ހިތާނީ ކޭމްޕް ނިމުނުއިރު އެ އެއްޗެހި މަތިން ހަނދާނެއް ނެތް. އޭގެ ދެ އަހަރު ފަހުން ތެލެސީމިއާ ކުއްޖަކު ކްރިޓިކަލް މެޑިކަލް ކޮންޑިޝަނެއްގައި ނިޔާވީމަ ދެން އަވަސްވެގަތީ އެ ތަކެތި ހޯދަން. އޭރު މެޝިނަރީޒްތައް ހުރީ މީދާ ކައިފައި.
ސަދަގާތު ފައުންޑޭޝަނުން ރެހެންދި ސްކޫލުގައި 2017 ވަނަ އަހަރު ބޭއްވި ހިތާނީ ފެސްޓިވަލްގައި، ކުދިންތަކެއް ހިތާނުކޮށްފައި.-- ފައިލް ފޮޓޯ: މިހާރު
26 ޑިސެމްބަރ 2021 - 11:43
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އިސްވެ ހިންގެވި ސޮދަގާތް ފައުންޑޭޝަނުން ބޭއްވި ހިތާނީ ކޭމްޕްތައް ނިމުނު އިރު، އެ ކޭމްޕްތައް ބޭއްވި ހުޅުމާލޭގެ ހޮސްޕިޓަލްގެ އައިސީޔޫގެ ހުރިހާ ސާމާނެއްހެން ހަލާކުވެ، ބައެއް ތަކެތި ވީނުވީ ވެސް ނޭނގޭ ކަމަށް އެކަން ދެނެހުރި މީހަކު ކިޔައިދީފި އެވެ.
އޭނާ ބުނި ގޮތުގައި، ހިތާނީ ކޭމްޕް ބޭއްވުމަށް އެ އެއްޗެހި ނަގައި ބަހައްޓައިފައި ވަނީ ގުދަނެއްގަ އެވެ.
އެ ހޮސްޕިޓަލްގެ މައުލޫމާތު އެނގޭ މީހަކު މިއަދު ބުނިގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޕާކިސްތާނުން ތިން އެނދުގެ ފުރިހަމަ އައިސީޔޫއަކަށް ބޭނުންވާ ހުރިހާ ސާމާނެއް ހަދިޔާކުރި އެވެ. އެ ތަން ހުޅުވައިދެއްވީ ވެސް އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދު އޮގަސްޓް 2، 2010 ގަ އެވެ.
އޭގެ ކުރިން، ހާލު ދެރަވާ މީހުން ހުޅުމާލެ ހޮސްޕިޓަލުން ފޮނުވަމުން ގެންދިޔައީ އައިޖީއެމްއެޗަށެވެ.
އައިސީޔޫގެ ތިން އެނދުގެ ތެރެއިން ކޮންމެ އެނދަކަށް 2.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.
އެ ހިދުމަތް ފައްޓަވައިދެއްވުމަށް ފަހު، ވަހީދު ވިދާޅުވެފައިވަނީ އައިސީޔޫގެ ހިދުމަތް ފެށުމަކީ ހާލު ބޮޑު ބަލި މީހުންނަށް އަވަހަށް ފަރުވާ ދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. ހުޅުމާލެއިން ބަލި މީހުން މާލެ ނުގެންގޮސް، ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވި އެވެ.
ނަމަވެސް އައިސީޔޫގެ ހިދުމަތް މާ ގިނަ ދުވަހަކަށް ދެމިގެނެއް ނުދިޔަ އެވެ.
އެ މަޝްރޫއާ އެކު ކުޑަކުދިންނަށް ފަރުވާ ދިނުމަށް އޮކްސިޖަން ޕައިޕްތަކާ އެކީ އެންއައިސީޔޫއެއް ވެސް ހެދި އެވެ. އެކަމަކު އޭރު ފުލީ އޮޕަރޭޝަނަކަށް ނުދެ އެވެ. ނަމަވެސް އެތަން ވެސް ބޭނުންކުރެވޭ ގޮތެއް ނުވި އެވެ.
"މިހާރު" އާ ވާހަކަ ދެއްކި މީހާ ބުނީ ފެރީގައި ބަލި މީހުން ގޮވައިގެން ދަތުރުކުރާތީ އޭރު ބޭރުގެ ބަޔަކު ޕޯޓަބަލް ދެ ވެންޓިލޭޓަރު ވެސް ރާއްޖެ އަށް ހަދިޔާކުރި ކަމަށެވެ. އެކަމަކު، އެ އެއިން އެއްވެސް އެއްޗެއް މިހާރު އެތާނގައި ނެތް ކަމަށް ވެ އެވެ.
އޭރު އެ ހޮސްޕިޓަލް ހިންގަމުންދިޔައީ މާލޭ ހެލްތު ސާވިސް ކޯޕަރޭޝަންގެ ދަށުންނެވެ. އެގޮތަށް ހިންގަމުން ދަނިކޮށް 2012 ވަނަ އަހަރު ވަނީ އަނެއްކާ ވެސް ވަނީ އަލުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަކޮށްފަ އެވެ. އެކަމަކު، އެ ނިންމުން ބަދަލުކޮށް 2016 ވަނަ އަހަރު ހުޅުމާލެ ހޮސްޕިޓަލްގެ ހިންގުން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރި އެވެ.
ކުރީގެ ނައިބު ރައީސް ޑރ. ވަހީދު، ހުޅުމާލެ ހޮސްޕިޓަލްގައި އައިސީޔޫގެ ހިދުމަތް މީގެ 11 އަހަރުކުރިން ފައްޓަވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
މީގެ ދެ އަހަރު ކުރިން ފެށިގެން އެ ހޮސްޕިޓަލް ހިންގަނީ އައިޖީއެމްއެޗާއި ވިލިމާލެ ހޮސްޕިޓަލް ވެސް ހިންގާ ގްރޫޕުންނެވެ.
ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ހުޅުމާލެ ހޮސްޕިޓަލްގައި އަބަދުވެސް ހިތާނީ ކޭމްޕް ބާއްވަ އެވެ. އެކަމަކު، އާސަންދައިގެ ދަށަށް ބަދަލުކޮށް އެ އަހަރުގެ ފަހުކޮޅު ހިތާނީ ބޮޑު ކޭމްޕެއް ބޭއްވި އެވެ.
"ފަސްޓްލޭޑީ [ފާތިމަތު އިބްރާހިމް] އޭރު އުޅުއްވާނެ ހޮސްޕިޓަލަށް ވަޑައިގެން ކޭމްޕްގެ ކަންކަމުގައި ވަރަށް ގިނައިން،" އޭނާ ބުންޏެވެ.
ޖެހިގެން އައި އަހަރު ވެސް ސޮދަގާތު ފައުންޑޭޝަންގެ ނަމުގައި ހިތާނީ ބޮޑު ކޭމްޕެއް ބޭއްވި އެވެ. އެ ފަހަރު 500 ކުދިން ހިތާނުކޮށްދީފައިވެ އެވެ.
އެ ކޭމްޕް ބޭއްވުމަށް އައިސީޔޫގައި ހުރި ހުރިހާ މެޝިނަރީއެއް އަދި ހުޅުމާލެ ހޮސްޕިޓަލްގެ މީޓިން ރޫމްގައި ބަހައްޓާފައި ހުރި ގޮނޑިތަކާއި މޭޒުތައް ނަގައި އެ ބޮޑު ތަން ހުސްކުރި އެވެ. އައިސީޔޫގައި ހުރި މެނިޝަރީތައް ނަގާފައި ބެހެއްޓީ، ޓިނާއި ސަތަރިން ހަދާފައި ހުރި ގުދަނެއްގަ އެވެ.
"ހިތާނީ ކޭމްޕް ނިމުނުއިރު އެ އެއްޗެހި މަތިން ހަނދާނެއް ނެތް. އޭގެ ދެ އަހަރު ފަހުން ތެލެސީމިއާ ކުއްޖަކު ކްރިޓިކަލް މެޑިކަލް ކޮންޑިޝަނެއްގައި ނިޔާވީމަ ދެން އަވަސްވެގަތީ އެ ތަކެތި ހޯދަން. އޭރު މެޝިނަރީޒްތައް ހުރީ މީދާ ކައިފައި. ބެޑްތަކަށް ވީގޮތެއް ނޭނގޭ. ނިމިގެން ދިޔައިރު އައިސީޔޫ ނެތް. އެޗްޑީޔޫއެއް ނެތް،" އޭނާ ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ އޭރުގެ ހެޑް އޮޮފް އިންސްޓިޓިއުޓު، ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ އެ އެހީ ދީފައިވަނީ އޭޝިޔާގެ ގައުމުތަކަށް އެހީ ދިނުމަށް ޕާކިސްތާނުން ކަނޑައަޅާފައި ބަޖެޓުގެ ތެރެއިން ކަމަށެވެ. އެ ހިދުމަތް ފެށުމަށް ރާއްޖެއިން ކުރީ، ޑރ. އަޝްރަފް ވިދާޅުވި ގޮތުގައި، އިމާރާތުގެ މަސައްކަތާއި ނަރުހުން ތަމްރީނުކުރުމާއި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމުގެ ކަންތައްތަކެވެ.
"އެހެން ހުރިހާ ކަމެއް ޕާކިސްތާނުގެ އެހީގައި ކޮށްފައިވަނީ،" ޑރ. އަޝްރަފް ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލުން މިހާރު އަންނަނީ ހުއްޓިފައި އޮތް އައިސީޔޫ ހިދުމަތާ އެކު، މިހާރު ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާކުރަން ނިންމައިފަ އެވެ.
އެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު "މިހާރު" އަށް މި މަހުގެ 16 ވަނަ ދުވަހު ދެއްވި އިންޓަވިއުގައި ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާ އެކު ހިދުމަތްތަކަށް ވަރަށް ބާރުބޮޑުވެފައިވާ ކަމަށެވެ. އެއާއެކު، އާ ހިދުމަތްތަކާ އެކު ހިދުމަތް ފުޅާކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަގުތު ނެތް އައިސީޔޫ ފެސިލިޓީއެއް. ނަމަވެސް ކުރިއަށް އޮތް ތަނުގައި ޕްލޭން ކުރެވިފައި އެބައިން އައިސީޔޫ ހަދަން. އަންނަ އަހަރުގެ ކޮންމެ ވެސް ހިސާބެއްގައި މަސައްކަތް ފެށޭނެ ކަމަށް ރާވާލާފައި މި އޮތީ. މި ވަގުތު މި ހުރީ އެންމެ އޮޕަރޭޝަން ތިއޭޓަރެއް. އެކަމަށް ވެެސް އިތުރު ތިއޭޓާސް ހެދުމަށް އަންނަ އަހަރަށް ބަޖެޓު ހަމަޖެހިފައި އޮތީ،" މާރިޔާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަބީ
27 December 2021
ހުރިހާ ކަމަކުން ވައްކަން
Coronavirus
27 December 2021
ފިރި މީހާވެސް ވައްކަން، އަނބި މީހާވެސް ވައްކަން. މިއީ ހާދަ ހަރުދަނާ އާއިލާއެކޭ
މަހޭ
28 December 2021
ކޮބާ ވައްކަމަކީ؟ މި ޚަބަރުގައިވެސް ނެތް ވައްކަމެއްގެ ވާހަކަ... އައިސީޔޫއަށް އަޅާނުލުމުގެ ސަބަބުން ހަލާކުވެ ބައެއް ސާމާނު ވީނުވީތަނެއް ނޭންގުނުވާހަކަ (ބެހެއްޓުނު ތަނެއް ނޭންގުމުގެ ސަބަބުން).
2021
26 December 2021
އިންވެންޓްރީ ބަލަހައްޓަވާ ބޭފުޅަކު ޖަވާބު ދާރީވެ ޒިންމާ ނަގަންޖެހޭ، އެސްޓީއޯ އިން ނަގާ މުދަލަށް ހިތާނު އެދާ ފަންކާ ފަދަ އެއްޗިސްކޮބައިބާ؟ ނީލަމެއްވެސް ނުކިޔާ، ހެޔޮއަގަކު އެސްޓިއޯން ނުވެސް ވިއްކާ، އަޖައިބެއް
ޙިތާނީ
26 December 2021
ހާދަލަހަކުން ތިވާހަކަ އެގޭމީހާއަށް ހޭލެވުނީ އަނެއްކާ އައިސީޔޫގަތަ މިހުރިހާ ދުވަހުއޮތީ..ޙިތާނީ ކޭމްޕު ބޭއްވީ އައިސީޔޫގަތަ...ހުޅުމާލެ ހޮސްޕިޓަލަށް ގެނައި ކެތުލެބް ގެއްލުވި ވާހަކަ ރޔާމީން ބުނުމުން އައިސީޔޫވީތަނެ ހޯދާލީދޯ. ވެންޓިލޭޓަރުތައް ވީތަނެނޭގޭއިރު ދައުލަތުގެ ޙަޒާނާ ހުސްކޮއްފި..އައިސީޔޫވީތަން ހޯދަންވާނީ އައިސީޔޫއަށް ލާންޖެހޭމޯހުން މިހާރުގިނައީ..
ކާސިމްބެ
26 December 2021
މައްސަލަ ބަލާފަ. ތިޔަބުނާ އޯގާތެރި ދައިތަ ހައްޔަރު ކުރޭ.
ވާރޭ
26 December 2021
ވެރިކަމާއެކު އެބުނާ ސަދާގާތު ފައުންޑޭޝަންވެސް ގެއްލިއްޖެ. އެވަރުގެ ހިތްހެޔޮ، އޯގާތެރި މެޑަމްއެއްނަމަ ވެރިކަމުގެ ކުރިންވެސް އަދި ފަހުންވެސް ހިތާނީ ކޭޕް ބާއްވާނެ. މިހާރުވެސް ރަނގަޅަށް ބަލައިފިނަމަ އިނގޭނެ ހިތާނީ ކޭމްޕަށް ހުރިހާ ހަރަދެއް ކުރީ ދައުލަތުގެ ހަޒާނާއިންކަން.. މެޑަމް ޖީބަކުން ނޫންކަން. މެޑަމް ކުރީ ކެމްޕޭން، ސަދަގާތެއްނޫން. ސަދަގާތެއްނޫން. ސަދަގާތެއްނޫން.
އަދޫ
26 December 2021
މެޑަމްއަށް ނިމުނީ ހިތާނުކުރީމަ، އައިސީޔޫ ޑަސްބިނަށް ލިޔަސް ވަރިހަމަ.
އެއީ
26 December 2021
ކަލޭމެން 25 ބުރި ހޮހަޅައަކަށް ހަދާނީ އަދި މާ ކުޅަދާނަވީމަ. އައިސީޔޫއާ ނުބައްދަލު އަގުގެ ގޮތުން އެތަން.
ޕެނަޑޯލް
26 December 2021
އައިސީޔޫ ކޮބައިހޭ..އައިސީޔޫ
ދުމައިނު
27 December 2021
އަހާބަލަ މިހާރުގެ ވެރިން ގާތު. 3 އަހަރުން ތަނެއްގަ އެއްޗެއް ނެތްކަން ފަހުމު ވާން. އަނެއް 3 އަހަރު އެ ހުރީ އަމިއްލަ ބެލުމުގައި ތަނުގެ ތެރޭހުރި ގުދަނެއްގަކަން އެނގެން. ބެލި އިރު މީދާ ކައި. ބުޅާ ސީލާފަ. ކަޑައެއްްނޫން ދޯ ސުލޯ ސަރުކާރަކަށް މިހާކަންހާވަރު ވީމަ.
ލަބީދު
26 December 2021
ޔާންޓޭ އައުޓް.
ނުފެނޭތަ
26 December 2021
މިހާރު ވެރިކަމުގައެއް ނޫނޭ ހުރީކީ.
ގަބީދު
27 December 2021
ލަބީދު 'ސީ" ދަންނަމުތަ؟ އައިސީޔޫގެ ސާމާނު ތަނުގެ ތެރޭހުރެ، ވާނުވާނޭގި. މީދާ ކައި، ބުޅާ ސީލާ ހެދިފަހުން މި ހޭވެރިކަމެއްވީ. 3 އަހަރު ތިޔަ ތަނުގެ ވެރިންތިބީ ނިދި ޖެހިފަތަ؟ ސުލޯ ސަރުކާރަށް އިވެންޓަކަށް ނަގާ އިކުއިޕްމެންޓް ހުރި ހަނދާންވާން 3 އަހަރު. ގޯހެއް ނޫން
ކަގި
26 December 2021
ހޮސްޕިޓަލެއްގަ އައިސީޔޫ އެއް ނައްތާލަަފަ ކުރަން މުހިއްމީ ހިތާނު ކުރުންތޯ؟ ނުފޫޒު ނުފޯރުވާ ހަމަ އެއްތަނެއް ނެތީއެވެ.