ޗައިނާގައި އުފައްދައި އެމެރިކާ އަށް އެތެރެކުރާ މުދަލުން ޓެކްސް ނަގާ ނަމަ އެޕަލް އަށް ދަތިވާނެ
20 އޯގަސްޓް 2019 - 08:11
ޗައިނާ އަށް ދަތިކުރަން އެމެރިކާއިން ކުރާ އިގުތިސާދީ ހަނގުރާމައިގެ ސަބަބުން ފައިދާވާ ބަޔަކު ވެސް އުޅޭ ކަމަށާއި ވާދަވެރިންނަށް ފައިދާވުމަކީ އެޕަލް އަށް އޮތް ބިރެއް ކަމަށް، އެ ކުންފުނީގެ ސީއީއޯ، ޓިމް ކުކް ވިދާޅުވެއްޖެ އެވެ. އެމެރިކާގެ ރައީސް، ޓްރަމްޕްއާ ބައްދަލުކުރައްވައި ކުކް ވިދާޅުވި ގޮތުގައި، އިގުތިސާދީ ހަނގުރާމައިން ހުރިހާ ފައިދާއެއް ވަނީ ސެމްސަންގަށެވެ.
ޗައިނާގައި އުފައްދައި އެމެރިކާ އަށް އެތެރެކުރާ މުދަލުން، ޓްރަމްޕް ސަރުކާރުން ޓެކްސް ނަގައިފި ނަމަ، އެޕަލް އަށް އުނދަގޫވާނެ ކަމަށް ކުކް ވިދާޅުވި އެވެ. އެޕަލްގެ ޑިވައިސްތައް އުފައްދަނީ ޗައިނާގަ އެވެ. އެހެންކަމުން، ޓެކްސް ނެގުމުގައި އެޕަލްގެ ޑިވައިސްތަކާ މެދު ވެސް އަމަލުކުރެވޭނީ ޓެކްސް ނަގަންޖެހޭ އައިޓަމްތަކެއް ގޮތަށެވެ.
ސެމްސަންގުގެ ފެކްޓަރީތައް ސައުތު ކޮރެއާ، ޗައިނާ އަދި ވިއެޓްނާމްގައި ހުރެ އެވެ. އެމެރިކާ އަށް އެތެރެކުރާ ސެމްސަންގް ޑިވައިސްތަކުން ޓެކްސް ނެގެން ނެތް ސަބަބަކީ އެއީ ޗައިނާގައި އުފައްދާ އައިޓަމްތަކަކަށް ނުވުމެވެ.
އެޕަލް އިން ކުރި ޝަކުވާގައި ބުނަނީ، އެއް ސިނާއަތެއްގައި ކުންފުނިތައް ވާދަކުރާއިރު އަދި ޑިވައިސްތައް އެއް މާކެޓެއްގައި ވިއްކަމުން ދާއިރު، އެޕަލް އަށް ވުރެ ބޮޑު ފައިދާ ސެމްސަންގް އަށް ލިބޭނެ ކަމަށާއި، އެޕަލް އަށް ވުރެ ކުރިއަރައިގެން ދިއުމަށް ފުރުސަތު ބޮޑި ސެމްސަންގް އަށް ކަމަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ކުކް ވިދާޅުވި އެއްޗެއް އެނޭ އަޑުއައްސަވައިފި އެވެ. އަދި އެއީ މިހާ ތަނަށް ލިބިލެއްވި އެންމެ ހެޔޮ ނަސޭހަތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ކުކް އަކީ އޭނާ ވަރަށް އިހުތިރާމްކުރައްވާ ބޭފުޅެކެވެ. އަދި ކުކް ދެއްކެވި ވާހަކައާ މެދު ވަރަށް ފުންކޮށް ވިސްނަވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރަންޕް
21 August 2019
އޭމަށާނުކުޅޭތި މަބޭނުންކުރާނީއެޕަލް ކަލޭމެންތިބޭޗައިނާނޫޑްސްސޫޕްބޮއެގެން
ޖިލްބާރި
21 August 2019
ނިޔާޒު ހާދަ ދެރަވެގެން ތިއުޅެނީ.. އާފަލު ފަންކާ
ރަދީފްް
20 August 2019
"އެޕަލް އަށް ވުރެ ކުރިއަރައިގެން ދިއުމަށް ފުރުސަތު ބޮޑި ސެމްސަންގް އަށް ކަމަށެވެ." މިހާރުވެސް ސެމްސަންގ އުޅެނީ މާ ކުރީގަ. ވާވޭ ވެސް އެޕަލް އަށްވުރެ ކުރިއަރައިފި. އެޕަލް ޔޫޒްކުރަނީ ޓެކްނޮލޮޖީއާ ބީރައްޓެހި، އާ ފީޗަރސްތަކަށްވުރެ ފަހަތުގައި އުޅެން ބޭނުންވާ، މުސްކުޅި ހިޔާލުގެ މީހުން. ނުވަތަ ޝޯއޯފް އަކަށް ގެންގުޅޭ މީހުން.
ސައީ
21 August 2019
ޓްރޫ، ޓްރޫ.. އައި އެގްރީ ވިތްޔޫ 100 ޕަސެންޓް.. އެޕަލް ފޭނުން ތަޅާނެ އަނގައެއް ނެތުނީމަ މިހާރުކިޔަނީ، ސެމްސަނގއަށް ވުރެ ޥާވޭ މާ މޮޅޭ....
ކައުންސެލަރ
20 August 2019
އަލުން މަބުނާކަށް ނެތިން ޓިމް ކުކް ދެން ޖެހޭނީ އެހަށް އެޕަލް ދޮލަނގު އުފަށްދަން. ދެންދޯ ދޮލަނގަށް ލައިގެންވެއް ވިއްކޭނީ
ސައީ
20 August 2019
ހައްހަހްހާ... އެންމެ ފަހުންގޮސް ރޯން އެފެށީ.. ދެން ފެންނާނީ ބަޖެޓް އެއްޗިސް ނެރޭތަން... ނިޔާޒޫޫ....
މުހައްމާ
20 August 2019
ޗައިނާގެ އިޤްތިޞާދުގެ ކުރިމަތިލުމުގައި އެމެރިކާއަށް ގޮތް ހުސްވަނީ.
ސައިޒު
20 August 2019
އަސްލުވެސް! މި ފެންނަނީ އެމެރިކާގެ އަސްލުސައިޒު. ޗައިނާއަކާ ނުކުޅެވޭނެ އެމެރިކާއިން ކިތަންމެ ބޭނުންވިޔަސް. ޖެހޭނީ އެހެންކަމަކާ އުޅެން. ގޮސް އިސްރާއީލުން ހިފާފާވާ ބިންތަކުން ޔަހޫދީން ބޭލުންވެސް މާ ރަނގަޅުވާނެ.