އުޅަނދުތަކުން މާލެ ތޮއްޖެހިފައި: މާލޭގެ ޓްރެފިކް ފްލޯ އަށް ވަނީ ބަދަލުތަކެއް ގެނެސްފައި. --ފޮޓޯ/މިހާރު
28 ސެޕްޓެމްބަރ 2019 - 15:35
މާލޭގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެނެސް ގިނަ މަގުތަކެއްގައި ދެކޮޅަށް ދުއްވޭ ގޮތަށް ހަދައިފި އެވެ.
ކުރީގެ ސަރުކާރުގައި އެއްކޮޅަށް ދުއްވޭ ގޮތަށް ހަމަޖެއްސި ގިނަ މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަން ނިންމީ މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގަ އެވެ. މަގުތަކުގައި ތޮއްޖެހި އާއްމުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ހަތް މަގެއްގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެނެސްފައިވެ އެވެ.
އޭގެތެރޭގައި އަލިކިލޭގެފާނުގެ މަގާއި ފާށަނާކިލޭގެ މަގާއި ހިތަށްފިނިވާ މަގާއި ހުސްނުހީނާ މަގު ހިމެނެ އެވެ. ކުރިން އެއްކޮޅަށް ދުއްވާ ގިނަ މަގުތަކަކަށް ބަދަލު ގެނެސް މިހާރު ދެކޮޅަށް ދުއްވެ އެވެ.
ސިޓީ ކައުންސިލުން ބުނިގޮތުގައި އަލިކިލޭގެފާނު މަގު، ދެކުނުން އުތުރަށް ދުއްވޭގޮތަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. ފާށަނާކިލޭގެފާނު މަގުގެ އުތުރުން ދެކުނަށް ދުއްވޭގޮތަށް ބަދަލު ގެނައި އިރު ހުސްނުހީނާމަގު އުތުރުން ދެކުނަށް ދަތުރުކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ. ދަރުމަވަންތަ މަގުގެ ހުޅަނގުން އިރަށް ވެސް މިހާރު ދަތުރުކުރެވޭނެ އެވެ.
މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތައް.-- ފޮޓޯ: ސިޓީ ކައުންސިލް
ހިތަށްފިނިވާގެ މަގާއި ހުސްނުހީނާ މަގާއި ނޫރާނީގޯޅި އާ ދެމެދު ދެކޮޅަށް ދުއްވޭއިރު ޝަހީދު ކުޑަ އާދަމް ކުޑަ ތުއްތު ހިނގުން، ލިލީ މަގާއި ދަރުމަވަންތަ މަގާ ދޭތެރޭ ދެކޮޅަށް އަދި ހިލާލީމަގު، ބުރުޒުމަގާއި އަމީނީމަގާއި ދޭތެރޭ ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލު ކޮށްފައި ވެ އެވެ.
މާލޭގެ ޓްރެފިކަށާއި ޕާކިންގެ މައްސަލަ އަށް ހައްލު ގެނައުމަށް ސިޓީ ކައުންސިލުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރު ވެސް މާލޭގެ އެކި ހިސާބުތަކުގައި ޕާކިން ޒޯނުތައް ހަދާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިލީ
30 September 2019
ގާބިލް ކަމެއް ނެތް ވަޒީރުންތަކެއް
ބޮލުރޮދި
30 September 2019
ހުސް ހޮޅި ވާހަކަ ދައްކަނީ..ނިކަން ކެރެންޔާ ރައީސް ޔާމީން ހުޅުމާލޭގައި ހަދާފައި ހުރިހާ ފާކިންޒޯންތައް ހުޅުވާލަބަލަ ރައްޔަތުންނަށް ލިބޭ ލުއި ފަސޭހަކަން ބަލާލަން..އެތައް މިލިޔަން ރުފިޔާއެއްގެ ހަރު މުދާ އެހެރީ އެއްވެސް ބެލެހެއްޓުމެއްނެތި ދޫކޮށްލާފައި ހަލާކުވެގެންދާން ރައްޔަތުންގެ މުދަލައް މިސަރުކާރުން އިހުމާލުވަނީ ގަސްދުގައި ރައްޔަތުންގެ މުދަލަށް ގެއްލުންދެނީ
ބައްރަތު
29 September 2019
ޓެކްސީ ހުއްޓަނެ ތަނެއް އަދިވެސް ފާހަގައެއް ނުކުރޭ ދެރަކަމެއް
މަލްޑީވިއަންޓް
29 September 2019
ގޯހެއްވާ ނޫނެވެ! އެކި ގޮތްގޮތަށް އަނބުރައިގެން ތަޖުރިބާ ކޮށްގެން ރަނގަޅު ގޮތެއް ހަމަ ފެނިދާނެތާއެވެ!
ޑަާކް ބޮއީ
29 September 2019
ހެޔޮނުވާނެ, މެދުޒިޔާރަތް މަގު ހުޅުވާލަ ދީބަލަ. ހާދަ ހާލެއްގާ އޭ ސޮކޫލޮ ކުދިން އުޅެނީ އެހިސާބު ގައި.
ގުރާފުޅު
29 September 2019
ގިނަ މަގުތަކަކީ ޕާރކު ނުކުރެވޭ މަގު ތަކަކަށް ހަދައި ދީބަލަ. މިހާރު އެމަރޖެންސީ އެއްގަ ނުވަދެވޭ މަގުތައް ވަރަށް ގިނަ
އަޑަފި
29 September 2019
ލިލީމަގުން އިރަށް އަންނަ ވެހިކަލްތައް ޚާއްސަކޮށް ހަތަރު ފުރޮޅުލީ ވެހިކަލްތައް، ހެންވޭރަށް ދާންބޭނުންނަމަ، ދެންޖެހޭނީ އަލިކިލެގެފާނު މަގުން އުތުރަށް އަޅައިގެން މުލީއާގެކައިރިން ސިފައިންގެ ކައިރިންގޮސް އަމީރުއަހުމްދު މަގަށް ނުކުންނާށެވެ. މިހެން ހެދުމުން ދަތުރުތައް ދިގުވެ އެތައް ތަކުލީފެއް އުފުލަން ޖެހޭނެއެވެ. އަލިކިލެގެފާނު މަގު އުތުރުން ދެކެނުނަށް ދުއްވާގޮތަށް އޮތުމުން، ވެހިކަލް ދުއްވަން ފަސޭހަވާނެއެވެ. މީ އަޅުގަނޑުގެ ކޮށި ވިސްނުމެވެ.
އިބިރިހިންބެއްޔާ
29 September 2019
ޕާކިންގ މައްސަލަޔަށް ހައްލެކޭ؟ ކާކު ހައްލަންތޯ ތިއުޅުއްވަނީ؟ މޮޅިއްޔާ އަލިކިލެގެފާނު މަގުގަ ޕާކުކުރާނެ ތަނަވަސް ތަންތަން ހަދާފައި މަގުހުސް ކޮއް 2 ކޮޅަށް ދުއްވޭގޮތަށް ހަދާލަބަލަ. މަޖީދީމަގުގައިވެސް ކޮންމެ ކޮއްޓެއްގަ ޕާކުކުރެވޭނެ ރަގަޅުތަނެއް ހަދާ، މަގު ހުސްްކޮއްލަ ދެއްވަ ބަލަ. މުޅި މާލޭމަޖީދީމަގުގެ އެއްފަރާތް ފުރޭވަރަށްހުރި ވެހިކަލް ޕާކުކުރަން ފަސްހާހެއްހާ އަކަފޫޓުގެ ތަންކޮޅެއްހައްދަވާފަ ތިވިދާޅުވަނީ އެއީ ހައްލެކޭ.
ފެނޭބާ އެބަ
29 September 2019
މަފުތަކެއް ދެކޮޅަށް ދުއްވޭގޮތް ހެދުނު އިރު ޓެކްސީ ހުއްޓޭނެ ވަކި ތަންތަނެއް މަގުގަ ފާހަގައެއް ނުކުރެވޭ އިތުރުން މަގުތަކުގެ ލައިންތައް ފުހެވި މެދުރޮނގު ވަކިކުރަން ނޭނގޭ އެތައް މަގެއް މިރަށުގަ މި މާލޭގަ އެބަހުރި
ބޯށި
29 September 2019
ސިޓީ ކައުްންސިލް ކަމެއް ކޮށްދޭ ހިތުން އުޅެންޏާ މެދުޒިޔާރަތް މަގު ހުޅުވާލަ ދީބަލަ
އިބިރިހިންބެއްޔާ
29 September 2019
ހުކުރުވަގުތަށް ބަންދުކުރާ ގޮތަށް... ވެހިކަލް ދުއްވާ ތަންކޮޅުން މާބްލްކޮޅު ނައްޓާފަ ތާރުކޮޅެއް ވައްޓާލުމުން އޯކޭވާނެ.