ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫގެ މުވައްޒަފުން ދިވެހި ހެނދުމުގައި-- ފޮޓޯ: އުރީދޫ
27 ސެޕްޓެމްބަރ 2019 - 22:38
ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ ހުޅުލޭ އެކްސްޕީރިއެންސް ސެންޓަރުގެ މުވައްޒަފުން ދިވެހި ހެދުމުގައި މިއަދު އޮފީހަށް ހިނގައްޖެ އެވެ.
މިއަދު ފާހަގަ ކުރާ ދުނިޔޭގެ ޓޫރިޒަމް ދުވަހު އުރީދޫ އެކްސްޕީރިއެންސް ސެންޓަރުން ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ހާއްސަ "ގިވްއަވޭސް" ގޮތުގައި ދިވެހި ބޮނޑި ދީފައިވެ އެވެ.
ރާއްޖޭގެ މުއާސަލާތީ ޚިދުމަތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނި، އުރީދޫގެ އެސިސްޓެންޓް މެނޭޖާ، ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ވިދާޅުވީ، މި ދުވަސް ފާހަގަކުރުމަށް ނިންމީ، އުރީދޫއަކީ އަބަދުވެސް ރާއްޖޭގެ ޓޫރިޒަމް ދާއިރާއާ ރައްޓެހި ކުންފުންޏަކަށްވެފައި މި އަހަރުގެ މި ދުވަސް ވަރަށް ތަފާތު ގޮތަކަށް ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރާތީ އެކަމުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.
"މިއަދު ރާއްޖެ އަންނަ ޓޫރިސްޓުންނަށް ހާއްސަ ތަޖުރިބާއެއް ދިނުމުގެ ގޮތުން އުރީދޫ އެކްސްޕީރިއެންސް ސެންޓަރު ހުޅުލޭގައި މިދުވަސް މި ފާހަގަކުރީ. އަންނަ ކޮންމެ ޓޫރިސްޓަކަށް ހަދިޔާއެއްގެ ގޮތުގައި ދިވެހި ބޮނޑި މިދެނީ،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫއިން ވަނީ ގިވްއަވޭސް ދީފައި-- ފޮޓޯ: އުރީދޫ
ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ބާއްވާ ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރަކީ ވެސް އުރީދޫ އެވެ. ނުވަ ދުވަހަށް ބަހާލައިގެން ތަފާތު ހަރަކާތްތައް ޓޫރިޒަމް މިނިސްޓްރީން ހިންގުމަށް ނިންމާފައިވެ އެވެ.
މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށީ ވ. އަތޮޅުގައި ބޭއްވި ޖަޒީރާ ކެނޯ ރޭހުންނެވެ. އަދި ދުވަހާ ގުޅުވައިގެން ބޭއްވި، ދިވެހި ކެއުމުގެ ހަފުލާ އޮތީ އެ އަތޮޅު ކެޔޮދޫގަ އެވެ. ވ. އަތޮޅުގައި ކުރިއަށްދިޔަ ހަރަކާތްތަކުގައި ނައިބު ރައީސް ފައިސަލް ނަސީމު ބައިވެރިވެވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫން
04 October 2019
ހޫނ...މިވެސް ޚަބަރު!