ޚަބަރު / އަހުމަދު އަބްދުﷲ އަފީފް

ޓެރަރިޒަމް ގާނޫނުގައި ބޮޑެތި ހައްގުތަކެއް ނުހިފަހައްޓަން: އަފީފް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގަށް ފުލުހުން ގެއެއް ފާސްކުރަން ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެން ވަހީދު / މިހާރު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ރައްޔިތުން ކަންބޮޑުވާ ވަރުގެ ކަމެއް ނޯންނާނެ ކަމަށާއި އެ ބިލުގައި ބޮޑެތި ހައްގުތަކެއް ހިފަހައްޓާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފް ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި އަފީފް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހައްގުތައް ހިފަހައްޓާފައިވާ ވަރަށް ވެސް، މި ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ޓެރަރިޒަމްގެ ބިލުގައި ހައްގުތައް ހިފަހައްޓާފައި ނުވާނެ ކަމަށެވެ. ޓެރަރިޒަމްގެ އަމަލުތަކަކީ އާދައިގެ ކުށްތަކަކަށް ނުވާ އިރު، އެފަދަ ކުށްތައް ކުރުމުގެ ކުރިން ހުއްޓުވުމަށް ގައުމުތަކުގައި ބައެއް އަސާސީ ހައްގުތައް ހިފަހައްޓާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމުގެ ސަލާމަތާއި ރައްޔިތުންގެ މުދަލާއި ފުރާނަ އާއި އިގްތިސާދީ މަސްލަހަތުތަކަށް ގެއްލުންވާ ގޮތަށް ހަމަލާތައް ދިނުމާ ގުޅޭ ކުށްތަކުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ،" ޓެރަރިޒަމްގެ ބިލްގައި ބައެއް ހައްގުތައް ހަނިކޮށްފައިވާ ކަން އެއްބަސްވެވަޑައިގެން ހުންނަވައި އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ޓެރަރިޒަމްގެ ނުރައްކާ ކުރިމަތިވެފައި އޮތް މިންވަރަށް ބަލާ އިރު، އެ ނުރައްކަލާ ކުރިމަތިލުމަށް ކޮންމެހެން ވެސް ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރުން މުހިންމެވެ.

ސަރުކާރަށް މި ވަގުތު ގަބޫލު ކުރެވެނީ މި ބާވަތުގެ އިސްލާހުތަކެއް ގެނެސްގެން ނޫނީ ރާއްޖެ އަށް ކުރިމަތިވެފައި އޮތް ޓެރަރިޒަމްގެ ނުރައްކަލުން އަޅުގަނޑުމެންނަށް ސަލާމަތެއް ނުވެވޭނެ،" އަފީފް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅީ ޓެރަރިޒަމްގެ ހާލަތު ބެލުމަށް ފަހު، ކޮންމެހެން ގެންނަން ޖެހޭ ބަދަލުތަކަށްވީމަ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

ބިލުން މިސާލު ނަންގަވައި އަފީފް ވިދާޅުވީ ބޭރު ދުނިޔޭގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުންނާ މެދު އަމަލު ކުރާނެ ގޮތެއް ޓެރަރިޒަމްގެ ގާނޫނުގައި ނެތް ކަމަށެވެ. އެކަމަކު، މަޖިލިހަށް ހުށަހެޅި އިސްލާހު އޮތީ ރިހިބިލިޓޭޓް ކުރެވޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ބިލުން ޓެރަރިޒަމްގެ ކުށް ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށާއި ކުރީގައި ގާނޫނު އޮތް ގޮތުން ސިޔާސީ ޕޯޑިއަމްގައި ނުވަތަ އެއްވުމެއްގައި ދައްކާ ވާހަކައަކުން އެމީހަކު ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭ ގޮތަށް އޮތް ނަމަވެސް، ބިލުން އެކަން މަނާވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުޒާހަރާއަކުން ނުވަތަ އެއްވުމަކުން ނަގާ މީހަކު ވެސް ޓެރަރިޒަމްގެ ދައުވާ އެބަ ކުރެވޭ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދުނޭ ކިޔާފައި. އެހެން މިހާރަކު ނުވާނެ. އެއްވެސް މީހަކު ޕޯޑިއަމްގައި ދައްކާ ވާހަކައަކުން ޓެރަރިޒަމްގެ ކުށުގެ ތެރެއަށް ނުވެއްދޭނެ. އެއްވުމުގެ ތެރޭގައި މީހަކު ކުރާ ކަމަކުން، ޓެރަރިޒަމްގެ ތުހުމަތުކޮށް ބަންދެއް ނުކުރެވޭނެ،" އަފީފް ވިދާޅުވި އެވެ.

އަފީފް ސިފަ ކުރެއްވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޓެރަރިޒަމްގެ ގާނޫނު ބޭނުން ކުރީ ސިޔާސީ ބޭފުޅުން ޖަލަށްލުމަށް ބޭނުން ކުރި ހަތިޔާރެއްގެ ގޮތުގަ އެވެ. ޓެރަރިޒަމްގެ ބިލުން އެކަން ވެސް އެއްކޮށް ނިމިގެން ދާނެ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

މީގެއިތުރުން އަފީފް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރެވޭނެ ހާލަތްތަކެއް ފުލުހުންނަށް ލިބިދީފައި އޮތް އިރު، އާދަޔާ ހިލާފު ބޮޑެތި ބާރުތަކެއް ފުލުހުންނަށް ބިލުން ލިބިނުދޭ ކަމަށެވެ. އަދި ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ހަމައެކަނި ލިބިދެނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މި ހިނދުން މިހިނދަށް ގެންނަން ޖެހޭ ބިލެއް،" ޓެރަރިޒަމްގެ ގާނޫނަށް ގެންނަން ސަރުކާރު ހުށަހެޅި ބިލް ދިފާއު ކުރައްވައި އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ޓެރަރިޒަމްގެ ކުށްތަކުގައި ހައްޔަރު ކުރާ މީހުންގެ ތަހުގީގު ކުރިއަށްދާ އިރު، ގާނޫނީ ވަކީލުންނާ އެކީގައި ކުރިއަށް ދިއުމަށް ބިލުން ހުރަސް ނާޅާނެ ކަމަށެވެ.

އެކަމަކު، މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެފައި އޮންނަ ދަނޑިވަޅުގައި އެކަމުން ސަލާމަތްވުމަށް ކުރަން ޖެހޭ މަސައްކަތަށް ހުރަސް އެޅިދާނެ ކަމަށް ފުލުހުންނަށް ގަބޫލު ކުރެވޭ ހާލަތުގައި އެކަހެރި ބައްދަލުވުން ދިނުން މަނާ ކުރުމަކީ ކުރަން ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

"އެ ހައްގު ދިނުމުގެ ސަބަބުން އާންމުންނަށް ނުރައްކާ ބޮޑުވެއްޖެ ނަމަ، މިކަހަލަ ކުށްތަކުގައި މި ކަހަލަ ހައްގުތައް ލިމިޓްކޮށްލުމަކީ ނުކުރެވޭނެ ކަމެއް ނޫން،" އަފީފް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އޮތް ގޮތުން ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމުގެ އިތުރުން ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޚިޔާލު ފާޅުކުރުން ވެސް ކުށެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.

އާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެހެން ބަދަލުތަކުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކަފާލާތުގެ ދަށުން ބަންދުން ދޫނުކުރެވޭ ގޮތަށް ކަނޑައެޅުމުގެ އިތުރުން ޓެރަރިޒަމްގެ ބައެއް ކުށްތައް ސާބިތުވާ މީހުންގެ އަދަބު ލުއިކޮށް އަދި މާފުނުދެވޭ ގޮތަށް ހެދުން ވެސް ހިމެނެ އެވެ.

6 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ ވާފިރު

19 September 2019

ސިޔާސީ އެއްވުމެއްގައި ޓެރަރިޒަމަށް ހިތްވަރު ދީފިއްޔާ ހަމަ އެއްގޮތް ވާނީ. ކުރިން ވެސް ނޯވޭ ސިޔާސީ ޕޯޑިއަމްގައި ވާހަކަދެއްކުން ކުށަކަށް ހަދާފައެއް. ޢެކަމަކު ޓެރަރިޒަމަށް ހިތްވަރު ދިނުމާއި ބިރުވެރިކަނ އުފެދޭ ވާހަކައާއި އަމަލު، އިހަށްވެސް މިހާރު ވެސް ވާނީ ޓެރަރިޒަމްގެ ޢަމަލަކަށް. ޢަފީފު އާއި މިހާރު ނޫހުން ސަރުކާރުގެ ދިފާއުގައި ތިޔަކުރައްވާ އިޚުލާޞްތެރި މަސައްކަތަށް ޝުކުރު ދަންނަވަން

The name is already taken The name is available. Register?

ނިކަ

17 September 2019

ތިޤާނޫނު ވައްތަރީ ދީނުގެ ދަޢުވަތު ދޭމީހުންގެ އަޑު ކަނޑުވާލަން ހަދާފައޮތް ޤާނޫނަކާ. ބަރަހަނާކޮން ފާސްކުރުމުގެ ބާރު ފުލުހުންނަށް ދީ، ރާއްޖެ ދެވަނަ ގުއަންޓަނާމޯބޭއަށް ހަދަން ފާސްކުރާ ބިލެއްތީ.

The name is already taken The name is available. Register?

އަދާލަތު

17 September 2019

ތިޔައުޅެނީ ރައްޔިތުންގެ އަނގަ ފަހަންވެގެން. އެހެން އެއްވެސް ބޭނުމެއްގައެއްނޫން. އޭރުން ކޮންމެކަމެއްކުރިޔަސް ރައްޔިތުން ތިބެންޖެހޭނީ ހަނު،

The name is already taken The name is available. Register?

އެންދެރި

17 September 2019

ތިޔަހަދާ ގާނޫނުތައް ޑްރަގް ވިއްކާ މީހުންނާއި ރޭޕް ކުރާ މީހުންނާއި ވައްކަން ކުރާ މީހުންނަށް ބޭނުން ނުކުރެއެވެ. ނުކުރެވެއެވެ.

The name is already taken The name is available. Register?

އުދުހޭ

17 September 2019

ޓެރެރިޒަމްގެ ހަބަރު ނޭންގުމަކީ ކުށަކަށް ހަދާބަލަ. ލޮލް

The name is already taken The name is available. Register?

ޙިނި

17 September 2019

ޣުރޭ އޭރިޔާ، ހަންގުރާ މަވެރި ޖަ މާއަތްތައް، މީގެ ހައްލަކީކޮބައިތޯ، ރާއްޖޭގެ މީހުން ރެޑިކަލައިސް ކުރުރު މުގައި މީޑިޔާގެ ދައުރު ވަރައްބޮޑު، ހާއްސަކޮއް ސަރުކާރު މީޑިޔާ، މެދުއިރު މަތީގެ ހަބަރު ދިރާސާ އޭކިޔާފަ ހުސްކިޔާދޭނީ ދާހިލީ ހަންގުރާ މަތަކުގެވާހަކަ، ހީވާކަހަލަ މިސަރަހައްދުގައި ހަން ގުރާ މަ ނުން އެހެންކަ މެއް ނުކުރާހެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454