08 އޮކްޓޯބަރ 2019 - 10:34
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދައުރު ނިމި، އިތުރު ހަ ދުވަހު ރައީސްކަމުގައި ހުންނެވި މައްސަލަ ބަލަން ނިންމައި ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކަށް މިއަދު އެޖެންޑާ ކޮށްފި އެވެ.
ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އެކަން ބަލަނީ އަމިއްލަ މީހަކު ހުށަހަޅާފައިވާ ސިޓީއަކާ ގުޅިގެންނެވެ. ނަމަވެސް އެ ސިޓީ ފޮނުވީ ކޮން ފަރާތަކުން ކަމެއް މަޖިލީހުން އަދި ހާމައެއް ނުކުރެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އޭރުގެ ނައިބު ރައީސް ވަހީދުގެ ދައުރު ގާނޫނީ ގޮތުން ހަމަވީ ނޮވެމްބަަރު 11، 2013 އަށެވެ. އެކަމަކު އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު، އެ ދުވަހުގެ ކުރިން ބޭއްވޭ ގޮތް ނުވުމުން، ސުޕްރީމް ކޯޓުގެ ނިންމުމަކާ އެއްގޮތަށް، ވަހީދު ވަނީ، ނޮވެމްބަރު 17 ގައި، އަބްދުﷲ ޔާމީން ރައީސްކަމާ ހަވާލުވެވަޑައިގަންނަވަންދެން ރައީސްކަމުގައި މަޑުކުރައްވައިފަ އެވެ.
އެކަމަކު އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީ އާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދުގެ ބައިވެރިން ގޮވަމުން ދިޔައީ ވަހީދުގެ ދައުރު ހަމަވެއްޖެ ކަމަށާއި، ރައްޔިތުންގެ މަޖިލިިހުގެ އޭރުގެ ރައީސް އަބްދުﷲ ޝާހިދާ ވެރިކަން ހަވާލުކުރުމަށެވެ.
ރާއްޖޭގައި 2013 ގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ. އަދި އެ ކޯޓުން ނެރުނު ހާއްސަ ގައިޑުލައިނަކާ އެއްކޮށް އަލުން ރިޔާސީ އިންތިހާބު ބޭއްވޭ ވަރުވީ ނޮވެމްބަރު 9 ގަ އެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ލިބިވަޑައިނުގަތުމުން، ދެ ވަނަ ބުރު ބޭއްވުނީ ނޮވެމްބަރު 16 ގަ އެވެ.
އެކަމަކު ނޮވެމްބަރު 11 ވަނަ ދުވަހަށް އާ ރައީސްއެއް އިންތިހާބު ކުރެވޭ ގޮތް ނުވެ، ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެތީ، ހައްލެއްގެ ގޮތުން ސުޕްރީމް ކޯޓުން އޭރު އަމުރުކުރީ ވަހީދު ވެރިކަމުގެ ދައުރު، އާ ރައީސްއެއް ހުވާކުރެވެންދެން ދެމިގެންދާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުސާނާ
10 October 2019
ހަމަ ހަޤީޤަތުގަވެސް މީ ހަސަނިކާ ދޭތެރޭ ފިޔަވަޅު އަޅަން އެބަ ޖެހޭ ސަކީލާ އެއްނޫން ދީދީ ބުނެގެން ވިޔަސް ވެރި ކަމުގަ އިތުރު ހަ ދުވަހު ހުރީމަ!
އަށްޑޫ ކަތީބު
10 October 2019
ކުރާނެ ކަމެއްނެތިގެން އުޅޭ ބަޔެއް ބޮޑުމުސާރަ ނަގައިގެން. މިހާރު އަސްލު އެއޮތީ މުޅި މަޖިލީސް ހިސޯރުކޮށްފަ ވަކި މީހަކު، އޭނަ ބުނާ ގޮތަކަށް ނޫނީ ގުޑާވެސް ނުލެވޭ. ދަށުވިޔަސް ބޮޑުވަރު. އެމްޑީޕީ ރައީސް އިބޫ ސޯލިހުއާއެކު ކުރިޔަށް ދިއުމަށް ގޮވާލަން. ރައީސް އިބޫސޯލިހުގެ ބާރުވެސް ނަގަމުން ދަނީ. މިހާރު ގައުމުގެ ރައީސްވެސް އޮޅޭ ހިސާބަށް ގޮއްސަ މިއޮތީ. ލިބޭ ދެރަޔާ ނިކަމެތިކަން މާބޮޑުވާނެ ފަހުން.
ބީކޭކޭ
09 October 2019
ތިމައްސަލަބަލަން މާބޮޑައްލަސް ވެއްޖެ!
ސޯބު
09 October 2019
ހުޅުޖެހި މައްސަލަވެސް ބަލާނެތަ؟ ހާދަ ގެއްލުމެކޭ އެދުވަހު އެދިނީ. ހަމަޔާ އިންސާފު މެކުހަށް.
އަށްޑޫ ކަތީބު
10 October 2019
އެންމެ ފުރަތަމަ ބަލަން ޖެހޭ ކަންތަށް. މިހާތަނަށް މިގައުމަށް އެންމެ ބޮޑު ގެއްލުން ލިބުނު ދުވަސް.
އަހުމަދު.
09 October 2019
ތިކަން ބެލުމަކީ ހަމަ ރަނގަޅުކަމެއް، ވެރިކަމުގައި ހުރެގެން ޤާނޫނުގެ ބާރުތަށް އަމިއްލައަށް އަތަށް ނަގައި ގާނޫނާ ޚިލާފަށް ފަނޑިޔާރުން ލައްވާ ގޮތްކަނޑައަލައިގެން އިތުރަށް ވެރިކަމުގަހުރި މައްސަލަ ބަލަންޖެހޭ.
ވަހީދު
09 October 2019
ގައުމަށް މުހިއްމީ ތިމައްސަލަ ބަލަންތަ؟
--- ޝަރީފު
09 October 2019
އަނެއް ބަޣާވާތް ބޯމަތި ވުމުގެ ކުރިން ކުރީގެ ބަޣާވާތުގެ ބައިވެރިވި ހުރިހާ ފަރާތުގެ މިލްކިއްޔާތު ވެސް ދައުލަތަށް ނަގަން ޖެހޭ
އާދަން
08 October 2019
ނުވެމްބަރ 3 ގަ ހިގި ކަންތައް ވެސް ތަހުގީގް ކުރަން ވީނުން. އަދިވެސް ގައުމް ކުރި އެރުވޭތޯ ނޫލެ. ޕޯޗުގީސް އެރި މައްސަލަވެސް ބަލަން ވާނެ މިފަހަރު!!!.
ގުޑިއަރުވާ އަހަންމަދު
08 October 2019
ގައުމުހަލަބޮލިކޮށް ފިތުނައެއް އުފައްދާ ނުލެވޭނަމަ ނިންޖެއް ނާންނާނެ! ކުރިއަށް ގެންދޭބާރަށް.
Sameen
08 October 2019
ޙުރިހާ މުއައްސަސާތައް އުވާލާ ހުރިހާ ޝަރީޢަތަކާ ތަހްގީގެއް ހިނގާނީ އަންނިގެ މަޖުލިސުން މިއޮތީވާ ވެރިކަމެއް