ޑީޖޭއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އަބްދުﷲ ނަޒީރާއި ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވާހަކަ ދައްކަވަނީ.--ފޮޓޯ/މިހާރު
20 އޯގަސްޓް 2019 - 11:42
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ރޭ ފާސްކޮށްފި އެވެ.
ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ޖޭއެސްސީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުވުމާ އެކު، ޑީޖޭއޭގެ ނަމުގައި އާ އިދާރާއެއް އުފެދޭނެ އެވެ. އަދި ސުޕްރީމް ކޯޓުގެ ދަށުން މިހާރު ހިނގަމުންދާ ޑީޖޭއޭ އުވޭނެ ކަމަށް ރިޕޯޓުގައިވެ އެވެ.
ޑީޖޭއޭގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މިހާރު ހުންނަވަނީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ނަޒީރެވެ. ކޮމިޓީން ނިންމި ގޮތުން ޑީޖޭއޭގެ ނަމުގައި އާ އިދާރާއެއް އުފެދުމުން ނަޒީރުގެ މަގާމު ގެއްލޭނެ އެވެ. ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް ބޭފުޅަކު އައްޔަން ކުރުމާއި އެ މަގާމުގައި ހުންނަ ބޭފުޅަކު މަގާމުން ވަކިކުރުމުގެ ބާރު އެ ބިލުން ދީފައި އޮތީ ވެސް ޖޭއެސްސީއަށެވެ.
ރިޕޯޓުގައި ވަނީ ޖުޑިޝަލް އެކަޑަމީގެ އިދާރީ މުވައްޒަފުންނާއި މަސައްކަތާއި އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށަށް ބަދަލުވާނެ ކަމަށެވެ. ޖުޑީޝަލް އެކަޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.
މާޖިދަކީ ޖުޑިޝަލް އެކަޑަމީ އަށް އައްޔަން ކުރާ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށްވާތީ އާއި ޖުޑިޝަލް އެކަޑަމީ ޑީޖޭއޭގެ ދަށަށް ބަދަލުވާނެތީ އެ އިސްލާހު ފާސްވުމާ އެކު، ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު ކަމަށް އާ ބޭފުޅަކު ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ކޮމިޓީ ރިޕޯޓުގައިވެ އެވެ.
ޖޭއެސްސީ އަށް ގެންނަ އެހެން ބަދަލުތަކުގެ ތެރޭގައި ޖޭއެސްސީގެ މެމްބަރަކަށް ވެވޭނެ އުމުރު 30 އަހަރަށް ދަށް ކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ބިލް ހުށަހެޅުއްވި އިރު، އޮތީ ޖޭއެސްސީގެ މެމްބަރަކަށް ވެވޭނެ އުމުރު 40 އަހަރަށް މަތިކޮށްފަ އެވެ.
ޖޭއެސްސީ މެމްބަރު ކަމަށް ކުރިމަތިލާ މީހަކީ ވަކީލެއް ނަމަ އޭނާ އަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައި އޮންނަ ވަކީލަކަށް ވާން ޖެހޭ ގޮތަށް ބިލު ވަނީ އިސްލާހުކޮށްފަ އެވެ. މީގެ ކުރިން ބިލްގައި އޮތީ ޖޭއެސްސީ އަށް އައްޔަންކުރާ މީހަކަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
10001
20 August 2019
މަންމަނުންގެ ގޮތުގަ ބޮޑުމުސާރަކައިގެން ނަޒީރުވެސް މަސައްކަތްކުރީ.
ހުދުމުހުތާރު
20 August 2019
މައުމޫންގެ ޖަސްޓިސް އެންމެރަނގަޅީ.
ކަނބިލި
20 August 2019
މިއީ ނަޝީދު ދަންނަ އަދި ގަބޫލުކުރާ ޑިމޮކްރަސީއަކީ.ހުރިހާ ތަނެއްގައި ތިބެންވާނީ އޭނާ ޖަހާހާ ބެރަކަށް ނަށާ މީހުން
ސަޅި
20 August 2019
މީ މިހާތަނަށް ގެނައި އެންމެ ހަރުދަނާ އެއް ބަދަލު. ސާބަސް،، މިފަދަ ބަދަލުތައް އަވަސް ކުރަން އެބަޖެހޭ
ތަންދޮރުނުފިލާ
20 August 2019
މިޤައުމުގަ ހަމަޖެހޭ އުސޫލެއް ދުވަހަކުވެސް ޤާއިމް ކުރެވޭނެބާ.
ހުއްބުލް ގަލަން
20 August 2019
ވަރަށް ބަރާބަރު ނިންމުމެއް. ގާނޫނުއަސާސީއާއި ހިލާފު އެތައްކަމެއް ހިންގާފައިވާ ދެމީހުންތީ.
ހަނުހުންނަ މީހާ1
20 August 2019
ރާއްޖޭގެ ޖުޑިޝަރީގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތައް ހިލިގެން ދިޔައިރު އެ ދެބޭފުޅުން ނިދިކުރައްވާފަ ތިބުމަކީ އެބޭފުޅުންނާމެދު އާންމުންގެ އިތުބާރު ގެއްލިގެން ދިޔަ ކަމެއް ތި ބިލަށް ތާއީދު.
އަންނަނީ
20 August 2019
މަޤްސަދަކީ ހުރިހާ މިނިވަން މުވައްސަސާ ތަކެއްގެ ބާރު އެމްޑީޕީގެ ބާރުގެ ދަށަށް ގެނެސް ތިން ބާރު އެއްކޮށް ލައިގެން ވެރިކަން ކުރުން .މިނޫން ދެން ކޮންކަމެއް.
ބީވާ
20 August 2019
ބާރުތައް ނަގައިގެންވެސް ރަނގަޅު ވެރިކަމެއް ކުރަނިކޮށް އަހަރއމެނަށް މައްސަލައެއް ނެތް. އަދި ސަރުކާރު މިދަނީ ހަމަ ބަރާބަރަށް ޖުމްލަ ކޮށް ބުނާނަމަ
ޖަވު
20 August 2019
ހަމަ ކުރަންޖެހޭ ކަންކަން މިހާތަނައް ލަސްވީތީ ވެސް ދެރަވެފަ މިތިބީ ވޯޓުދެވުނީތީ މިހާރު އޯކޭ
ބީވާ
20 August 2019
ތިހެން ބުނެ އަހަރުމެން ވާވެއްދި ޔާމީނުވެސް.. ހަގީގަގތަކީ ބާރަކީ ވަރަށް ސުންޕާ އެއްޗެއް އެ ލިބުނީމައި ކުރެވޭ ނުކުރެވޭ ކަމެއް ނޭންގޭނެ. ކަމަކާހެދި ބާރުތައް ވަކިކުރަން ގާނޫނު އަސާސީގައި ލިޔުނީ.
އަރސާދު
20 August 2019
ގޯސްނަމަ ވަކިކުރަން އޮންނަ ގޮތަށް ވަކި ކުރޭ. އިދާރީ އިސްލާހުން މީހުން ބަދަލުކުރުމާ ދެކޮޅު. މާދަން ޤާނޫނު އަސާސީއަށް އިސްލާހެއް ގެނެސްފައިބުނޭ މިއިސްލާޚަށް ފަހު އައު ރައީސަކު އިންތިހާބު ކުރަންވާނެޔޭ. އޭރުނުން ނޯ. ކޮބާތަ މެންބަރުން ވަކިކުރެވޭނެ ގޮތް އިންތިހާބީ ދާއިރާގެ ރައީތުންނަށް ހަދާދޭން ބުނި ވައުދު. އެކަން ކިހާހިސާބެއްގައިބާ؟
އެންޑީޕީ
20 August 2019
މިވަރުގެ ގަޓް ހުރިބައެއް ހަމަ ނެތް. އަދިވެސް ޤާނޫނުތަކަށް ބަދަލު ގެނެސްގެން ވަޒީފާއިން ވަކިކުރަން ޖެހޭ މީހުން އެބަތިބި. އެ އެންމެން ވެސް ދުއްވާލާތި. ޝުކުރިއްޔާ ރައީސް ނަޝީދު
ާއުނިމާ
20 August 2019
ތިޔަ ހުރިހާ ކަަމަކަށްވުރެ މުހިއްމުކަމެއް އެބައޮތް، އެއީ ބަޢާވާތް ބަލާ ތަޙުޤީޤުކޮށް އެކަމުގައި އުޅުނުމީހުނަށް އަދަބުު ލިބުން! ނޫނީ ބަޢާވަތޭ، އިސްތިޢުފާއޭ ކިޔުން މިޤައުމުގައި ހުއްޓާލާ ނިކަން ތިއްތިކޮށް އުޅެންވީ!
ފޫހި
20 August 2019
ނަޒީރު އެންމެ ފަހުވަގުތު އުމުރު ދުވަހުގެ ވަޒީފާއަކަށް ބަދަލުވި ވަޒީފާއެއް އެއީ. އެކަމަކު ކަންދިމާކުރިގޮތް ނިކަން ދެކެބަލަ. އެކަމަކަު ނަޒީރު އަދިވެސް ހަމަ ބޮޑު މަޤާމެއް ހޯދާނެ. ވަރަށް ސުމާޓް ވާނެ.
ahmed
20 August 2019
މީހަކާ ހަސަދަ ވެރި ވިޔަސް ތީ ބޮޑުވަރު
ރޔޒ ރށދ
20 August 2019
ވަރަށް ހީލަތްތެރި އެއް