މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފަށަން ރަސްމިއްޔާތުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމުދު މަލީހު ޖަމާލާއި އޭޑީކޭގެ ޗެއާމަން އަހްމަދު ނާޝިދު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ހުސައިން ވަހީދު/މިހާރު
18 ސެޕްޓެމްބަރ 2019 - 12:21
ރާއްޖޭގެ ހޮސްޕިޓަލްތަކުން ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ދިވެހިންނާ ހަމަޔަށް ގެނެސްދޭތީ އުފާކުރައްވާ ކަމަށާއި އެއީ ސިއްހީ ހިދުމަތަށް އިންގިލާބެއް ގެންނާނެ ކަމެއް ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު، ޕެރެޑައިސް އައިލެންޑް ރިސޯޓްގައި، ވިދާޅުވެއްޖެ އެވެ.
އޭޑީކޭއިން ބާއްވާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފަށަން އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަލީހް ވިދާޅުވީ އޭޑީކޭއިން ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބު ސަރުކާރުން ފާހަގަކުރަން ޖެހޭ ކަމަށެެވެ. އެ ހޮސްޕިޓަލް ކުރިއަރުވަން ޗެއާމަން އަހުމަދު ނާޝިދު ކުރައްވާ މަަސައްކަތް ވެސް ސަރުކާރުން ބަލައިގަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކުންފުނިތަކުން، އަޅުގަނޑުމެންގެ ހޮސްޕިޓަލްތަކުން ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދިވެހި ރައްޔިތުންނާ ހިސާބަށް ގެނެސްދިނުމަކީ އަޅުގަނޑުމެން އުފާކުރާ ކަމެއް. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނާނެ ކަމެއް ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" މަލީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެން ބާއްވާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސަށް ސަރުކާރުގެ އެހީތެރިކަން މިހާރަށް ވުރެ ބޮޑަށް ލިބޭނެ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުން މަޝްހޫރު އެތައް މާހިރުންނެއް ބައިވެރިވަޑައިގަންނަވާތީ މިއީ ގިނަ ކަންތައްތަކެއް ދަސްވާނެ ކޮންފަރެންސެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ބާއްވާ ސައިންސްގެ އެންމެ ބޮޑު ކޮންފަރެންސަށް "މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019" ވެގެންދާނެ އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށް ދާ މި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 300 ތަޖުރިބާކާރުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއި އޮސްޓްރޭލިޔާ އަދި އިންޑިއާގެ މޮޅު ޑޮކްޓަރުން ވެސް ހިމެނެ އެވެ.
އޭޑީކޭ އިން 2017 ގައި މި ކޮންފަރެންސް ފެށީ 70 ވަަރަކަށް ބައިވެރިންނާ އެކު އެވެ.
ރަސްމީކޮށް މިއަދު ކޮންފަރެންސް ފެށި ނަމަވެސް އޭގެ ބައެއްގެ ގޮތުގައި އިއްޔެ ވަނީ އޭޑީކޭގައި މައިބަދައިގެ ދެ އޮޕަރޭޝަނެއް، ފޭސްބުކް މެދުވެރިކޮށް، ވަގުތުން ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
18 September 2019
ކޮބާތަ ހަފްތާއެއްގެ ތެރޭގައި އަގުހެޔޮ ކުރަން ބުނި އިންޓަރނެޓް.
ދައުލަތް
18 September 2019
ޓެކްނޮލަޖީ މިނިސްޓަރަކު ޜާއްޖޭގައި ހުރެގެން ކުރަނީ ކޮންކަމެއްބާ؟؟
މުހައްމާކަލޯ
18 September 2019
ޓެކްނޮލޮޖީ މިނިސްޓަރ ކުރާކަމަކީ މިނިސްޓަރާއެކު ގެނައި ޕޮލިޓިކަލް ދަރިންކޮޅަށް ފާޓުފުޅާ ކޮޓަރިތައް ތައްޔާރުކުރުމަށް އެން.ސީއައި.ޓީގެ މަތީގައި ހުރި ތަންތަން ތަޅާ ކޮޓަރިތައް ހެދުމެވެ. އެން.ސީ.އަައިޓީގެ ސެކަންޑް ފޮލޯ އެއްްކޮށް ތަޅާލުމަށްފަހ މިނިސްޓްރީ ސްޓާފުންނާއި އެން.ސީ.އައަި.ޓީގެ ހުރިހާ ޑިޕާޓްމަންޓްގެ މުވައްޒަފުން އެއްްތަނަކަށް އަޅާލުމަށްފަހު ފޮލިޓިކަލް މީހުންނަށް ފިނިކޮޓަރި ތައްޔު ކުރުމުގެ މަސައްކަތް
ރަދީފު ބިން ރަފައިދާ
18 September 2019
މީ ބޮޑުތަނުން ފޭލިވެފާހުރި މީހެއް. ދިރާސާނޫންކަމެއް ނުކުރޭ.
ބުއްރާސް
18 September 2019
އަހަރެން ދަންނަގޮތުގައި ފެލުން މިބަހުގެ އަނެއް މާނައަކީ އޭޑީކޭ.
ދޫދިން
18 September 2019
މަލީހޫ. އިންޓަރނެޓުގެ ޚަރަދު ކުޑަކޮށްލަ ބަލަ
ކާއްޓޭ
18 September 2019
އޭޑީކޭ އިން ކުރަނީ އެމީހުންގެ ވިޔަފާރި. މަލީހު ބަލައިގަތަސް ނުގަތަސް އެމީހުންނަކަށް ވަކި ތަފާތެއް ނެތް. ރައްޔިތުން ބަލައިގަންނަ ކަހަލަ ކަމެއް ކުރެވޭތޯ މަލީހު ބެއްލެވުން މާ ރަނގަޅު
ޖުހާގެ
18 September 2019
އޭޑީކޭ އިން އާންމުން އަތުން ލާރި ނަގާވަރު ވެސް ބަލައިގަންނަން
އަންނާ ހަޒާރޭ
18 September 2019
އަހަރުމެން އެންމެ ހިތްދަތިވަނީ ފަހުގެ ޓެކްނޮލޮޖީއާއެކުވެސް މިގައުމުގެ ރައްޔަތުނަނަކީ މިސަރަހައްދުގަވެސް އިންޓަނެޓަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހޭ ބަޔަކަށްބާތީ.
ޖާނޫ
18 September 2019
އިންޓަރނެޓުގެ އަގު އަހަރެމެން ބަލައެއް ނުގަންނަން.
ސަސީ
18 September 2019
އޭޑިކޭ ވެބްސައިޓް ވަރަށް ގިނަ ހިދުމަތް އޮންލައިންކޮށް ލިބޭ. އެކަން ހެޔޮއަގުގައި ކުރުމަށް މަނިކުފާނު ތިބުނާ ހެޔޮއިންޓަރނެޓް އަވަހަށް ލިބޭނެ ގޮތް މުހިންމު