އޮސްޓްރޭލިއާގައި ހުޅުވާ ކަނޑުއަޑީގެ ފުރަތަމަ ހޮޓެލްގެ ރޫމެއް--ފޮޓޯ: ފޯބްސް
15 ސެޕްޓެމްބަރ 2019 - 16:17
އޮސްޓްރޭލިއާގެ ފުރަތަމަ ކަނޑުއަޑީގެ ހޮޓާ ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ފަރު ކަމަށްވާ "ގްރޭޓް ބެރިއާ ރީފް" ގައި ހުޅުވާ މި ހޮޓާ ހާއްސަ ކުރަނީ ކަނޑުއަޑީގެ ދިރުންތައް ބަލައިލައި، ސްނޯކަލް ކޮށް، ޑައިވްކުރަން ބޭނުންވާ މީހުންނަށެވެ.
މި ހޮޓަލުގައި ޓޫރިސްޓުންނަށް ހާއްސަކޮށް ޕްރިމިއަން ދެ ސުއިޓް ހުންނާނެ އެވެ. މި ކޮޓަރިތަކުގައި ވަށައިގެންވާ ބިއްލޫރި ފާރުތަކުންނާއި ފްލޯގައި ޖަހާފައި ހުންނަ ބިއްލޫރިން އެ ސަރަހައްދުގެ ކަނޑުއަޑީގެ ދިރުންތައް ވަރަށް ރީތިކޮށް ފެންނާނެ އެވެ.
ކްރޫޒް ލައިނާތައް ހިންގުމާއި ޓޫރިސްޓުންނަށް ހާއްސަ ދަތުރުތައް ކުރުމުުގައި އޮސްޓްރޭލިއާގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނި، ކްރޫޒް ވިޓްސަންޑޭސް އިން ހަދާ މި ހޮޓަލުގެ ކަނޑުއަޑީގެ ކޮޓަރިއެއްގެ އަގަކީ ދުވާލަކަށް 749 ޑޮލަރެވެ. އަދި ހޮޓަލުގެ ކަނޑުން މަތީގައި ހަދާފައިވާ މެއިން ޑެކްގައި ހުންނަ ޓެންޓްތަކުގައި ނިދާ ނަމަ ދުވާލަކަށް ހޭދަކުރަން ޖެހެނީ 525 ޑޮލަރެވެ.
އޮސްޓްރޭލިއާގައި ހުޅުވާ ކަނޑުއަޑީގެ ފުރަތަމަ ހޮޓެލް--ފޮޓޯ: ފޯބްސް
އޮސްޓޭލިއާގެ ކަނޑުއަޑީގެ ހޮޓާ ހުޅުވާ އިރު ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ހޮޓާ ހުޅުވާފައި ވަނީ 2016 ވަނަ އަހަރު ރާއްޖޭގަ އެވެ. އެ ހޮޓަލުގައި 22 ކޮޓަރި ހުރެ އެވެ. އަދި މިތަނަށް ވަނީ ދުނިޔޭގެ ލަގްޒަރީ ޓްރެވަލާސްގެ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.
ޒެން ރިސޯޓްގައި ހުޅުވާފައިވާ މި ހޮޓަލުގެ އިތުރުން ކަނޑުއަޑީގައި ހުޅުވި ފުރަތަމަ ރެސްޓޯރެންޓާއި ސްޕާ ވެސް ހުންނަނީ ރާއްޖޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަސްލު މީހާ
16 September 2019
ކަނޑު އަޑީގެ ކޮޓަރިއެއްގެ އަގަކީ ދުވާލަކަށް 749 ޑޮލަރ، ރާއްޖެ ނަމަ 2000 ޑޮލަރަށް ވުރެ ކުޑަ ނުވާނެ.
ޢަބްދުﷲނާފިޒް
16 September 2019
ރާއްޖޭގަ ހުރި ކަނޑުއަޑީގެ ކޮޓަރިއެއްގެ އަގަކީ ދުވާލަކަށް ކިތައް ޑޮލަރުކަން ޖަހާލިނަމަ ހާދަ ރަނގަޅުވީހޭ........
ކޮބާ އެންދެރި
15 September 2019
ހާދަ ރޭޓްތައް ދަށޭ. ފެންވަރު ރަނގަޅުކުރަން އެނެދެރިގަސް މުހިއްމު. ޖާބިރުކުރެން އަހަންވީނުން އެމީހުން