ދިވްޔަންކާ އާއި ވިވެކް.
01 ސެޕްޓެމްބަރ 2019 - 08:10
ކެއްކުމަކީ އެއް އިރެއްގައި ވެސް އެހާ ގަޔާވާ ކަމެއް ނޫން ކަމަށާއި ޝެފެއްގެ ރޯލު ކުޅެން ޖެހުމުން ކައްކަން ދަސްކުރަން ޖެހުނު ކަމަށް، ޓީވީ ބަތަލާ ދިވްޔަންކާ ތުރިޕަތީ ބުނެފި އެވެ.
ކުރިއަށް އޮތް ވެބް ސީރީޒް "ކޯލްޑް ލައްސީ އޯރް ޗިކެން މަސާލާ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ޓީވީ ބަތަލު ވިވެކް ދަހިޔާގެ އަންހެނުންގެ ބުނީ އެހާ ރަނގަޅަކަށް ކައްކަން ނޭނގޭ ކަމަށެވެ.
Present ki nafrat aur past ka pyaar, hogi yeh kahaani masaaledaar!
— ALTBalaji (@altbalaji) August 12, 2019
Ek unique combo hai #ColddLassiAurChickenMasala
Trailer streaming 16th August. #ALTBalajiOriginal #ZEE5Original @ektaravikapoor @ZEE5Premium @Divyanka_T @RK1610IsMe pic.twitter.com/MXCp06W9HI
ސޫޖަލްގެ ނަމުން މަޝްހޫރުވި އެކްޓަރު ރަޖީވް ކަންޑެލްވާލާ އެކު ކުޅެފައިވާ ވެބް ސީރީޒްގައި ޝެފެއްގެ ރޯލް ކުޅެން ޖެހުމަކީ ވަރަށް ބޮޑު ޗެލެންޖަކަށްވި ކަމަށް ދިވްޔަންކާ ބުންޏެވެ.
"އެ ރޯލަށް ތައްޔާރުވާން ފުދޭ ވަރަކަށް މަސައްކަތް ވެސް ކުރަން ޖެހުނު. އެންމެ ބޮޑު ކަމަކަށްވީ ޝެފެއްގެ ރޯލް ކުޅޭތީ ކައްކަން ދަސްކުރަން މަސައްކަތްތަކެއް ކުރަން ޖެހުން. އަނެއްކާ މީގައި އެބަޖެހޭ މަހުގެ ބާވަތްތައް ވެސް ކައްކަން. އަހަންނަކީ ވެޖެޓޭރިއަންއެއް،" އޭނާ ބުންޏެވެ. "އެހެންވެ ކުކުޅު މަސް ކަހަލަ އެއްޗެހީގެ ތެރޭގައި އުޅެން ޖެހުނީމަ ވަރަށް އުނދަގޫވި."
އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖި އާއި ޒީ ނެޓްވޯކްގެ ޒީ5 އިން ޕްރޮޑިއުސްކޮށް، ޕަރްދީޕް ސަރުކާރު ޑައިރެކްޓްކޮށްފައިވާ "ކޯލްޑް ލައްސީ އޯރް ޗިކެން މަސާލާ" އަކީ ދެ ކައްކާއިންގެ މެދުގައި އުފެދޭ ގުޅުމެއްގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ. މީގެ ޓްރެއިލާ ވެސް މިހާރު ދައްކާލާފައިވާ އިރު، ސްޓްރީމް ކުރަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ދިވްޔަންކާއަކީ ސްޓާ ޕްލަސް އިން މިހާރު ދައްކާ ސިލްސިލާ "ޔޭ ހޭ މޮހައްބަތޭން" ގެ ބަތަލާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން އަލީ
01 September 2019
މިހެން ވާންޖެހޭނެ. ރާއްޖޭގައި އެކަނި ކަންނޭގެ ފިލްމަށް ސޮއެކުރާތާ 2 ހަފްތާ ތެރޭ ފިލްމު ނިންމާ ފިލްމު ރިލީސް ކުރަނީ.
ޕްރިޔަންކާ
01 September 2019
މަގޭ ކޮއްކޮ ކައްކަން ވެސް ފެށީ
ހަހަ
02 September 2019
ކަލޭ ކޮއްކޮ ތަ އެއީ؟