ކޮލްކަތާ އިން ފުރަން ހަމަޖެހިފައިވާ އެއާ އިންޑިއާގެ މަތިންދާ ބޯޓުގައި ބޮމެއް އޮތް ކަމަށް އިންޒާރު ދިނުމާ ގުޅިގެން ބޯޓު ބަލާ ފާސްކުރުމުގެ މަސައްކަތް ވަނީ ކޮށްފައި.
20 ސެޕްޓެމްބަރ 2016 - 11:47
ކޮލްކަތާ (ސެޕްޓެމްބަރު 20) - އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ކޮލްކަތާ އިން ފުރަން ތައްޔާރުވަމުން ދަނިކޮށް ޗެކިން ކައުންޓަރަށް މީހަކު ގުޅާ ބޯޓުގައި ބޮމެއް އޮތް ކަމުގެ އިންޒާރު ދީފި އެވެ.
އަންހެނަކު ކުރި މި ކޯލާ ގުޅިގެން ބޯޑިން ވަނީ ވަގުތުން ހުއްޓުވައިފަ އެވެ. ކޮލްކަތާ އިން ގުވަހަޓީ އަށް ދިއުމަށް ހަމަޖެހިފައިވާ މި ބޯޓު މިހާރު ވަނީ ދުރަށް ގެންގޮސް ބޯޓު ބަލާ ފާސްކުރުމުގެ މަސައްކަތް ފަށާފައި ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. ބޯޓު އިންސްޕެކްޓް ކުރަނީ ބޮން ޑިސްޕޯޒަލް ސްކޮޑުންނެވެ.
އަންހެން މީހާ އެއާޕޯޓަށް ގުޅާ ބޮމެއް އޮތް ކަމަށް ބުނީ އިންޑިއާ ގަޑިން ހެނދުނު 8:20 ގަ އެވެ. ގުވަހަޓީ އަށް އެ ބޯޓު ފުރަން ހަމަޖެހިފައި އޮތީ 9:30 ގަ އެވެ. އިންޒާރުގެ ކޯލާ އެކު ސަލާމަތީ ފަރާތްތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ. އަދި ބޯޓުން ދަތުރު ކުރަން ހަމަޖެހިފައިވާ 114 މީހުންގެ ބޯޑިން ހުއްޓުވި އެވެ.
ބޮމުގެ އިންޒާރާ ގުޅިގެން ކޮލްކަތާގެ އެއާޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުނެލާނަން
20 September 2016
ދުނިޔޭގެ އެއްވސްތާކު މިހާރު ހަމަޖެހުމެއް ނެތް .... މުޅިން ވެސް މިއޮތީ ބިރުވެރިކަން ...
އުދުހޭ
20 September 2016
ތިވާނީ ޕެސެންޖަރަކަށް ގަޑިއަށް އެއަރޕޯޓަށް ނާދެވުނީމާ ބޯޓު ކުޑަކޮށް ކަޑުކޮށްލުވީކަމަށް!
ބޮޑުބެ
20 September 2016
ސެމްސަންގް ނޯޓުގެ ބާވަތައް ނިސްބަތްވާ، ނޯޓު 7 ގެ ބޮމެއް ފެނުނީ.