ރިޕޯޓް / ޕްރޮފެސަރު އުގެއިލް

އުގައިލްގެ ކަރުދާހަށް އެތައް ބައެއްގެ ޝައުގުވެރިކަން

އޮގަސްޓްމަހު އުކުޅަހުގައި ބޭއްވި ސައިންސްވެރިންގެ ކޮންފަރެންސްގައި ޕްރޮފެސަރު އުގައިލް ތަގުރީރު ކުރައްވަނީ

މިދިއަ މަހު އއ. އުކުޅަހުގައި ބޭއްވި ސައިންސްވެރިންގެ ކޮންފަރެންސަށް ހުށައެޅި ކަރުދާސްތަކުގެ ތެރެއިން ޕްރޮފެސަރު ހަސަން އުގައިލްގެ ޓީމުން މިހާރު ކުރަމުން އަންނަ މަސައްކަތާ ބެހޭ ކަރުދާހަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނެވެ.

އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވަސިޓީގައި މަސައްކަތް ކުރައްވަމުން އަންނަ އުގައިލް އާއި އޭނާގެ ޓީމުން އަންނަނީ އެ ގައުމުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗުއެސް) ގެ މަޝްރޫއުއެއްގެ ދަށުން އާންމު ސިއްހަތާ ބެހޭ ހާއްސަ އެޕްލިކޭޝަނެއް ތަރައްގީކުރަމުންނެވެ. އެ މަސައްކަތާ ބެހޭ ހާއްސަ ކަރުދާސް، އުކުޅަހު ކޮންފަރެންސަށް އުގައިލް ހުށައެޅުއްވީ އޭނާގެ ޓީމުގެ އެހެން މެމްބަރެއް ކަމަށްވާ މަރިޔަން ހާޑީއާ އެކުވެގެންނެވެ.

އުގެއިލްގެ ޓީމުން މަސައްކަތްކުރަނީ ސިއްހަތަށް ގެއްލުންވާ ވަރަށް ފަލަވުން ހުއްޓުވަން، މީހުންގެ ޝައުގުވެރިކަން ބޮޑުކޮށްދޭނެ އެޕްލިކޭޝަނެއް ހަދާށެވެ.

"އިނގިރޭސިވިލާތުގައި ވެސް އަދި މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑު ވަބާއަކަށް ކަހަލަ ގޮތަކަށް ވެފައި މިއޮތީ މީހުން ފަލަވުން. އާދަޔާ ހިލާފަށް ފަލަވުން،" އެޕްލިކޭޝަންގެ މަސައްކަތް ޔުނިވާސިޓީއަށް ލިބުނު ގޮތާ ބެހޭ މެދު ވާހަކަ ދައްކަވަމުން އުގައިލް ވިދާޅުވި އެވެ.

"އޭގެ ސަބަބުން ނޭދެވޭ އެތައް ބަލިތަކެއް ޖެހި، ގައުމީ ސިއްހީ ނިޒާމުން ވަރަށް ބޮޑު ހަރަދެއް ހިނގާ. އެއަށް ފަރުވާތަކެއް ހޯދަން ތަފާތު މަސައްކަތްތަކެއް ކުރެވޭ."

އުގައިލް ވިދާޅުވީ މަޝްރޫއުގައި އުފައްދާ އެޕްލިކޭޝަނުން ކޮށްދޭނެ ކަމަކީ ކެއުމަށާއި ކަސްރަތަށް ނުބަލާ އުޅޭ މީހުންނަށް އަހަރުތަކެއް ފަހުން ކުރިމަތިލާން ޖެހޭނެ ކަންތައްތައް ވީހާވެސް ބޮޑަށް އެކަމަކު ހަގީގަތާ އެއްގޮތަށް ދައްކައިލަ ދިނުން ކަމަށެވެ. އޭރުން އާންމުން އެކަމާ މެދު ފުންކޮށް ވިސްނާނެ ކަމަށް އުގައިލް އާއި އޭނާއާ އެކު މަސައްކަތް ކުރައްވާ އެހެން ސައިންޓިސްޓުން ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެންގެ އައިޑިއާއަކީ ހިނގާބަލާށޭ މީހާ މިހާރު ހުރި ގޮތް ފޮޓޯތަކުން ނަގާފައި ތްރީޑީކޮށް އެމީހާ ދައްކާލަން އެމީހަކަށް. ދެން އަޅުގަނޑުމެންގެ މި އެޕުން ބުނާނީ ތިޔަ ލައިފް ސްޓައިލްގައި އުޅެންޏާ މީގެ ފަސް އަހަރު ފަހުން ހުންނާނީ މިި ގޮތަށޭ. މީގެ ފަސް އަހަރު ފަހުން މިކަހަލަ ބަލިތައް ޖެހޭނެ ކަމަށް ލަފާކުރެވެއޭ،" އުގައިލް ވިދާޅުވި އެވެ.

ރަނގަޅު ސިއްހަތެއްގައި ދެމިހުންނާނެ ގޮތާ މެދު އުގައިލް ލިއުއްވި ފޮތް ބަޔަކު ހޯދަނީ

އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއުގައި ހިމެނެނީ ހަމައެކަނި އެޕެއް ޑިޒައިންކުރުމެއް ނޫނެވެ. އެކަމަށް ބޭނުންވާ ކްލިނިކަލް ދިރާސާތައް ކުރުމަކީ ވެސް އޭގެ ބައެކެވެ. އެ ދިރާސާތައް ކުރަނީ އާންމުންގެ ތެރެއިން ބަޔަކު ގެނެސް، އެ މަސައްކަތް ކުރިއަށް ދާ ގޮތް ދައްކައި، އެމީހުންގެ ބައިވެރިވުން ވެސް ހޯދައިގެން ކަމަށް ވިދާޅުވި އެވެ.

"އަދި އެބަ އޮތް ބާކީ ދެ އަހަރު މި މަޝްރޫއު ނިންމަން،" އުގައިލް ވިދާޅުވި އެވެ.

ދުޅެހެޔޮ ސިއްހަތެއްގަައި ދެމިތިބުމަށް ކެއިން ބުއިމާއި ކަސްރަތުކުރުން ފަދަ ކަންތައްތައް ކުރިއަށް ގެންދެވިދާނެ ގޮތްތައް ވަރަށް ތަފްސީލުކޮށް ހިމަނުއްވައިގެން އުގައިލް ވަނީ ދިވެހި ބަހުން ކުރިން ފޮތެއް ވެސް ނެރުއްވައިފަ އެވެ. އަމިއްލަ ތަޖުރިބާ އާއި ސިއްހީ މާހިރުންގެ ދިސާރާތަކުގެ އަލީގައި "ސިއްހީ ހަދިޔާ"ގެ ނަމުގައި ލިއުއްވި އެ ފޮތަށް ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.

އުގައިލް ވިދާޅުވީ އެފޮތް ބޭނުންވެގެން ބައެއް ފަރާތްތަކުން އަދިވެސް އެދެމުން އަންނަ ކަމަށެވެ. އެހެންކަމުން އޭގެ ކޮޕީ އިތުރަށް ޗާޕްކުރައްވަން ވިސްނަވާ ކަމަށް ވިދާޅުވި އެވެ.

އުކުޅަހު ކޮންފަރެންސަށް ސައިންސްވެރިންގެ އެކި ޓީމުތަކުން 48 ކަރުދާސް ހުށައެޅި އެވެ. އޭގެ ތެރޭގައި ބައެއް ގައުމުތަކުން ދެމުން އަންނަ ބައެއް ހިދުމަތްތަކާ ބެހޭ ކަރުދާސްތަކާއި ގަދީމީ ބައެއް އުފެއްދުންތައް އޭގެ އަސްލު ނެތިނުދާ ގޮތަށް އަލުން މަރާމާތުކުރާނެ އާ ގޮތްތަކާ ބެހޭ ކަރުދާސް ވެސް ހިމެނެ އެވެ.

16 ކޮމެންޓް, 103 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 4%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާއްޓޭ

06 September 2019

އަޅެ ޕ. އުގެއިލް، އެޕެއްހަދާލަންވީނުން ދިވެހިންގެ ކިބައިގައި މިހުންނަ ކިބުރުވެރިކަމާ ހިތްމޮޅުކަމާ ފަރުވާކުޑަކަމުން ވަޒީފާގައި ދެމިނުހުރެވޭ ބޮޑު ޤައުމީ ވަބާގެ މައްޗައް!

The name is already taken The name is available. Register?

އިމްތިޔާން ނަސީރު

05 September 2019

އިނގިރޭސި ވިލާތުގެ ހުރެގެން ނަމަވެސް އައިޖީމެއްއެޗް ތިޔަ ބުނާކަލަހަ އެޕްތައް ބޭނުންކޮށްގެން ހިނގިއްޖެނަމަ ވަރަށް ގިނަ ރައްޔިތުން އެކަމާ ހިތްހަމަޖެހޭނެ

The name is already taken The name is available. Register?

ވިމްލާ

05 September 2019

އެޕްލިކޭޝަނެއް ބޭނުންކޮށްގެން ރަށްރަށުގެ ތިބެގެން ކުރި އޮޕަރޭޝަންތައް އިންޓަރނެޓް މެދުވެރިކޮށް ކުރެވޭނެ ދިރާސާއެއް އުގެއިލަށް ކުރެވިއްޖެ ނަމަ ވަރަށް ފައިދާ ކުރާނެ.

The name is already taken The name is available. Register?

މުހަންމާ

05 September 2019

އަޅުގަޑު ދެން އެދެނީ ރަގަޅު ރަހަމީރު ރިހާކުރު ކައްކާނެ ގޮތުގެ ދިރާސާއެއް އުގެއިލް ހެދުމަށް. މިހާރު މިހުންނަ ރިހާކުރު ވަރަށް ނުބައި.

The name is already taken The name is available. Register?

އިންގިޕަން

05 September 2019

ފްރޮފެސަރު ވީއެއްނޫންތޯ ދެން ރައީސް ކަމާ ހަވާލުވާން؟

The name is already taken The name is available. Register?

ނިޔުޓްރިޝަން

05 September 2019

ނިޔުޓިރުޝަން ޑޮކްޓަރެއްތާމީ. ސޮފްޓްވެއާރ އިންޖިނޭރެކޭ ކިޔާއަޑުއިވޭ.. ވަރަށް ގިނަބައެއްގެ ޝައުގުވެރިކަން ހުއްޓުނު ރާއްޖެއަށް އަލަށް ކޮމްޕިޔުޓަރު ގެނައި ދުވަސްވަރު ލަވަމުބާރާތުގެ ނަތީޖާ ކޮމްޕިޔުޓރުން ނެރެ އިއުލާނު ކުރީމަ. ދޮގެ ނުބުނާނެކަމަށް ބުނަނީ ކޮމްޕިޔުޓަރެ. ވަކިމީހަކަށް ފޭވާއެވެސް ނުކުރާނެޔޯ އެއްމެ އިންސާފުވެރިކޮށްނޯ ނަތީޖާ ކޮމްޕިޔުޓަރު ބުނާނީ އާޝޯހުވެފަ އެއްމެންތިބީ. އެބުނާހެން އެއްވެސް އޮޅުވާލުމެ ވަކިފަރާތަކަށް ނުޖެހި ވަރަށް އިންސާފުކޮށް ނ

The name is already taken The name is available. Register?

ކަކުނިބޯ

06 September 2019

ކަލޯ ގެ ތައުލީމެއް އަދި ހިލްމެއްވެސް ނެތީމާ ތިހެ ން ކިޔަ ނީ އެގިއްޖެތަ

The name is already taken The name is available. Register?

ހެޔޮބަސް

05 September 2019

ސިޔާސީއޮއިވަރުގަނުޖެހުމަށްނަސޭހަތްތެރިވަން.

The name is already taken The name is available. Register?

އަޒާން

05 September 2019

މަރުޙަބާ ޕޮރޮފެސަރު އުގޭލް

The name is already taken The name is available. Register?

ibrahim rameez

05 September 2019

މިގައުމުގަނެތޭ އިލްމުއުގެނިގެން ތިބިމީހުންގެ ތެރެއިން ޕްރޮފެސަރ އުގައިލްނޫނީ ދިވެހިގައުމަށް އެންމެ ފުރިހަމައަށް ހިދްމަތް ކުރައްވާ ބޭފުޅެއް !

The name is already taken The name is available. Register?

ޟިހޫ

06 September 2019

ޑރ ހަސަން ހަމީދު

The name is already taken The name is available. Register?

ދާއި

05 September 2019

މިއީ ވަރަށް މުހިއްމު ދާއިރާއެއް ރާއްޖޭގަވެސް މިވަބާ ވަރަށް ބޮޑު. ޟިދިރާސާއިން ރާއްޖެއަށް ވެސް ފައިދާކުރާނެ. ޝުކުރިއްޔާ ޕޮރޮފް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454