އަތޮޅުގެ އިއްޒަތްތެރި މެމްބަރާ ސުވާލު ކުރޭ
މާރަނގާ - އައްޑޫ ސިޓީ
04 August 2019
އެމްޓީސީސީއަށް މާލެ ހުޅުމާލެ ފެރީޓާމިނަލް ހެދުމަށްދީފައިވާ ބިމާއި ޓާމިނަލް އަތޮޅުތަކުން މާލެއަންނަ ފެރީތަކަށް ޙާއްސަކުރުމަށްފަހު މާލޭގައި އެމްޓީސީސީން ދުއްވާ ބޮޑެތި ފެރީތަކުގެ ތެރެއިން ކުންފުނީގެ އަމިއްލަ ފެރީތައް އައްޑުއާއި މުލައް އަދި ހުވަދޫގެ ދަތުރު ފަތުރަށާއި ތ. އާއި ލާމު ގުޅާލާ މުޅިދެކުނުގެ އެއްއަތޮޅުން އަނެއްއަތޮޅަށް ދަތިކަމެއްނެތި ކޮންމެދުވަހަކުދަތުރު ކުރެވޭނެގޮތް ހެދުން ރަނގަޅު.