ޚަބަރު / އޭލެވެލް ގަދަ ދިހައެއް

އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ކުދިން 77 ޕަސެންޓު އިތުރު

ދަރުބާރުގޭގައި މިރޭ ބޭއްވި އޭ ލެވެލް ގަދަ ދިހެއްގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްްޓްރީ

އޭލެވެލްގެ ގަދަ 10 ގައި 2014 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ހިމެނުނު ދަރިވަރުންގެ އަދަދު 77 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެ އެވެ.

އޭލެވެލް އިމްތިހާނުން ރާއްޖެ އިން ގަދަ 10 ގައި ހިމެނޭ ކުދިންނަށް އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޭ އަދި ބީ ފާސް ހޯދި ދަރިވަރުންގެ އަދަދު ވެސް މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށެވެ. އެއީ 23 ޕަސެންޓުން 32 ޕަސެންޓަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިިދިޔަ އަހަރު ޖޫން މަހު ރާއްޖޭގެ 53 ސްކޫލެއްގައި އޭ ލެވެލަށް ކިޔަވައިދީފައި ވެ އެވެ. އޭގެ ތެރެއިން 48 ސެންޓަރަކުން 2120 ދަރިވަރުން އޭލެވެލް އިމްތިހާނުގައި ބައިވެރިވި އެވެ.

މިދިޔަ އަހަރު އޭ ލެވެލް ހެދި ދަރިވަރުން ވަނީ ދުނިޔޭގެ ފެންވަރުގައި ވެސް ފަހުރުވެރިވުން ހައްގު ކާމިޔާބީތަކެއް ހޯދާފައި ކަމަށާއި 16 ދަރިވަރަކު ވަނީ އެކި މާއްދާތަކުން ދުނިޔޭގެ އެންމެ ރަނގަޅު ނަތީޖާ ހޯދައި ރާއްޖެ އަށް ރީތި ނަން ހޯދަދީފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭ ލެވެލްގެ ގަދަ ދިހެއްގެ ދަރިވަރުންނަށް އިނާމު ދޭން މިރޭ ބޭއްވި ޖަލްސާގައި ސްކޫލު ދަރިވަރުންތަކެއް ނަށަނީ: ތައުލީމީ ދާއިރާ އިން ބޮޑު ކާމިޔާބީއެއް ހޯދި. --ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

"މުޅި ދުނިޔެ އިން އެކައުންޓުން ސައްތަ އިން ސައްތަ ނަތީޖާ ހޯދައިގެން އެއް ވަނަ ނަތީޖާ އަޅުގަނޑުމެންގެ 12 ދަރިވަރަކު ހާސިލްކޮށްފައިވާކަން ވެސް ވަރަށް އުފަލާއެކު ފާހަގަކުރަން،" ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވަޑައިގެންނެވި ޖަލްސާގައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔެ އިން ވަނަ ހޯދި 16 ދަރިވަރުންނަކީ، ރާއްޖެ އަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށް ވުމުން އެ ކުދިންނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދޭން ފުރަތަމަ ފަހަރަށް ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އެ ބަދަލުތައް ގެންނަނީ އިގުތިސާދީ ތަރައްގީއާ ތައުލީމާ ގުޅުވާލައިގެން ކަން އޭނާ ފާހަގަކުރެއްވި އެވެ. ކުރީގައި އޮންނަ އުސޫލުން ނަމަ އެ ދެ ދާއިރާއަކީ ވަކި ދެ ދާާއިރާއެއް ކަމަށާއި ނަމަވެސް ތައުލީމަކީ މިހާރު ގައުމުގެ ތަރައްގީ އަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުުރުމުގެ ވަސީލަތަކަށް ވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރުން ފެނިގެން ދިޔައީ މަތީ ސާނަވީ އަށް ދާ ކުދިންގެ ނިސްބަތް މަތިކުރެވޭތޯ އަޒުމާ އެކު މަސައްކަތްކުރުން. މީގެ ނަތީޖާއެއްގެ ގޮތުން 2013 ވަނަ އަހަރާ އަޅައި ބަލާއިރު ގްރޭޑް 10 ނިންމައި މަތީ ސާނަވީ މަރުހަލާ އަށް ދެވުނު ކުދިންގެ އަދަދު ފާހަގަކޮށްލެވޭ ވަރަކަށް މަތި ކުރެވިފައިވާ ކަން ފާހަގަކުރަން. ދެ ހާސް ތޭރަ ވަނަ އަހަރުގެެ ވޯލްޑް ބޭންކުުގެ ރިޕޯޓުގައި ވެސް ބުނެފައިވަނީ ސާނަވީ ނިންމާފައި މަތީ ސާނަވީ އަށް ދެވޭ ކުދިންގެ ނިސްބަތަކީ 20 އިންސައްތަ ކަަމަށް. މިހާރު ވެސް އެ ނިސްބަތް ވަނީ މާތްﷲގެ އިރާދަފުޅާ އެކު 40 އިންސައްތަ އަށް މަތި ކުރެވިފައިވާކަން ފާހަގަ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

4 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުއްތު

30 May 2016

އަބަދުވެސް ސަރުކާރުން އާއްނމުކުރާ ރިޕޯޓްތަކުގައި ހުންނާނެ ތިގޮތަށް ޕަސެންޓް އިތުރުވިކަމަށް ބުނެފަ އެކަމަކު ހަގީގަތަކީ މިއެއްނޫން ރަތްޔިތުންނަށް އޮޅުވާލައިގެން މަސައްކަތް ކުރުން ހުއްޓާލާ...ދުވަސްކޮޅަކުން ފުލުހުން ނެރޭ ރިޕޯޓްގައި ބުނާނެ މާރާމާރީއާއި މަސްތުވާތަކޭތީގެ މައްސަލަތަށްވެސް ދަށަށޭދިޔައީ...

The name is already taken The name is available. Register?

އ ލ ޤ

30 May 2016

މިނިސްޓާރ ތިޔަ ދައްކަވާ ވާހަކަތަކާއި ދެއްވަވާ އަދަދު ތަކުގެ ހަޤީގީ ކުލަވަރު ފެންނާނީ މިއަންނަ އޯލެވެލް އިމްތިޙާނުންނެވެ. ލަފާކުރެވޭގޮތުން 5 މާއްދާއިން ފާސްވާކުދިންގެ ޢަދަދު 80 އާއި 90 އިންސައްތަ އާއި ދެމެދު އުޅޭނެއެވެ. އެހެނަސް ހަޤީގަތަކީ ކޮބައިތޯއެވެ. މިނިސްޓާރގެ ސިޔާސަތުގެ ދަށުން އޯލެވެލް ހެދުމަށް ފުރުސަތު ލިބެނީ ސުކޫލުގެ ދެވަނަ ޓާރމް ގައި 50 މާކުހަށްވުރެ މަތިން ލިބޭ ކުދިންނަށް އެކަންޏެވެ. އެނޫން ކުދިން ބީޓެކާއި ދަސްވާރުގެ ނަމުގައި ރަސްމީ ތަޢުލީމުން އެއްކިބާކުރެއެވެ. އެކުދިން ސުކޫލުތެރޭގައި ތިބެނީ ހަމައެކަނި ރައްޔިތުންގެ ތެރޭއުފެދިދާނެ ހިތްހަމަނުޖެހުމަކުން ރެކުމަށެވެ. މިއީ އެނގިގެން ތިބެ ޤައުމުގައި އަގުހެޔޮ މަސައްކަތު މީހުންގެ އުފެއްދުމަށް ކުރާކަމެކެވެ. ނުވަތަ ދެވަނަ ދަރަޖައިގެ ރައްޔިތުންތަކެއް ދުރު މުސްތަޤުބަލަށް ތައްޔާރުކުރުމެވެ. މިއީ އަދު މިޤައުމާއި މިޤައުމުގެ ތަޢުލީމީ ދާއިރާގެ ހިތި ހަޤީގަތެވެ.

The name is already taken The name is available. Register?

ރިދަމް

29 May 2016

އޭލެވެލް ގެ ގަދަ ދިހަ އެއްގައި ހިމެނުނު ކުދިންގެ އަދަދު ސެވެންޓީ ސެވެން ޕަރސެންޓް އަށް ވުރެން މަތިވީ އެވެ. ހެޕީ އެން ޑިލައިޓެޑް ފޯރ އެވަރ. ބިއުޓިފުލް މައިންޑްސް. އޯއް، ޗޮއް، ޗޮއް، ޗޮއް، އޯއް އޮއޮއޯއޯ، އޮއޮއޯއޯ، އޯއް، އޯއް.. އަހަރުމެން މިނަށާލަނީ ބްރިޖްގެ އޮމާން ފްލޯރ މަތީގައި ހުރިހާ ކުދިންނަށް ޓަކައި. އަހަރުމެން މިނަށާލަނީ ހުރިހާ ކުދިން ވެސް މިގައުމު ލިޓިލް ސިންގަޕޫރަށް ހަދާ ދޭނެ ކަމުގެ ހުވަފެން ދެކެމުން. އަހަރުމެން ނަކީ އެއީ ޕީޕީއެމް އެން ވީ އާރ ޖަސްޓް ކޫލްޑް.. އަހަރުމެން މި ނަށާލަނީ އެއީ ތިކުދިންގެ ހިތުގެ ރިދަމް ކަމަށް ދެކިގެން، ހިތުގެ ރިދަމް، ތިކުދިންގެ ހިތުގެ ރިދަމް ކަމަށް ދެކިގެން އެެވެ. އަހަރުމެން މި ނަށާލަނީ، މުޅި ރޭގަނޑުގެ ހިމޭން ވަގުތު ތަކުގައި ޑާންސް ފްލޯރ ގައި ޑާންސް ލައިޓްސް ތަކުގެ އަލީގައި. ނަށާލަނީ މުޅި ރޭގަނޑު ހުވަފެން ދެކެމުން. ނަށާލަނީ ރޭގަނޑުގެ ހަމަހިމޭން ކަމުގެ ތެރޭން.. ވީ އާރ ދަ ސްލޭވް ޓު ދަ ރިދަމް..

The name is already taken The name is available. Register?

ސްޕިނިންގް

29 May 2016

އޭލެވެލް އިން ރަނގަޅު ނަތީޖާ ހޯދާ ކުދިން 77 އިން ސައްތަ އިތުރު ވެގެންދާ ކަމީ އެއީ ސަރުކާރުން ކުރާ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ އެވެ. ރާއްޖެ މިހާރު މިސްރާބު ޖަހާފައި މިވަނީ ލިޓިލް ސިންގަޕޫރަށް ރާއްޖެ ރިބާރތް ކުރަން އެވެ. އޫއުއޫއޫއޫ، އޯއް، އޯއް.. ހިފަހައްޓާ މީ ތިބާގެ އަމިއްލަ ލޯބި ދަރިފުޅެއް ފަދައިން.. ހިފަހައްޓާ މީ ތިބާގެ އަމިއްލަ އުފަން ފަސްގަނޑު ކަން ދެކިގެން އެފަސް ގަނޑަށް ލޯބި ދެމުން. ހިފަހައްޓާ މީ ތިބާގެ މިގައުމަކީ އެއީ ސާރކް ސަރަހައްދުގައި އޮތް ހަމައެކަނި ބިއުޓިފުލް ގައުމަކަށް މިގައުމު ވަން ދެން. ހިފަހައްޓާ މީތިބާ ގެ ގައުމުގެ ދަރިންގެ ސައިލެންޓް ޑްރީމް ހަގީގަތަކަށް ވަން ދެން. ދޭ ޓޯލްޑްމީ ޔޫއާރ ގޮނާ ބީ ފެއިތްފުލް. ވާރކް ލައިކް އެން އެޕްރީލް އެން ސްޓްރަގުލް ފޯރ ދި އެންޑް.. އޯލާ، އޯލާ، އޯލާ، އޭއް، އޭއް.. ޑާންސް،، ޑާންސް، ޑާންސް. ސްޕިންގް އެން ޑާންސް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454