ޚަބަރު / ހުޅުމާލެ ހައުސިން

ފްލެޓް ކޮމިޓީގެ މަސައްކަތް ޑިސެމްބަރު 15 ގައި ނިންމަނީ

ސަރުކާރުން ކުރިއަށް ގެންދިޔަ "ހިޔާ މަޝްރޫއު" ދަށުން ފްލެޓް ލިބުނު ކަމުގެ ލިޔުން ހޯދުމަށް ހައުސިން މިނިސްޓްރީގައި ކިޔޫ ހަދާފައި: ފްލެޓް ކޮމިޓީން ބުރަ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި. --ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ނުހައްގުން ފްލެޓް ދޫކުރި މައްސަލަ ބަލަން އުފެއްދި ކޮމިޓީގެ މަސައްކަތް އަންނަ ޑިސެމްބަރު 15 ގައި ނިންމަން ހަމަޖައްސާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުގައި ތިން މަޝްރޫއަކުން ފްލެޓް ދިން ގޮތް ބަލަން އުފެއްދި ކޮމިޓީގެ މަސައްކަތް ލަސްވެ، ތަފްސީލް ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފްލެޓް ކޮމިޓީގެ ދެ މެމްބަރަކު ދާދި ފަހުން އިސްތިއުފާ ދެއްވީ ކޮމިޓީގެ މަސައްކަތް ނުހިނގައިގެން ނޫން ކަމަށެވެ. އެއީ ކޮމިޓީގެ މަސައްކަތަށް ދެ ބޭފުޅުންނަށް އެކަށީގެންވާ ވަގުތު ނުދެއްވިގެން ކަމަށެވެ.

ފަސް މެމްބަރުން ތިއްބަވާ ކޮމިޓީން އިސްތިއުފާ ދެއްވީ މުހައްމަދު މުއިއްޒު އަދުނާނާއި އަހުމަދު ތޮލާލެވެ.

ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެތެރެއިން ގިނަ ފްލެޓްތައް ދޫކުރީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރެ އެވެ.

ރައީސް ވިދާޅުވީ ކޮމިޓީން މިހާރު ކުރަމުން އަންނަނީ އެ މަޝްރޫއަށް ފޯމު ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ފެށުމުގެ މަސައްކަތް ކަމަށެވެ. ފޯމު ހުށަހެޅި ކޮންމެ މީހެއްގެ ގެއަށް ގޮސް ހާލަތު ބެލުމަކީ ފަސޭހަ ކަމެއް ނޫން ކަން ރައީސް ފާހަގަކުރެއްވި އެވެ.

"އުނދަގޫ މަސައްކަތެއް އެ ކުރަނީ. އެކަމަކު އެކަން ކުރިއަށް ގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް

ފްލެޓް ކޮމިޓީގެ ޒިންމާއަކީ ތިން މަޝްރޫއަކުން ފްލެޓް ދޫކުރި ގޮތް ބެލުމެވެ. އެއީ ގުޅީފަޅާއި ގެދޮރުވެރިކަމުގެ އިތުރުން ހިޔާ މަޝްރޫއެވެ. މީގެ ތެރެއިން ގުޅީފަޅު މަޝްރޫއުގައި ދިމާވި މައްސަލަތައް ބަލައި ރިޕޯޓެއް އެ ކޮމިޓީން ވަނީ އެކުލަވާލައިފަ އެވެ. އޭގައި ދީފައިވާ ލަފައާ އެއްގޮތަށް ސަރުކާރުން ނިންމާފައި ވަނީ އެ ފަރާތްތަކަށް ހިޔާ މަޝްރޫއުން ފްލެޓް ދިނުމަށެވެ.

ހިޔާ މަޝްރޫއުގެ 12 ކެޓަގަރީ އަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި ގިނަ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ވެސް ދޫކޮށްފަ އެވެ. އޭރުގެ ހައުސިން މިނިސްޓަރު ސޮއި ކުރައްވައި ދެއްވާފައި އޮތީ ސަރުކާރުގެ ސައްހަ ލިއުމެކެވެ. އެކަމަކު އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ޕޮއިންޓް ދޭން އާއްމުކުރި އުސޫލާ ވެސް އެއްގޮތަށް ނޫން ކަމަށާއި މިހާތަނަށް ބެލި އިރު ވެސް ބޮޑެތި މައްސަލަތަކެއް ފެނިފައިވާ ކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފަ އެވެ.

6 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަށުމީހާ

27 September 2019

ބުނަން ބޭނުމީ ނުހައްގުން ފުލެޓް ލިބިފާވާ މީހާއަށް ވާނީ ކިހެނތް ތޯ?ޖަވާބުދީބަލަ.ވރބޑސ

The name is already taken The name is available. Register?

ޢާސީ

20 September 2019

ތިގޮތައް ހުރިހާކަމެއްވެސް ބަލާބަލަ ކިތައް އާއިލާއިން މީހުންގެ ގެދޮރު އެއްބަނޑު އެއްބަފާމީހުންނައް ނުދީ އެކަކައް އެކަނި ރަޖިސްތަރީކޮށް އެހެންކުދިން .މަގުމަތިވެފައި ތޮބި ކިތައް އާއިލާ އެބަތިބިތޯ..މިކަމުގަ އިހުމާލުވާ މީހުންބަލައި މިކަންވެސް ކޮއްދިނުން ކިހާރަނގަޅު...މޮޅުވާހަކަ ދައްކަނީ ހައްގޭ އިންސާފޭ. ޞޯސާފޭ ކިޔައުގެން ..ބޯހަލާކު..

The name is already taken The name is available. Register?

ރައްޔިތުމީހުން

20 September 2019

ކޮން އިރަކުތަ ދެން ތި ފުލެޓަށް ވަދެވޭވަރު ވާނީ!! ފުލެޓުގެ އިންތިޒާރުގަ ތިބެ މި މުސްކުޅިވަނީ!

The name is already taken The name is available. Register?

ޢެހެންތަ ހީވަނީ

20 September 2019

ރައިސަށް ހީވާކަހަލަ މަގުތަކަށް ނިކުމެ އިންސާފަށް ގޮވާމީހާއޭ އެންމެ އިންސާފު ވެރިވާނީ .ރައިސަކީ މިގައުގަ ހުރި އެންމެ ތެދުވެރިމީހާހޭ .؟ދެންތިބޭބަޔަކު ދޮގު ހަދާހެންހީވާނަމަ ރައިސް ސަށް ކޮންއިރަކުންތަ ތެދެއްހެދޭނީ .ސީރިއަސްކޮށް ސަހަރޯ ހީވޭ

The name is already taken The name is available. Register?

ބަތްޕެން

19 September 2019

ރައްޔިތުންގެ ހައްގުތައް ފޭރޭ ސަރުކާރު.

The name is already taken The name is available. Register?

ދަނީމް

20 September 2019

އިންސާފު ގާއިމު ކުރާއިރު ކުރިން ނަހަމައިން ބައިވަރުތައް ލިބުނު މީހުންނަށް ހަޖަމެއް ނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454