ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު: ފޮޓޯ: މިހާރު
16 ސެޕްޓެމްބަރ 2019 - 18:46
ހައްޔަރު ކުރުމުގެ ތެރޭގައި މީހަކަށް އަނިޔާކުރި، ޑްރަގް އެންފޯންސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުން ޑީމޯޓުކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމިނިންމުން އިސްތިއުނާފުކުރީ އެ އަދަބު ލުއިކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ގަބޫލު ކުރެއްވޭތީ ކަމަށް ފުލުހުން މިއަދު ބުނެ އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ އިސްތިއުނާފް ކޮމިޓީ އަށް ހުށަހެޅުއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެއްބަޔަކު ދެކޭގޮތުގައި ކޮމިޝަނާ އެގޮތަށް ނިންމީ އަނިޔާކުރި ފުލުހުންނާމެދު ފިޔަވަޅެއް އަޅަން ބޭނުން ނުވާތީ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް ކޮމިޝަނާ ނިންމެވީ އެފަދަ އެހެން މައްސަލަތަކުގައި ޑިސިޕްލިނަރީ ބޯޑުން އަޅާފައިވާ ފިޔަވަޅުތަކަށްވުރެ މާ ލުއި ފިޔަވަޅެއް އަޅާފައިވާތީ ކަމަށެވެ.
Aniyaa kuri fuluhun demote kurumun massala isthiunaaf committee ah
The most trusted news source in the Maldives
Mihaaru
އަނިޔާކުރި ފުލުހުންގެ މަގާމުދަށް ކުރި މައްސަލަ އިސްތިއުނާފަށް ހުށަހެޅުން--
"ކުރިއާއަޅާބަލާއިރު [އަޅާފައިވާ ފިޔަވަޅު] އެކަށީގެންވާވަރަށް ވުރެ ލުއި ކަމަށް ގަބޫލުފުޅު ކުރެއްވޭތީ އަލުން ބަލައިދިނުމަށް ހުށަހެޅުއްވީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިދިޔަ ޖުލައި މަހު ހިންގި އޮޕަރޭޝަނެއްގައި މ. އުޖާލާގެ ބަލައި ފާސްކުރި އިރު މީހަކަށް އަނިޔާކުރި މައްސަލައިގައި ހަތް ފުލުހަކު ސަސްޕެންޑް ކުރި އެވެ. އެ މީހުން ސަސްޕެންޑް ކުރި މުއްދަތު މިހާރު ހަމަވެފައި ވިޔަސް އެ މީހުން ވަޒީފާއަކަށް އަދި ނުނެރެ އެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، މައްސަލައިގައި ގޮތެއް ނިންމުމަށް ހުށަހެޅީ ޑިސިޕްލިނަރީ ބޯޑަށެވެ. އެތަނުން ވަނީ އެ ފުލުހުން ޑީމޯޓުކޮށް، ޑިޕާޓްމެންޓު ބަދަލުކޮށް އަދި އަހުލާގީ ކުލަ އާއި މެޑަލް އަތުލުމަށް ނިންމައިފަ އެވެ.
ތަޅައި އަނިޔާކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކަމުގައި ހައެއްކަ ފުލުހުން ބައިވެރިވި އެވެ. ނަމަވެސް އެ އޮޕަރޭޝަނުގައި ނުވަ ފުލުހުން އުޅުނެވެ. ފުލުހުން އެ ގެ އަށް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތަކާ ގުޅިގެންނެވެ. މަސްތުވާތަކެތީގެ މައްސަލާގައި އެ ގެއިން 36 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެނޮނިމަސް
17 September 2019
ކީތްވެތޯ ކޮމިޝަނަރު އަމިއްލައަށް ތިހެން ވިދާޅުނުވީ؟ މީހަކު ޓްވީޓެއް ކޮށްލިޔަސް ވަގުތުން ރިޕްލައި ކުރާ މީހަކު އަމިއްލައަށް މިއަށް ޖަވާބެއް ނުދިނީ ކީތްވެ؟
ކައްލަބް
17 September 2019
ރަނގަޅު.
ސަލީމާ
17 September 2019
ކަނޑާލާ ނިމުނީ އޭރުން
ރައްޔިތުމީހާ
17 September 2019
ފުލުހުން އަނިޔާކުރީމަ މަގާމު ދަށްކޮށްފަ ޑިޕާޓްމަންޓް ބަދަލުކޮށްލީމަ ނިމުނީ. މަ ކުރިކަމެއްނަމަ ހައްޔަރުކޮށްފަ ތަހުގީގުކޮށްފަ ހުކުމްކުރާނީ ޖަލަށް.
ރައްޔިތުމީހާ
17 September 2019
ފުލުހުން ތަޅައިގަތީމަ މިކިޔަނީ އަނިޔާކުރީއޭ. އާންމުންގެ މީހަކު ތަޅައިގަތީމަ ކިޔަނީ މާރާމާރީ ހިންގިއްޔޭ. މިއޮތީވާ ގައުމެއް.
ނަން ނުޖަހާ ޣާޒީ
17 September 2019
އެ މީހާ ފުލުހުންނަށް ހަމަލާ ދިން ވާހަކަ އެއް ނުކިޔާ ތޯ، އެއަށް ރިއާޔަށް ނުކުރައްވާތޯ؟ އިންސާފް އޮންނަނީ ވަކި ބައެއްގެ ޓުވީޓުތަކުގަ އެކަނި ތޯ އެވެ.
ހަބޭސް222
17 September 2019
އެމީހާއަށް އަނިޔާ ކުރުމުގެ އިތުރުން އެތަން ވީޑިއޯކުރި ޢާއްމު މީހަކަށް ބިރުދެއްކި މައްސަލް! މި މައްސަލައަކަށް ވެގެން މިއުޅެނީ!
1828
17 September 2019
ރަނގަޅު ނިންމުމެއް.
ކިހަލް
16 September 2019
ދޮގު ހަދާންވެސް މިވަރެއް ނެތް