ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑްރިކާ މުގްރީނީއާ ސަލާމް ކުރައްވަނީ. އޭނާ މަޖިލިހުގައި މާދަމާ ތަގްރީރު ކުރައްވާނެ.--- ފޮޓޯ: ފޮރިން މިނިސްޓްރީ
06 އޯގަސްޓް 2019 - 11:54
ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑްރިކާ މުގްރީނީ ރައްޔިތުންގެ މަޖިލިހުގައި މާދަމާ ތަގްރީރު ކުރައްވާނެ ކަމަށް މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ހާރިޖީ ގުޅުންތަކާއި ސަލާމަތާ ބެހޭ ވެރިއަކަށް ހުންނެވި މުގްރީނީ ކުރިން ވަނީ އިޓަލީގެ ފޮރިން މިނިސްޓަރު ކަން ކުރައްވައިފަ އެވެ. އޭނާ ވަނީ އިޓަލީގެ ނޭޓޯގެ ލީޑަރު ކަމާއި އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރު ކަމާއި އީޔޫ ކައުންސިލްގެ މެމްބަރު ކަން ވެސް ކުރައްވައިފަ އެވެ.
މިއީ އިޓަލީގެ ފޮރިން އެފެއާޒްގެ ގިނަ މަގާމުތަކެއް ފުރުއްވި މުގްރީނީ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މުގްރީ ރާއްޖެ އަށް ކުރައްވާ ދަތުރުގައި ރާއްޖެ ވަޑައިގެން މަޖިލިހުގެ މެމްބަރުންނާ ބައްދަލު ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާ ކަމަށެވެ. އެކަމަކު، މުގްރީނީ ތަގްރީރު ކުރައްވާނީ މަޖިލިހުގެ ޖަލްސާއެއްގައި ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ވީހާ ވެސް ގިނަ ބޭފުޅުން ޖަލްސާ އަށް ވަޑައިގަތުމަކީ ވަރަށް އެދޭ ކަމެއް. މުގްރީނީ ތަގްރީރު ކުރައްވާ އިރު ރާއްޖޭގައި މަސައްކަތް ކުރައްވާ ޑިޕްލޮމެޓުންނާއި ޔޫރަޕްގެ އިއްތިހާދުގެ ވިޔަފާރި ކުންފުނިތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނަށާއި ރިސޯޓުގެ ވިޔަފާރީގައި އުޅުއްވާ ބޭފުޅުންނާއި ކަމާ ގުޅޭ އެހެން ވެސް ބޭފުޅުންނަށް ދައުވަތު ދިނުމަށް އަމީން އާންމު އަރިހުގައި ދަންނަވާފައިވާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބު ގާތްވެފައި އޮއްވައި އިންތިހާބު ރަނގަޅަށް ނުގެންގޮސްފި ނަމަ، ވަކިވަކި ފަރުދުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫރަޕިއަން ޔޫނިއަނުން އޮތީ ދީފަ އެވެ.
ރިޔާސީ އިންތިހާބު އިންސާފުވެރިކޮށް ދިއުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ މުގްރީނީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންޓެ
07 August 2019
ތިވަރުން ނުވާނެ ދޯ؟ ތިކަމަނާ މަޖިލީހުގައި ކޮންމެ އާދިއްތަ ދުވަހަކު ތަގްރީރު ކުރުމަށް ދާއިމީ ވަޒީފާއެއްްގައި ބެހެއްޓުން މާ ރަނގަޅުވާނެ؟ ނޫންތަ؟ މިހާރު ވާއެއްޗަކީ ހަފްތާ ބަންދު ނިމޭއިރު އެޖެންޑާ 19 ހަނދާންނެތެނީ ކުދިންކުދިން. ވައުދުވީ ކޮން ގައުމެއްގެ ރައްޔަތުންނަށް ހިދުމަތް ކުރަންވެސް ހަނދާނެއް ނުހުރޭ.
ގޯސް
07 August 2019
ކަންތަކާޖެހުނީ ދެންފެންނާނީ މިނެއްނެތް މިނިވަންކަމަށް ގޮވާލާތަން. ނަޝީދުގެ އެޖެންޑާ 19 ފުރިހަމަވަނީ. މިއީ ފޮރުވިފައިވާ ބައި.
ކޮރަލް
06 August 2019
އެކި ކަހަލަ މިނިވަން ކަމުގެ ވާހަކަ އެވެ.
އައިސް
06 August 2019
ދިވެހިރާއްޖޭގެ މައިލޭނާރުގެ މަތީގައި އަތްއަޅައިގެން އުޅޭމީހުންނަކީ މީ! މިމީހުން ނޫންބަޔަކަށް ރާއްޖޭގެ ފަތުރުވެރިކަން ނުވާނޭ ކިޔައިގެން ރައްޔިތުންނަށް ކޮންބިރެއްދައްކާކަށް
ަަެެެއަލި
06 August 2019
ތަގްރީރު ކުރިޔަސް ނުކުރިޔަސް ވާނެ ފައިދާއެއް ނެތް ހަމަ ދެއްކުންތެރިކަން ފިޔަވާ
ޖަޒީރާ މަންޒަރު
06 August 2019
ތިބޭފުޅާ އައުމަކުން ރާއްޖެއަށް ކުރާނެ އެއްވެސް މަންފާއެއްނެތް ތިޔައީ ހަމަ މަންޒަރު ދައްކާލުމެއް ތިފަދަ މަންޒަރުތައް މިސަރުކާރުން ރައްޔިތުންނަށް ދައްކާ ދައްކާ ފޫހިވެއްޖެ ގައުމާއި އިގްތިސާދު ދަނީ ހަމަ ދަށަށް ހަމަދަށަށް
ޝޮކްތެރަޕީ
06 August 2019
އެމްޑީޕީ މުޅިންވެސް ގެންނަނި ޔަހޫދީންނާ ގުޅިފަ ތިބިމީހުން. ދީނާ އިދިކޮޅު މީހުން.
އަލީީީ
06 August 2019
އެބައިމީހުން ގެނަސް ތަގުރީރު ދޭ އިރު މަޖުލިހުގެ ގާތަގަނޑަކަށް %80 މީހުންނަށް އިނގެރޭސިން ކިޔާނުކިޔާ އެއްޗެއް އޮޅުމެއްނުފިލައެވެ. ދިވެހިން ވެސް އަސާސީ ތަޅުކީމު ފެންވަރުގެ ޢިއްޒަތްތެރި މެންބަރުން އެބަ ތިއްބަވައެވެ. އެހެންކަމުން ބަނދަރުމަތިން ތަންދޮރުފިލާފައިހުރި ރަގަޅު މުސްލިމް މީހަކު ގެންގޮސް އިއްޒަތްތެރި މަޖުލީހަށް ތަގުރީރް ދެއްވިޔަސް ލިބޭފައިދާއާއި ނަފާ ބޮޑުވެފައި ނަތީޖާރަގަޅުވާނެއެވެ.
ރޫހީ
06 August 2019
ހެޔޮނުވާނެ ކަލޭ ތިޔަ ދަތުރުތަށް ހުއްޓާލާފަ ކަލޭ ގެއިން ނިކަމެތި ރައްޔިތުންނަށް ތިޔަ ކުއްޔަށް ދޭ ކޮޓަރިތައް އިންސާނުން އުޅެވޭ ކަހަލަ ތަނަކަށް ހަދާބަލަ
ލިފްޓް އަބްދޯ
06 August 2019
އަހަރުމެންގެ ވެރިކަމުގަ ގެންނާނީ މުޅިންވެސް މިކަހަލަ މީހުން މަޖިލީހުގަ ތަގުރީރުކުރަން
އަތްޖަހާ
06 August 2019
ދެން ގެންނަންވީ މުސްލިމުން މަރާ ޔަހޫދީންނަށް ފައިސާދޭ އަދި ތުރުކީގައި މުސްލިމަކު ކޮށި ސައުދީ މީހާ ދޯ.