ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހަދާ ފްލެޓް އިމާރާތްތައް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ސެޕްޓެމްބަރ 2019 - 13:42
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހަދަމުންދާ އިމާރާތެއްގެ އަށް ވަނަ ބުރިން ބިދޭސީއަކު ވެއްޓި މިއަދު މަރުވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް 37 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައިވާ ކަމަށެވެ.
އޭނާއަށް އެކި ޒަހަމްތައް ލިބިފައިވާއިރު ނޭފަތުން ލޭ އައިސްފައި ހުރިކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
ދެ ވަނަ ފިޔަވަހީގައި މިހާރު ހަދަމުންދަނީ "ހިޔާ" މަޝްރޫއުގެ އިމާރާތްތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުލައި
19 September 2019
ދެން ތިތާގަ ދިރިއުޅޭމީހުންނަށް ފެންނާނީ އޭނަގެ ރޫހް، ތިފުލެޓްތަކުގަ އިންސާނުން ދިރިއުޅޭން ބިރުވެރިކަމަކަށްވާނީ. ސަލާމަތީގިތުން ރައކާތެރިކަމުގެ ފިޔަވަޅު ނާޅާ މަސައްކަތްކުރާމީހުންނާއި ،އާއްމުރައްޔިތުންގެ ފުރާނަ ނުރައކާވާގޮތަށް އިމާރާތްކުރުން ހުއްޓުވަން ޖެހޭ.
ވާލުސޮރު
18 September 2019
އުފާވި ކަމަށް ބުނާ 5% މީހުންގެ ހިތެއްވެސް ނެތީއޭ. ހާދަ ދެރައޭ
ކޭންޑީ
18 September 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ ):
ހިނދުކޮޅު
18 September 2019
8 ވަނަ ބުރިން ވެއްޓުންއިރު ނޭފަތުން ލޭ އައިވާހަަކަ ތިއޮތީ ހޮސްޕިޓަލުން ބުނެފަ އެވަރު ބުނާނެ އާދައިގެ މީހެއްވެސަ
ޕިއްލޭ
18 September 2019
ޕިސް ޕިސް. ހެޔޮނުވާނެ. މިކަމަށް ހައްލެއް ހޯދަދީ.
1235
18 September 2019
ހުޅުމާލެ މާލެ ބްރިޖް ހަދަމުން ދިޔައިރު އެންމެ މީހަކުވެސް ވެއްޓި މަރުވި ވާހަކައެއް ނޫހަކުން އަޑެއް ނީވޭ! ސަލާމަތީ ކަންކަން އެވަރަށް މޮނިޓަރ ކުރެވޭނެމަ މިފަދަ ހާދިސާތއް ކުޑަ ކުރެވޭނެ!
ލުތުފަރު
18 September 2019
އޭރު މީހުން ވެއްޓުނީ ކަނޑަށް. ކަނޑަށް ވެއްޓުނު މީހަކު ވަރަށް ބޮޑަށް ހާލު ދެރަވި. މި ޚަބަރު ނޫހުގައި ވެސް ޖެހި
އީބޜޢ
18 September 2019
ޒިންމާވާނީ ކާކު ރައީސް ޔާމީނުބާ؟
ރަނބޭ
18 September 2019
ދިވެއްސެއް ނޫންވީމަ ތިކަމަކީ ސަރުކާރުގެ ސަމާލުކަން ލިބޭނެ ކަމެއް ނޫން. ބަންގާޅިއަކަސް އެވެސް އިންސާނުންދޯ؟ އެމީހުން ލައްވާ ކުޑަ އަގުގަ މަސައްކަތް ކުރުވާއިރު އެމީހުން މަސައްކަތް ކުރާ މާހައުލުގައި އެމީހުންނާ ހަވާލުވެ ހުރި ފަރާތްތައް ޒިންމާ ކުރެވެން ޖެހޭނެ، މުސްތަގުބަލުގައި މިކަހަލަ ކަމެއް ވިޔަ ނުދިނުމަށް. އުފާވިކަމަށް ލައިކް ލާފަތިބިމީހުން ނަކީ ނަފްސް ކިލަބުބައެއް.
ބަބުރުލް ސަލީމް
18 September 2019
ބަންގާޅީއެއް ވިއްޔާ ދިވެހިންނަށްވެސް އޯކޭވާނެ. ދިވެހިންގެ ބައެއް މީހުން ދެކެނީ އެއީ އިންސާނީ ދަރަޖައިގެވެސް ދެވަނަ ދަރަޖައިގެ ބައެއްކަމަށް.
88888
18 September 2019
މަރާ ކުލީ އަޅުވެތިކަން ނޫން އެއްޗެއް މިގައުމުގައި ނެތް.
އެނގޭ
18 September 2019
ކަލޭ ކިތަންމެ ފުއްޕިޔަސް ކަލެޔަށްވެސް މަރާކުރިމަތިލާންޖެހޭނެ. އަދި ތިކީގޮތަށް އެންމެންނަށްވެސް އެކަމާ ކުރިމަތިލާންޖެހޭނެ. ދެން ކުލީގެ ވާހަކަ ދައްކަންޏާ ކޮންގައުމެއްގެ ކޮންބަޔަކަށްތަ ހިލޭ ހުރިހާކަމެއް ކޮށްދެނީ. ކަލޭގެ ރަށަށް ބީރައްޓެއްސަކު ދިޔަޔަސް ހުންނަންޖެހޭނީ މާލެޔަށްވުރެން މާކުލީގެ އަގުބޮޑު ގެސްޓުހައުސްގައި.
އަގުބޮޑު
19 September 2019
انا لله وانا اليه راجعون މަރާ ކުރިމަތިލާން ޖެހޭނެ އޭ ބުނެފަ ތިބެންވީތަ ސަބަބުގަ ނުހިފާ،ރައްކާތެރި ކަމުގެ ފިޔަވަޅު ނާޅާ ހުއްޓަ ތި ވެއްޓުނީ ދިވެއްސެއްނަމަ އެއީ ވަރަށް ބޮޑު ކަމަކަށް ހެދީސް. އަދި އެންމެން މައްޔިތާ އަށް ދުޢާކޮށް ހެދީސް. އެކަމަކު ބަންގާޅީ އެއް ވީމަ އެއީ އަހަރެމްންގެ މުސްލިމް އަޚެއް ކަމައްވެސް ނުބެލި. އަހަރެމެން ދިވެހިން މީ ހާދަ ނުބައި ބަޔަކަށް ވެއްޖެޔޭ ދޯ!!