ކޮންސްޓެންސް މޫފުށި، މި ރިސޯޓުން މިއަދު ވަނީ ދެ ޓޫރިސްޓަކު ގެއްލިފައި
13 އޯގަސްޓް 2019 - 12:35
އއ. އަތޮޅުގައި އޮންނަ "ކޮންސްޓެންސް މޫފުށި" ރިސޯޓުން މިއަދު ސްނޯކްލިން އަށް ދިޔަ ދެ ޓޫރިސްޓަކު ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ސްނޯކްލިން އަށް ދިޔަ ދެ ޓޫރިސްޓުންގެ ހަބަރެއް ނުވެގެން ރިޕޯޓް ކުރީ މިއަދު ހެނދުނު 11:19 ގައި ކަމަށެވެ. ގެއްލުނު ދެ މީހުންނަކީ ދެމަފިރިންނެވެ. އެ ދެ މީހުންނާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ގެއްލުނު ޓޫރިސްޓުން ހޯދަން ކޯސްޓްގާޑްގެ ވެލާނާ ލޯންޗްގައި ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ކޯސްޓްގާޑްގެ ޑައިވަރުން ވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާއިރާ
13 August 2019
ހަމަ ވަރަށް ޔަގީން ކަމާއިއެކު ބުނަން ކެރޭ އެއްވެސް ރެސޯޓަކުން ގެސްޓުން އެކަނި ނުފޮނުވާނެ.ޢެކަމަކު ގެސްޓުންގެ ބައެއްމީހުނަކީ ކިތައްމެ ރަނގަޅަކަށް އިންފޯ ދިނަސް އެކަމަށް ނުބަލާ އަމިއްލަ އަމިއްލަ އަށް އެފަދަ ކަންކަން ކުރާބައެއް. މީ ހަމަ ތަޖުރިބާ ކޮށްފަ ބުނާ ވާހަކައެއް
ފާހާނާގަ
13 August 2019
މިދެން ކިހާ ދެރަކަމެއް؟ ކަނޑު ގަދަކަން އެނގޭ، ވިއްސާރަ އެބަ އުޅޭ، އެކަމުވެސް އަހަަރަކު އެއްފަހަރަށް މޫދަށް އެރޭ ދެމީހަކު އެކަނި މި ފޮނުވަނީ، ގައިޑެއް ނެތި މި މީހުން މޫދަށް އެރިޔަ ނުދޭންވީ
އިނެއްްކާ
13 August 2019
މި ކަންތައް ހުއްޓުވަަން ޖެހޭ