ފުލުހުންގެ ލޯންޗެއް: ކެނޯއެއްގައި ދަތުރުކުރި ދެ މީހަކު ގެއްލިގެން ދަނީ ހޯދަމުން -- ފޮޓޯ/ޕޮލިސް
11 އޯގަސްޓް 2019 - 21:58
ވިލިމާލެ ކައިރިން ކެނޯއެއްގައި ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަން މިރޭ ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ވިލިމާލޭ ބީޗް ސަރަހައްދުން ކެނޯއެއްގައި ދަތުރު ކުރަނިކޮށް ގެއްލުނީ އުމުރުން 20 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހުން ގެއްލުނު ކަމުގެ ރިޕޯޓް ފުލުހުންނާއި ކޯސްޓްގާޑަށް ލިބުމުން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ މީހުން ދަތުރު ކުރަމުން ދިޔައީ އޮރެންޖް ކުލައިގެ ކެނޯއެއްގަ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުންނާއި ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ. ވިއްސާރައިގެ ސަބަބުން ކަނޑު ގަދަވެ، ކަނޑުމަތީގެ ބައެއް ހާދިސާތައް މިއަދު ވަނީ ހިނގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޯޑީ
12 August 2019
ކަނޑުގަދައެއް ވައިބާރެއް ބަލާނެކަމެއް ނެތެވެ ތިޔައީ މިގައުމުގެ ހުރިހާ ޒޮންބީންގެވެސް ހާލެވެ ހުރިހާ އުދަގުލެއް އެހެންމީހުންނަށެވެ
ތިމަންނަ
12 August 2019
ގިނަ ދިވެހިންނަކީ ދެއްކުންތެރި ފޮނި ބައެކެވެ
ދަލޭކަ
12 August 2019
އެތަނުން އެކަކަކީ ވިިލިމާލެ ޕޮލިސް ސްޓޭޝަނުގެ ފުލުހެއް. އެންމެ ވައިގަދަވެ ވިއްސާރަވީ ވަގުތު ކެނޯ ދިޔަކަމަށް ވަނީ. އެކަމަކު ދިޔަތަން ފެނުނު މީހަކު ނެތް. އައްޑޫއިން ގެއްލުނު ފުލުސް ސިމާދު ފަދައިން ގެއްލުވާލީހެން ހީވަނީ
ނެޑް
12 August 2019
ކެނޯއެއްގެ ފޮޓޯ މޯސްޓް ޓްރަސްޓަޑް ނިއުސް ސޯސްއަށް ނުލިބުނީތަ؟
ihaaru.
12 August 2019
ކޮބާ ހެލިކޮޕްޓަރުގެ ބޭނުން ނުޖެހޭބާ، އުމަރާ!؟
ތުނިޔަ
12 August 2019
ހާދަ ދެރައޭ...ބަސް ގަބޫލު ނުކުރަނީ ކީތްވެބާ؟ ކުޑަކުދިންނެއް ނޫންވިއްޔަ! ސާލަމަތުން ފެނުން ދުޢާއަކީ.
ހޭނެތި ދާނެ..
11 August 2019
ކީކޭދޯ ބުނާނި..!މިހާ ވިއްސާރެއޭ ބަލައިގެން އުޅޭށޭ ބުނީމަ މި ނިކުންނަަނީ ކޯރެއް ކަމައް މާ ކަނޑަށް ކެނޯ ދުއްވަން..އިރާދަ ކުރެއްވިޔާ ހެޔޮ ހާލުގައި ވާނެ ކަމަށް އުއްމީދު ކުރަން..
ނޫން
11 August 2019
އަޅެ ވެއްޖެއެންނު އެއްގަމު ދަތުރުފަތުރު މަނާކުރާހެން ގަދަދުވަސް ތަކުގަ މިކަހަލަ ދަތުރުތައް މަނާކުރަން.
އަސްލަމްމް
11 August 2019
ފޮޓޯއަށް އެމީހުން ތިބި ކެނޯކަހަލަ ކެނޯއެއް ލިނަމަ!
ihaaru.
12 August 2019
ދިވެހިނޫސްވެރިކަމުގެ ލާމަސީލް މިސާލެއް
ޑޯންކޯލްމީ
11 August 2019
މޫސުމް ގޯސްވާ ކަން ތަކުރާރު ކޮށް މެޓް އޮފީހުން އިއުލާން ކުރަމުން ދާއިރު ކެނޯ އެއްގައި ނުޖެހޭނެއޭ ދާން މާ ކަނޑަށް ނިކުމެގެން ދެން އެމެން ހޯދަން އެކުރާ ޚަރަދު އެއީ ބޭކާރު ޚަރަދު ނޫންތޭ ޑޯން ކޯލް މީ އަޕް ފޯރ ސާރޗް އެން ރެސްކިއު ޑޯން ކޯލް މީ އަޕް ޑޯން ކޯލް މީ އަޕް ޑޯން ކޯލް މީ އަޕް...
333223
12 August 2019
ދުނިޔެއަކީ ތިހާ ފުރިހަމަވެފަ، އެންމެންވެސް ތިހާ ހޭލުންތެރި ބައެއް އުޅެތަނެއްނޫން. ރައްޖެއަކީ 99% ކަނޑު އޮތް ގައުމަކާބަލާފަ މިކަހަލަ ކާރިސާދިވާލެއްމަދު. އެހެންވީާމަ އެއީ ބޭކާރު ހަރަދެއްވެސްނޫން..
ސަމިރު
12 August 2019
ކޮންޗެކޭ ކިޔާ ބުރާންޗެއްތަމީ. މައިތިރިވެގެން ހުރެ އެމީހުން ސަލާމަތްވޭތޯ ދުޢާއެއްކޮއްބަަލަ. ފުރާނައަށްވުރެ އަގުބޮ އެއްޗެއް ނޯންނާނެ