ފޮރިން މިނިސްޓަރު ޝާހިދު (ވ)، ޗައިނާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރާ އިއްޔެ ބައްދަލުކުރައްވަނީ.-- ޓްވިޓާ ފޮޓޯ: ޝާހިދު
06 ސެޕްޓެމްބަރ 2019 - 13:36
މި ސަރުކާރުގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުގައި މި މަހު އެ ގައުމަށް ވަޑައިގަންނަވަން އަނެއްކާ ވެސް ތާވަލް ކުރައްވައިފި އެވެ. ޝާހިދު އެންމެ ފުރަތަމަ ޗައިނާ އަށް ވަޑައިގަންނަވަން ހަމަޖައްސަވާފައި އޮތީ މިދިޔަ ޖޫން މަހު އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ގުޅިގެން އެ ދަތުރު ފަސްކޮށްލެއްވީ އެވެ.
ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ލިޒޯންގްއާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމަށް ފަހު، ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރު މި މަހު އޮންނާނެ ކަމަށެވެ. އެ ދަތުރުގައި، ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
ޝާހިދުގެ ޓުވީޓުގައި އަދި ވިދާޅުވީ، ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތުގައި ަޗައިނާ ސަފީރާ ބައްދަލު ކުރެއްވުމަކީ ވެސް ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ.
Pleasure to meet with @AmbassadorZhang in our new temporary premises while the @MDVForeign building is being renovated with Chinese assistance. Looking forward to visiting China this September, my first since assuming office, and further strengthening our bilateral relations. pic.twitter.com/jniNkZPFXc
— Abdulla Shahid 🎈 (@abdulla_shahid) September 5, 2019
ރާއްޖޭގެ ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް ހަދާފައި ވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ އެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އެ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެހެންވެ، ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ މިހާރު ހިންގަނީ އެމްޓީސީސީގެ ސޯމިލް އިމާރާތުގަ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ކުރިން ކުރިން ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.
ޗައިނާ އަކީ މިހާތަނަށް ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވެދީފައިވާ އަދި ބޮޑެތި ލޯނުތަކެއް ވެސް ފޯރުކޮށްދީފައިވާ ގައުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަުރނ
08 September 2019
ސާބަހޭ.. ދައުލަތުގަ ރުފިޔާތއް ބޭކާރު ގޮތުގައ ތަޅާ ތިޔަ ބުރިވނީ.. ލަގިނޑ ނުކުންނަހާ ހިތްދަތި ހާލުގާތިބި ބަި މީހުނނަށް ތިޔައިން އެތިކޮޅެއް ދީބލ
އަލްފާ
07 September 2019
ޙަގީގަތަކީ ޝައިނާ ސަރުކާރުން ޝާހިދުގެ ދަތުރަށް އާބަސްނުބުނުން.
ރާއްޖެ
07 September 2019
ހިންދޫ ސަރުކާރުން ހުއްދަ ލިބުނީ ތޯއްޗެއް!
ތެދުވެރިޔާ
07 September 2019
ދިވެހިން ތިބީ ޗައިނާޔާއެކު.
ޝޮކްތެރަޕީ
07 September 2019
ދިވެހިން ޗައިނާދެކެ މިވާ ލޮއިބްބެ. އިންޑިޔާދެކެ ދިވެހިން ނަފުރަތު ކުރަނީ އެމީހުންގެ އަޑި އެގޭތީ..
ޑޯންޓްޔޫ
06 September 2019
ތަމެން ދެން ތިޔާ ކަން ހަނދާން ނައްތާލާ ރަށުތެރޭން އެހެން ކަމަކާއި ގެން އުޅުނިއްޔާ މާ ބޮޑަށް ތާހިރުވާނެއޭ މަމެން ބުނަން ނެތީމޭ...
ދެޓްދޭޑޯންޓް
06 September 2019
މިނިސްޓަރު ޝާހިދު އަނެއްކާ ވެސް ޗައިނާގެ ދަތުރު ތާވަލްކޮށްފި ނަމަ ވެސް ދެން ތިޔާއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ރަންރީނދޫ ބޮޑޭ އާއި އަދި ރަންރީނދޫ ޓްވިޓަރޭ އަށް މަހަކު 1 ލައްކަ ޑޮލަރުގެ ކަޓް ދީގެން އިންޑިއާގެ ވަގު ވިޔަފާރިވެރިން އެވަނީ ޗައިނާ އާއި ރާއްޖެ ޖައްސާލާ އަދި ގުޅިފަޅު ދަމައިގެންފައޭ ގުޅިފަޅުގައި މާލޭގެ ވިޔަފާރި ބަނދަރު ހަދަންއޭ ބުނެ މަކަރާއި ހީލަތުގެ ދަށުން ޔޫ ނޯ އައި ރިއަލީ ހޭޓް ޓު ސީ ދަ ހިންނަވަރޭގެ ވެރިކަން އޯލް އައި ވޮނާ ސޭ
ނަޖުދާ
06 September 2019
އިންޑިޔާއާއި މިވަރަށް ޖެހިގެން އުޅޭ މީހުން، މައިންބަފައިންނާއި، އަނބިދަރީން ބަލިވީމާ އަދިވެސް ދަނީ އިންޑިޔާއަށް! މަ ނަމަ ލަދުންވެސް ނުކެރޭނެދާކަށް. މަދާނީ ޗައިނާއަށް. ހެހެހެ. ގޮތެއް ފޮތެއްވެސް ނެތީދޯ ހަމަ ދިވެހިންގެ މަދުބައެއްގެ. އިޒްރޭލުގެ މީހުންގެ ވިސްނުން. ދިވެހިން މިއުޅެނީދޯ. ކީކޭ ބުނާނީ
1828
07 September 2019
ދިވެހިން އެއްވެސް ޤައުމަކަށް ދަނީ އެޤައުމަކުން ހިލޭ ބޭސްފަރުވާކޮށްދޭތީއެއް ނޫން. ދެން ކޮންކަމަކާ ދިވެހިން ލަދުގަންނަން ޖެހެނީ؟
ބޮޑުމީހާ
06 September 2019
ވިސްނާ ފިކުރުކުރޭ. އިންސާފޭ ކިޔައިގެން ރައްޔިތުންގެ ހާލަތުގެ ނާޖާއިޒް ފައިދާ ނަގައިގެން އައި ސަރުކާރުން ދުނިޔެ ވަށާ ބުރުޖެހިއިރު ޗައިނާއަށް ނުގޮސް އަހަރުވުމަކީ ހިތާމަހުރިކަމެއް. އިންޑިއާއާއި އަޅާބަލާއިއިރު ޗައިނާއިން މިގައުމަށް ވެދީފަހުރި އެހީތައް އުޑާއި ބިމާހާ ތަފާތު...މިއަށްވުރެ އަމިއްލަ އެދުން ބޮޑު ސަރުކާރެއް އަދި ނާދޭ
ކަލޯގެއާ
06 September 2019
ދުނިޔެ ޗައިނާއައް ބަރޯސާވާން އަދުޖެހިފއިވަނީ އެމީހުންގެ ހުރި މުރާލިކަމާ ކުޅަދާނަކަ މަސައްކަތްތެރި ބަޔަކައްވާތީ. މިއަދު ތިކިޔާހިނދު ކަރާގެމީހުންވެސް ބޮޑެތިކަންކަމުގަ ބަރޯސާވަނީ ޗައިނާއާ. ނަމުންމަޝްހޫރު ހުދުއިންޑިއާގެ ބްރޭންޑްތަކުގެ ބޮޑުބައެއްވެސް އުފައްދަނީ ހަމަޗައިނާގައި. މީހަޤީގަތަކީ. އަނގައެއް އޮތިއްޔާ ތެޅުވިދާނެދޯ. މިސާލަކައް ރާއްޖޭގައިވެސް އިންޑިއާގެ މަޝްހޫރު ބްރެންޑް ތައްކަމުގައިވާ ވޯލްޓާސް އާއި ބްލޫ ސްޓަރ ވެސް އުފައްދަނީ ސީނުކަރާގަ.