ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް.
25 ސެޕްޓެމްބަރ 2019 - 10:47
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ހެކި ބަސް ދޭން އިންކާރު ކުރެއްވި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ފުލުހުންގެ ތަހުގީގަށް ބަޔާން ދެއްވި އިރު ރެކޯޑު ކުރި ވީޑިއޯގެ ސީޑީ ބަލަން ޝަރީއަތުން މިއަދު ނިންމައިފި އެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ސީޑީ ނުދައްކާނެ ކަމަށާއި އެކަމުގެ ޝަރީއަތުގެ ބޭނުމަށް އެ ވީޑިއޯ ބަލަން ނިންމެވީ ކަމަށެވެ.
މިއަދު ޔާމީންގެ ދިފާއީ ހެކިވެރިއެއްގެ ގޮތުގައި ކުރީގެ ގަވަރުނަރު އައިޝަތު އަޒީމާ ހާޒިރުކުރަން އޮތީ ނިންމައިފަ އެވެ. ނަމަވެސް އަޒީމާ ވަނީ މިހާރު ރާއްޖޭން ބޭރުގެ ވަޒީފާއެއްގައި، ރާއްޖޭން ބޭރުގައި ދިރިއުޅުއްވާތީ ކޯޓަށް ހާޒިރުވެ ވަޑައިގެންނެވެން ނެތް ކަމަށް ކޯޓަށް އަންގަވަފައިފަ އެވެ. އެހެންވެ ގާޒީ ނިންމެވީ އަޒީމާގެ ހެކި ބަސް ނުނެގުމަށެވެ.
ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ލުތުފީގެ ނަން ހުށަހެޅި ނަމަވެސް އޭނާ ވަނީ، ބިރު ދައްކައިގެން ހެކިބަސް ނަގަން އުޅޭ ކަމަށް ވިދާޅުވެ، ކޯޓުގައި ހެކިބަސް ދެއްވުމަށް އިންކާރު ކުރައްވައިފަ އެވެ. އެހެންވެ ދައުލަތުން އެދުނީ، މައްސަލައިގެ ތަހުގީގުގައި ލުތުފީ ފުލުސް އޮފީހަށް ބަޔާން ދެއްވި އިރު ނަގާފައިވާ ވީޑިއޯ ހެކީގެ ގޮތުގައި ބަލައިގަތުމަށެވެ. ނަމަވެސް ޔާމީންގެ ފަރާތުން އެކަމަށް ވަނީ ކުރީގެ އަޑުއެހުންތަކުގައި އިންކާރު ކޮށްފަ އެވެ.
މިއަދުގެ އަޑުއެހުމުގައި އިސް ގާޒީ އަހްމަދު ހައިލަމް ވަނީ، ލުތުފީ ބަޔާން ދެއްވި އިރު ނަގާފައިވާ ވީޑިއޯގެ ސީޑީ ޝަރީއަތުން ބަލަން ނިންމެވި ކަމަށް ވިދާޅުވެފަ އެވެ. ސީޑީ ބެލުމަށް ފަހު، ތަހުގީގު ބަޔާނުގައި ބުނާ ކަންކަމާ ގުޅޭ ގޮތުން އޭގައި ހުރި ވާހަކަތަކާ ބެހޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށާއި ގޮތެއް ކަނޑައަޅުއްވާނީ އޭގެ ފަހުން ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ މިގޮތަށް ނިންމެވުމާ އެކު، ޔާމީންގެ ވަކީލުންގެ ޓީމުން ހަސަން ޝާހު ވަނީ އެ ސީޑީ އަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އެއްޗެއް ނޫން ކަމަށް ވިދާޅުވެ އެކަމާ ސުވާލުކުރައްވައިފަ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ ޝަރީއަތުން އެކަމާ ގޮތެއް ނިންމާފައިވާ ކަމަށާއި ޝަރީއަތުގައި މަޖިލީހުގައި ސީޑީ ނުބަލާނެ ކަމަށެވެ. އެކަމަކު ދައުވާ ލިބޭ ފަރާތުން ބޭނުންވާ ނަމަ ސީޑީ ބެލުމަށް ފުރުސަތު ދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ބައެއް ހެކިން ހާޒިރުކޮށް ހެކި ބަސް ނަގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
26 September 2019
5 އަހަރުގެ ދައުރެއް ވެރިކަމުގައި ހުރި މީހެއްގެ އެކައުންޓުގަ މިލިޔަން މިލިޔަނުން ޑޮލަރު ހުރީ ޔާމީންގެ އެކަނި!
ޢަފްލާ
25 September 2019
ޢިނިލްޙުކުމް އިއްލާ ލިއްލާހި ﷲ އެންގެވި ގޮތައްމެނުވީ ޙުކުމް ކުރުމެއްނުވެއެވެ.
ބޮޑުމީހާ
25 September 2019
ސިޑީ ބީޑީ ކިޔާނެ ކަމެއް ނެތް. ތި ޝަރީއަތްތައް އަޑުއަހާލީމާ ޝައްކެތްނެތް މިންވަރަށް އެބައިގޭ އަދީބާއި، ޔާމީނާއި، ޒިޔަތާއި ދެންވެސް ތިބި ބަޔަކު ރާވައިގެން މިގައުމުގެ ޚަޒާނާ ހުސްކޮށްފިކަން. ތިޔަކު ނެތް ދެން ބަލާނެ އެއްޗެއް. ކޮންމެ މީހަކަށް 100 އަހަރުގެ ޖަލު ހުކުމެއް އިއްވާ ހުރިހާ މުދާތަކެއް ދައުލަތަށް ނެގީމަ ނިމުނީ.
އަމްޖޭ މިޔާ
25 September 2019
އެ ވީޑިއޯ ނަގާފައި ހުރީ ކަޝްމީރާއި އަފުޣާން ބޯޑަރު ތެރޭގެ ވާދީ ތަކުގައި!
ރައްޒާގު
25 September 2019
ޓިޔަ ހަސަން ލުތުފީ ގެނެސް ސަރިޔަތް ކޮށް ޖަލަށް ލާ މީނާ އަކީ ޔާމީނުގެ މަނީ ލޯންޑުރިންގެ އަޑީ ގަހުރި ފަރާތް
25 September 2019
ބަޔާންނަގަމުންދިއައިރު ކޮށްފައިވާ ރެކޯރޑިންއަކުން ކުރިން ލުތުފީއަށް ބިރުދެއްކިކަން ޔަޤީންކުރާނީ ކިހިނަކުންތޯ.
އިހުސާނާ
25 September 2019
ބިރުދައްކައިގެން ދޭ ހެކި ބަހާ ބަޔާނާ އެެއްޗެހި އެނގޭނެ ދޯ ބަލާލީމަވެސް!
ފަހެލޭ ކިތާބު
25 September 2019
ސަކަރާތް ނުޖަހާ އަވަހަށް ތި ޝަރީއަތް ނިންމަން އުޅޭށެވެ.
ދަތްނެތްކުއްޖާ
25 September 2019
ރައްޔިތުންގެ ދަޢުލަތެއް ބަނގުރޫޓުކޮއް ލޫޓުވާލުމަށްފަހު ނުވިތާކަށް ރައްޔިތުންގެ ޙަޒާނާތަކުން ނާއި ރައުސުލްމާލުން ވައްކަން ކުރުމަށްފަހު ކޮންމެ މީހަކުވެސް ފިލަނީ ޤައުމު ދޫކޮއް. މިހުރިހާ މީހުން ރާއްޖެގެނެސް އިންސާފުގެ ކުރިމައްޗަށް ޙާޟިރު ކުރެވެންޖެހޭނެ. ރައްޔިތުން ވޯޓު ދިނީ މިކަންކަން ކުރުމަށް.
ކޮސްގޮވާ
25 September 2019
މިޑްރާމާ ނިމެންކައިރިވެއްޖެއް. ސާބިތުނުވާ މައްސަލައަކަށްވެ ޔާމީން ސަލާމަތްވެގެން ނިމޭނީ.
ދާލު
25 September 2019
ޢިން ޝާ ﷲ
އާހަމް
25 September 2019
އަޒީމާ ތިޔަކަމުގައި ބައިވެރިވާތީ ، ބިރުން ރެކުނީ. އޭނޭގެ ފޯނުގައި ބްުރޯ ފޮނުވި މެސެޖްތައްވެސްހުންނާޏެ. މިސަރުޚާރުން އޭނާގެ ފިރކަލުންނަށް މިހާރު ފޮރިން މިނިސްޓްރީ ވަޒީފާވެސްދީފަހުރީ.