ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެން ޝުއާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ޗައިނާގެ ފޮރިން މިނިސްޓްރީ
22 ސެޕްޓެމްބަރ 2019 - 11:26
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އިތުބާރު އުފައްދަން ލިބުނު ފުރުސަތެއް ކަމަށް ޗައިނާ އިން ބުނެފި އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ގެން ޝުއާން މިދިޔަ ހުކުރު ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ "ރާއްޖޭގެ އާ ސަރުކާރުގެ ފޮރިން މިނިސްޓަރު" ޗައިނާ އަށް ކުރެއްވި ދަތުރަކީ ރާއްޖެ އާއި އެ ގައުމާ ދެމެދު އޮތް ގުޅުން އިތުރަށް ކުރިއަރުވަން އެޅުނު ފާހަގަކޮށްލެވޭ ފަދަ ފިޔަވަޅެއް ކަމަށެވެ.
"ދިވެހިރާއްޖެ އަކީ ޗައިނާގެ އެކުވެރި އަވަށްޓެރިއެއް. އަދި ތަރައްގީގެ މުހިއްމު ބައިވެރިއެއް. އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމްކުރާ ގޮތުގައި އަދި އެއް ގައުމުން ދައްކާ ވާހަކަ އަނެއް ގައުމުން ބަަލައިގަންނަ އަދި އެއް ގައުމުގެ މަސްލަހަތު އޮންނަ ކަންކަމުގައި އަނެއް ގައުމުން އެހީތެރިވާ ގޮތުގައި އޮތް ދެ ގައުމު،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވި މި ސަރުކާރުގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޝާހިދު ޗައިނާ އަށް ކުރެއްވި ދަތުރާ ގުޅޭ ގޮތުން ޝުއާން ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އާދަޔާ ޚިލާފަށް ރަނގަޅު ވުމުން، މިހާރު ވެރިކަމުގައި ތިބި ފަރާތަތްކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރި އެވެ. ޗައިނާ އިން އޭރު ރާއްޖެ އަށް ދިން ލޯނު ތަކުގެ ސަބަބުން ރާއްޖެ އަށް ގެއްލުންވާނެ ކަމަށް ވެސް އޭރެ ވާހަކަ ދެއްކި އެވެ. ލޯނުގެ މައްސަލައިގައި ކިޔަމުން ދިޔަ ފާޑުކިއުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ހީނަރުވާނެ ކަމަށް ކުރިން ބެލެވުނެވެ.
މިނިސްޓަރު ޝާހިދު ޗައިނާ އަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރު ނިންމަވައިލެއްލީ އިއްޔެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ދަތުރު ނިންމަވައިލެއްވުމުގެ ކުރިން ޗައިނާގެ ސްޓޭޓް ކައުންސިލާ ވާންޔީއާ އެކު ޝާހިދު ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ޝާހިދުގެ ދަތުރުގައި ރާއްޖެ އާއި ޗައިނާ އިން ތިން އެއްބަސްވުމެއްގައި ސޮއިކުރި އެވެ.
އެމްއޯޔޫތަކުގައި ސޮއިކުރެއްވުމަށް ޗައިނާގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ އެ އެމްއޯޔޫތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމިދު ޝާހިދު
22 September 2019
ޝާހިދަށް ޕޮކެޓް ބޮޑުވާވަރަކަށް، ޗައިނާ އަދި މާ ރަނގަޅު ވެގެންދާނެ. އިސާހިތަކުން، "ސިލްކު ރޫޓް" ވެސް ކަމު ހިނގައިދާނެ، ކުރީ ސަރުކާރުން ފައްޓަން އުޅުނު "ފްރީ ޓްރޭޑް" ހަރަކާތްތައްވެސް ފެށިގެން ހިނގައިދާނެ. އެންމެ ފަހުން، ބޮޑު ދަރަންޏއް ނުބަލާ، ބޮޑެތި މަޝްރޫޢުތައްވެސް ގެންނަން ފަށާނެ. ބްރިޖް، ސްޓޭޑިއަމް، ހައުސިންގ، ރޯޑް ކޮންސްޓްރަކްޝަން. ނަންވާނީ ރައީސް ޔާމީން..!
ޖައްސާތި
22 September 2019
ޝާހިދުގެ ދަތުރަކީ އިތުބާރު އުފައްދަން ލިބުނު ފުރުސަތެއް ކަމަށް ޗައިނާ އިން ބުނާނަމަ ޗައިނާ އިން ލާރޖް ކޮށް ލޯން ނަގައިގެން ކުރިއަށް ގެންދަންވީއޭ އެއްގޮތަކަށް ވެސް އެނޫން ގޮތެއް މީގައި އޮވެގެން ނުވާނެއޭ މިކަން ލާރޖް ކޮށް ޖައްސަންވީއޭ...
ޑާޑާފިޒު
22 September 2019
ކޮބާތަ ދަރަނީގެ ވާހަކަ؟ ވޯޓް އަނބުރާލި އެންމެ މުހިއްމު ވާހަކައާ އަޅާނުލައި ހަނާކުރި ފޯއް ކޮޅަކުން ރަގަޅު ދުފުންގަނޑެއް ދުފާލުން ކަހަލަ ކަމެއް ހަމައެކަނި މި ކޮށްލީ. ރައްޔިތުން ޖަވާބު ބޭނުމެއްނުވޭތަ ޗައިނާއަށް ގައުމު ދަރުވާލި ވާހަކައާ ބެހޭ ގޮތުން؟ ބިރުން ފިތްކަނޑައިގެން ގޮސް ތިބެ އިބޫ ކިޔާ މީހަކަށް އެތައް ބަޔަކު ވޯޓްލީ އެހާ މުހިއްމު ސަބަބު ކޮބާތަ؟
އިބިރިހިންބެއްޔާ
22 September 2019
ވަރަށް އުފާވެރި ކަބަރެއް. ތޭންކިޔޫ އިބޫސާލިހު އަދި އަބޫ ޝާހިދު.
ރަދީފު ބިންތު ކުމާރު ބިންތު މަރޭ
22 September 2019
ޝާހިދުވަރެއް ނެތް. އެވަރަށް އެއްޗެހި ގޮވާފައިވެސް ޗައިނާ އެ ހައްދާލީ. ޗައިނާ ހައްދާލެވޭ ބަޔަކަށް ދިވެހިން ހައްދާނުލެވޭންވީ އެއްވެސް ސައުބެއް ނެތް.