ވައްކަން ކުރަން ވަން ޓެކްސީގެ ބިއްލޫރި ގަނޑު ނައްޓާލާފައި: ޓެކްސީއަކުން ވައްކަން ކުރަން ވަދެ އޮއްވާ ފުލުހުން ވަނީ ހައްޔަރު ކޮށްފައި -- ފޮޓޯ/ޕޮލިސް
24 އޯގަސްޓް 2019 - 14:14
މާލޭގައި ޕާކް ކޮށްފައި އޮތް ޓެކްސީއަކަށް ވައްކަން ކުރަން ވަދެ އޮތް މީހަކު ފުލުހުން ރޭ އަތުލައިގެންފި އެވެ.
ފުލުހުން ބުނީ މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ޕާކް ކޮށްފައި އޮތް ޓެކްސީއަކުން ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި ރޭ މެންދަމު ހައްޔަރުކުރީ 34 އަހަރުގެ މީހެއް ކަމަށެވެ. އޭނާ އަތުލައިގަތީ ކާރުގެ ފަހަތު ދޮރުގެ ބިއްލޫރިގަނޑު ނައްޓާލައިގެން ޓެކްސީ ތެރެއަށް ވަދެ އޮއްވާ ކަމަށް ފުލުހުން ބުނެ އެވެ.
ވައްކަން ކުރަން ކާރު ތެރެއަށް ވަންނަނިކޮށް ފެނުނީ، ފުލުހުން ބުނި ގޮތުގައި، އެ ސަރަހައްދު ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށެވެ. އޭނާ އަތުލައިގަނެ ބަލައި ފާސްކުރިއިރު ކަށިގަނޑާއި ކަޓަރެއް ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ihaaru.
24 August 2019
ޤައުމުފުންޑިފަ، އަދިވެސް ވެރިން އަޔަން ކޮށްފަބަހައްޓާ!
ސަންގައްޕާ
24 August 2019
ތިޔަވާނީ އެކަމަށް ސައްކުކުރެވޭ ގޮތަކަށް އޮތްވައި ފެނުނުކަމަށް. އަބަދުވެސް އެކަހަލަގޮތަކަށް ވިއްޔާދަނީ. މަސުތުވާތަކެތި ކަމަށް ސައްކުކުރެވޭ ޒާތުގެ އެއްޗެއް އަތުލައިގަނެވުނުވާހަކަ އަބަދުވެސް އިވޭ. ދެން ލައްކަ ފޮރެންސިކުވެސް ބޭނުންވާނެތާ.