ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތް: ތައުލީމީ ފަންޑުން އެ ސްކޫލަށް ނެގި ލޯނުގެ އެއްވެސް ފައިސާއެއް މިހާތަނަށް އަނބުރާ ނުދައްކާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނޭ.---މިހާރު ފޮޓޯ
20 ސެޕްޓެމްބަރ 2016 - 19:31
މިދިޔަ 22 އަހަރު ދުވަހުގެ ތެރޭގައި ތައުލީމީ ފަންޑުން އެކި ފަރާތްތަކަށް ދޫކުރި ބައެއް ލޯނު، އެތައް އަހަރެއް ވީއިރު ވެސް އަނބުރާ ނުދައްކާކަން އޮޑިޓް ރިޕޯޓުން އެނގިއްޖެ އެވެ.
އޮޑިޓް އޮފީހުން މި މަހު އާއްމު ކުރި އެޑިއުކޭޝަން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތައުލީމީ ފަންޑުން، 1992 އަހަރުން 2014 ވަނަ އަހަރާ ހަމައަށް، އެކި ސްކޫލުތަކާއި ކޮލެޖްތަކަށް ލޯނުގެ ގޮތުގައި 5.6 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި މަތީ ތައުލީމަށާއި ޓީޗަރުންގެ ކުރިއެރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ތެރެއިން 6.2 މިލިޔަން ރުފިޔާ މިހާތަނަށް ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީއަށް ޖުމްލަ ލިބެން ޖެހޭ 12.6 މިލިޔަން ރުފިޔާ އެބަހުރި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
"މިހުރިހާ ލޯންތަކަށް ފައިސާ ދައްކައި، ހަލާސް ކުރަން ޖެހޭ މުއްދަތު ފާއިތުވެގެން ގޮސްފައިވާއިރު، ފައިސާ ހޯދުމަށް [އެޑިއުކޭޝަން މިނިސްޓްރީން] އެކަށީގެންވާ ފިޔަވަޅެއް އެޅިކަން ލިޔެކިޔުމުން އެނގޭކަށް ނެތެވެ." ރިޕޯޓުގައި ބުނެފައި ވެ އެވެ.
ތައުލީމީ ފަންޑުން ލޯނު ނެގި ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވަނީ ފުވައްމުލަކު މަދުރަސަތުލް ޖިހާދާއި ދަރުމަވަންތަ ސްކޫލާއި ޑިޕްލޮމާ އިން މެނޭޖްމެންޓް ޕްރޮގްރާމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މާލީ އޮޑިިޓް ރިޕޯޓުގައި އެ މިނިސްޓްރީގެ ގިނަ މައްސަލަތަކެއް ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން ސީއެޗްއެސްއީގެ ތިޖޫރީގައި ފައިސާ ހުރި އަދަދު ބެލުމަށް މިދިޔަ އަހަރުގެ މެއި މަހު ފައިސާ ގުނި އިރު އެ ސެންޓަރަށް ލިބެން ޖެހޭ އާމްދަނީގެ ތެރެއިން 40،000 ރުފިޔާ މަދުވެފައި ވުމާއި 2011-2015 އަހަރަށް، އެތަނުގެ އިމްތިހާނު ފީގެ ގޮތުގައި އިތުރަށް ބައި ލައްކައެއްހާ ރުފިޔާ، ޕަބްލިކް އެގްޒަމިނޭޝަން ޑިޕާޓްމެންޓަށް ދައްކާފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކކ
21 September 2016
ބަލަ ތައުލީމީ ފަންޑަކީ ޓުރަސްޓު ފަންޑެއް އެތަނުން ލޯނު ދެނީ ހިލޭ އެއީ ސަދަޤާތުގެ ގޮތުގައި ދޫކުރެވޭ އެއްޗެއް ނުންތޯ؟
ނާއިލާ
20 September 2016
ކޮލެޖު ތަކަކަށްނޫން، އެންމެ ކޮލެޖަކަށް ތިޔަ ތައުލީމީ ފަންޑުން ލޯނުދިނީ، އެއީ މަންދުކޮލެޖަށް، އެވާހަކަ މީގެ ކުރީގެ އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއްގައިވެސް ލިޔެފައިވޭ، އެފައިސާވެދާނެ ދޭންނުޖެހޭ ގޮތަށް ދީފައިވާ ފައިސާއަކަށްވެސް
އުމަރު
20 September 2016
މިއީ އަހަރުމެން ދައްކާވާހަކައަކީ، ތައުލީމީ ފަންޑަކީ އެޑިއުކޭޝަން މިނިސްޓްރީއަށް ދޫކޮށްފައިވާ އެކި އެކި ބިންތަށް ތަރައްޤީކޮށްގެން އެތަންތަނުންލިބޭ ކުލި، އަދި އެތަންތަން ތަރައްޤީކުރީ އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުން އޭގެ ފަހުން އެތަންތަނަށް ލިބޭ ކުލިތަށް އެފަންޑަށް ޖަމާކޮށްގެން އެފަންޑު ހިންގަނީ، އެކަމަކު އެފަންޑުން ލޯނުދިނުމާއި، ފައިސާދިނުމާއި، އެކިއެކި ކަންކަން ކުރަނީ އެއިރެއްގެ މިނިސްޓަރަކަށް ފެނިގެން އެމިނިސްޓަރަކު ނުވަތަ އެސަރުކާރެއްގެ ރުހުން އޮންނަ މީހަކަށް ދޭ އުސޫލުން، އަދި އެފަންޑު މެނޭޖުކުރުމަށް ވަކި ބޯޑެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި އޮވޭ، އެބޯޑަށް ދެވިފައިވާ މޭންޑޭޓެއްނޫން ވަކި އުސޫލެއްނެތި އެބޯޑަށް ފެންނަ ބަޔަކަށް ލޯނުދިނުން، އެހެންކަމުން ތިޔަގޮތަށްވެސް ތިޔަ ފަންޑު ނަހަމަގޮތުގައި ބޭނުންކުރެވިފައިވާނީ ކޮންމެވެސް އަމިއްލަ ފައިދާއެއް ބަޔަކަށް ހާސިލްވާތީ، އެނޫންނަމަ ވަކިއުސޫލަކުން ލޯނުދިނުމާއި ހަރަދުކުރުން އޮންނަންޖެހޭނީ ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރެވި އެންމެންނަށް އެނގޭގޮތަށް، އަދި ތިޔަގޮތަށް ހުރި އެތަކެއް ފަންޑެއް އެބަހުރި މިނިސްޓްރީތަކަށާއި ސަރުކާރުގެ އެޖެންސީތަކުން ބަލަހައްޓާ، އެކަމަކު އޮޑިޓްކުރެވޭ، މީގެ ކުރިންވެސް އޮޑިޓް ރިޕޯޓުގައި ތިޔަ ފަންޑުގެ ވާހަކަލިޔެވި ރިކޮމެންޑޭޝަންތަކެއް ހުށަހަޅާފައިވެއްޖެ، އެކަމަކު އެކަމެއް އެބަ ރަނގަޅުކުރެވޭތޯ، އެފައިސާހޯދަން އެބައުޅެވޭތޯ އެކަންކުރަންތިބި މީހުންގެ މަސްއޫލިއްޔަތު އަދާކުރެވޭތޯ؟ މިހިރީ ހައްތަހާވެސް ރައްޔިތުންކުރާނެ ސުވާލުތަކެއް، އެހެންކަމުން ތިޔަގޮތަށް ކިތަންމެ ވަރަކަށް އޮޑިޓް ރިޕޯޓްނެރުނަސް މިިނިސްޓްރީގެ ފައިސާ ބަލަހައްޓަންތިބި ބަޔަކުގެ ހިތަށް ނައަރާނެ ކަހެރިވަކެކޭވެސް ހަމަ އިތުރު ބާރާއެކުގައި އިތުރަށް އެމީހުން ޕްރޮމޯޓްވެ އެމީހުންގެ މަގުބޫލުކަން ސަރުކާރުގެ ތެރޭގައި އިތުރުވުންނޫން އެހެންކަމެއްނުވާނެ، ތިޔައީ ހަމަ ބޭކާރު ރިޕޯޓެއް
ހަމަ ކޮމެންޓެއް
20 September 2016
އޮޑިޓް ރިޕޯރޓް ނެރެން ފެށީމަ ހީކުރިން ދައުލަތުގެ ކަންކަން ހަމަ މަގުން ހިންގަން ވެރިން މަސައްކަތް ކުރާނެ ކަމަށް. އޭސީސީ އުފެދުމުން ހީކުރިން މަކަރާހީލަތް ހެދުން މަދުވާނެ ކަމަށް. އެކަމަކު ވީ ކޮންކަމެއް. މިދޭތެރެއިން ދައުލަތުގެ 1،000،000،000 އަށް ވުރެ ގިނަ ރުފިޔާ އެއްޗެކޭ ވެސް ހިތަށް ނާރާ ބޭނުންކޮށްލި ވާހަކަ އިވިގެން ދިޔައީ. އިޚްލާސްތެރި ދިވެހި ވެރިން މިއީ ހަގީގަތުގަ ވެސް އެންޑޭންޖާޑް ސްޕީޝީސް އެއް ދޯ؟
ސިންތިލީ ވޫމް
20 September 2016
35 އަހަރުން މަތި އެއްމެ ލޯ ލާރިޔެވެސް ދިވެހި ސަރުކާޜުން މަޝެ ނުހޫދަން އަދިވެސް، ނުވެސް އަހަން އެހީކަޔަކައް. ނިކަން ކިތައްދިވެހިން ތިބިތޯ ބަލާބަލަ މަގޮތައް؟؟ ތިޔަ ފާއިދާނެގީ ސަރުކާރުހިންގާ މީހުން ނާއި އެވެރިން ގެ ގާތްތިމާގެމީހުން.
ހިރިޔާ
20 September 2016
ޓީޗަރސް އެސޯސިއޭޝަނުން އެވާހަކަތައް މީގެ ދެތިން އަހަރެއް ކުރީން ވަރަށް ގަދަ؛ޔަށް ދެއްކި. އެކަމަކު އެވާހަކަ ދެއްކި މީހާ ގޯސްވީ. އެކަމަށް ސަމާލުކަމެއް ދިން ކަމަކަށް ނުފެނޭ. ތަޢުލީމީ ފަންޑަކީ ބަޔަކު މޮޑޭ އަވަލި ގަޑެއް.
ފަރީދު
20 September 2016
ގިނަ މީހުން ރާއްޖެއަކު ނުވެ ނެތް. ރާއްޖޭގެ އޮފީސްތަކުގަ ވަސީލަތްތައް ހުއްޓަސް މައުލޫމާތު މެނޭޖެއް ނުކުރެވޭ. ކައިވެނި ކުރަންވީމަ ވެސް ކުރީ އަނބިމީހާގެ ނަމްބަރަށް ދާންދެން ފޯމުގަ ލިޔަން އެބަޖެހޭ. ޑީޕޯޓްކޮށްލާ ބިދޭސީ މީހާވެސް އެބައާދޭ އަނބުރާ.
އެމްސް
20 September 2016
އަވަހަށް އެއްމެނަށް ޙުކުމް ކޮށްފަ ޖަލަށް ލާންވީ ބާ؟