ޚަބަރު / ރައްޔިތުންގެ މަޖިލިސް

ރާއްޖެ އަންނަ ހަނގުރާމަވެރިން ބަންދުކުރަން ވަގުތީ މަރުކަޒުތައް ހަދަނީ

ސީރިއާ އަށް ހަނގުރާމަ އަށް ދިޔަ ދިވެހިންތަކެއް. ރާއްޖެ އަންނަ މީހުން ބަންދު ކުރަން ޓެރަރިޒަމް ބިލްގައި ވަނީ ހިމަނާފައި---

އެކި ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު، އެނބުރި ރާއްޖެ އަންނަ ހަނގުރާމަވެރިން ބަންދުކޮށްފައި ބޭތިއްބުމަށް ވަގުތީ މަރުކަޒުތައް ހެދުމަށް ލާޒިމްވާ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ހިމަނައިފި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލްގައި ބުނެފައި ވަނީ ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ފަހު، ރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި އެފަދަ ސަރަހައްދަކުން އަންނަ އެމީހުންގެ އާއިލާގެ މެންބަރުންނަކީ ހަނގުރާމަވެރިން ކަމުގައި ބެލެވޭނެ ކަމަށެވެ. އެކަމަކު، އެމީހުންނާ އެކީ އަންނަ ކުޑަކުދިންނަކީ ހަނގުރާމަވެރިން ކަމަށް ބަލައިގަނެގެން ނުވާނެ ކަމަށް ބިލްގައިވެ އެވެ.

ބިލްގައިވާ ގޮތުން އެ މީހުން ވަގުތީ މަރުކަޒުގައި ބައިތިއްބަނީ ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށާއި އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރި ނުވިޔަސް އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއްތޯ ބެލުމަށެވެ.

އެ މީހުން މަރުކަޒުގައި ތިބޭ އިރު، އެއީ ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ތަމްރީން ލިބިފައިވާ ބައެއްތޯ އާއި އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް، އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތްތޯ ބަލަން ވާނެ ކަމަށް ބިލްގައިވެ އެވެ. ބިލްގައި ބުނީ ހަނގުރާމަ އަށް ގޮސް ރާއްޖެ އަންނަ މީހުން ހައްޔަރު ކުރަނީ މުޖުތަމައު އަށް އަނބުރާ ރުޖޫއަވުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

މާލޭގައި ބޭއްވި އެއްވުމެއް ރޫޅާލަން ފުލުހުން ހަރަކާތްތެރި ވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމީހުން ވަގުތީ މަރުކަޒުގައި ބައިތިއްބަން ވާނީ ރިސްކް އެސެސްމަންޓް ހަދައި، ގޮތެއް ކަނޑައެޅެން ދެން ކަމަށް ވެސް ބިލްގައިވެ އެވެ. އޭގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ބަންދު ކުރުމުގެ ވަގުތީ މަރުކަޒުތައް ހޯމް މިނިސްޓްރީން ގާއިމު ކުރަން ވާނެ އެވެ.

ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި މީހުން ބަންދުކުރާ މަރުކަޒާއި ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ، ކުޑަކުދިން ބަންދުކުރާ މަރުކަޒެއް ހަދަން ބިލްގައިވެ އެވެ. ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ އާއިލާގެ މެންބަރުންގެ ތެރެއިން ކުށުގެ ޝިކާރައަކަށްވެފައިވާ ކަމަށް ބެލެވޭ އަންހެނުންނާއި ކުޑަކުދިން ބައިތިއްބަން ވެސް ވަކި މަރުކަޒެއް ބާއްވަން ވާނެ ކަމަށް ބިލްގައިވެ އެވެ.

އެފަދަ މަރުކަޒެއްގައި، އެހެން ކުށް ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބައިގެން ނުވާނެ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.

ބިލްގައި ބުނީ ބިލްގެ ދަށުން މީހެއް ބަންދުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވާ ނަމަ، އެފަދައިން ބަންދުކުރެވޭ މީހަކު، ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް މަރުކަޒުގައި ބެހެއްޓިދާނެ ކަމަށެވެ.

ބަންދުކުރެވޭ މީހަކު ބަންދުކޮށްފައި ވަނީ، ކޯޓު އަމުރެއްގެ ދަށުން ކަމުގައިނުވާ ނަމަ، މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް އޭނާ ބަންދުކުރާތާ 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެ މީހެއްގެ ބަންދާމެދު ގޮތެއް ނިންމަން ވާނެ ކަމަށް ވެސް ބިލްގައިވެ އެވެ.

ހަނގުރާމަވެރިން ކަމަށް ބިލިްގައި ބުނެފައި ވަނީ ހަނގުރާމަ އަށް ރާއްޖެ ދޫކޮށްދާ މީހުންނާއި ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވާ މީހުންނާއި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް، ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލު ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމާއި ހަނގުރާމަ ކުރުން ހިމެނޭ ގޮތަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަންނަ މީހުންނަށެވެ.

ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތައް ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅިދާނެ މީހުން، އެފަދަ އަމަލުތަކުން ދުރުކޮށް، މުޖުތަމައުއަށް އަނބުރާ ރުޖޫއަވުމަށްޓަ ހޯމް މިނިސްޓްރީން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ވާނެ ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.

23 ކޮމެންޓް, 88 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 3%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަފްރާދު

12 September 2019

މިގޮތަށް މީހުންގެ ނުޤަބޫލުގައި އެމީހުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަންނަން ހަނގުރާމަވެރި މަސައްކަތް ކުރާމީހުން ބަންދު ކުރެވޭގޮތަށް ޖަލެއް ހެދުމަކީވެސް ރާއްޖެފަދަ މަދު މީސްކޮޅެއް އުޅޭ ޤައުމެއްގެ ފަރުދީ މިނިވަންކަމަށް ވަރަށް މުހިއްމުކަމެއް

The name is already taken The name is available. Register?

ބޮޑުމީހާ

12 September 2019

އެޖެންޑާ 19 ގަ އޮތީ ކޮރަޕްޝަން ހުއްޓުވުމާއި ބޯހިޔާވެހިކަމާއި ލާމަރުކަޒީ. އަސްލު މިވާ ގޮތަކީ ގަރާރު ހުށަހެޅުމާއި، ބަދަލު ދިނުމާއި، ޑްރާމާ ކުޅުން

The name is already taken The name is available. Register?

ދާބެގެ

12 September 2019

30 ދުވަސްތެރޭ އެއީ ޓެރަރިސްޓެއްކަން ބަލާނެ ފެންވަރު ދިވެހި ފުލުހުންގެ ނެތްއިރު 30 ބަންދުގައި ބެހެއްޓޭ މުއްދަތު 30 ދުވަހަށް ހަދައިގެން ދިވެހިރައްޔިތުންނަށް ލިބޭކޮންމެ ގެއްލުމެއްގެ ޒިންމާ ތިމަޖިލީހުގައި ތިބި ކޮންމެ މީހަކު ނަގަންޖެހޭނެ.

The name is already taken The name is available. Register?

ހަސަބް

12 September 2019

ތިކިޔާ “މިނިވަންފކުރު”، ހަގީގަތުގައި ލާދީނީ ފިކުރުގެ މީހުން މުޖްތަމައުއަށް އަނބުރާ ގެނެވެންދެން ބެލެހެއްޓެނެ އިންތިޒާމެއްވެސް ހަމަޖައްސަވާ!

The name is already taken The name is available. Register?

ބޯ ބުރާންތި----

12 September 2019

ދެވަނަ އަށް ގާމާދޯ

The name is already taken The name is available. Register?

އެންދެރި

12 September 2019

ކޯޓް އަމުރެއް ނެތި ދީނައް ފުރައްސާރަ ކުރާ އަދި ދީނީ މިނިވަން ކަމަށް ގޮވާލާ ޓެރަރިސްޓުން ހައްޔަރު ކުރެވޭ ގޮތައް ގާނޫނައް އިސްލާހު ގެންނަން ވީއެވެ.

The name is already taken The name is available. Register?

ހުސޭނީ

16 September 2019

ދީނަށް ފުރައްސާރަ ކުރަނީވެސް ތި އައިސިސް މީހުން

The name is already taken The name is available. Register?

ދުންކަރާސް

12 September 2019

މިސާލަކަށް ސީރިޔާގަ އުޅެފަ އަންނަމީހާ ހަނގުރާމައެއްގަ ބައިވެރިވިތޯ ނޫންތޯ ބަލާނީ ކިހިނެއްތޯ، މިއުޅެނީ ގައުމުގަ ހުންނަމީހާ މީހަކު މެރިކަން ނުމަރާކަން ބުނަން ނޭނގިގެން 5 އަހަރު ވެގެންދިޔައިރު. ދެން އެކަން ބަލަން ތަހުގީގަށް ފުލުހުން ސީރިއާއަށް ދާނީތޯ. ގޮއްސިއްޔާ އެނބުރި އަންނަ ތަނުން ފުލުހުންވެސް ތިބޭނީ ތިޔަމަރުކަޒުގަނޫންތޯ.

The name is already taken The name is available. Register?

އުދުހޭ

12 September 2019

ކުށެއްނެތް މީހުންވެސް ލޭވޭގޮތަށް މިވަނީ

The name is already taken The name is available. Register?

އަހުމަދު އިބްރާހިމް

12 September 2019

ދީނަށް ފުރައްސާރަ ކުރާ މީހުން ހާމަކަން ބޮޑު ގޮތެއްގައި އެކަން ކުރަމުންދާއިރު އެކަމާއި ދެކޮޅަށް ބަހެއް ނުބުނެ ފިޔަވަޅެއް ނާޅާ ތި ތިބެނީ ކީއްވެތޯ؟

The name is already taken The name is available. Register?

އަލިފްލައިލާ

12 September 2019

އަހުމަދު އިބްރާހީމްގެ ކޮމެންޓް އަށް ޑިސްލައިކް ތައް ގިނަ ކަމުން ގައުމުގެ ހާލަތު އެބަ އިނގެއެވެ. ހެޔޮކަންތަކަށް ގޮވާލާ މުންކަރާތް ތައް ނަހީ ކުރަން ގިނަ އިން މަސައްކަތް ކުރަން ވީއެވެ.

The name is already taken The name is available. Register?

ސާޔާ

12 September 2019

ކުޑަކުދިން. އެބުނަނީޤޢނޫނުގާ އޮންނަ އުމުރު ދޯ. ބޯހަލާކު ްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454