ޚަބަރު / ދިވެހި ސަރުކާރު

ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތްދޭ ބިލް މަޖިލިހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ޚިޔާނާތާއި ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ހިމާޔަތް ލިބޭ ގޮތަށް ހެދި "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލް" ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އެ ބިލް މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ. ބިލް ފާސްކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގެނައި ބަދަލުތަކާއި ތަޅުމުން ގެނައި ބަދަލަކާ އެކުގަ އެވެ.

ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި މިހާރަކު ނެތެވެ. އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިިޔާސީ ވައުދެކެވެ. ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުއްވުމަކީ ވެސް އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

މަޖިލިހުގެ ތަޅުމުން އިސްލާހު ކުރި މާއްދާގައި ވަނީ ބިލަށް އަމަލު ކުރަން ފެށުމުގެ ކުރިން ވިސްލްބްލޯ ކުރުމުގެ ގޮތުން ކުރި ކަންކަމަށް ބިލްގެ ބާރެއް ނުހިނގާނެ ކަމަށެވެ. އަދި ބިލަށް އަމަލު ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަމެއް ބިލްގެ ދަށުން ވިސްލްބްލޯ ކުރުމަށް ބިލް ހުރަސް ނާޅާ ކަމަށް އޭގައިވެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކޮށް ގެނައި ބަދަލުތަކުގެ ތެރޭގައި މައްސަލަތައް ހުށަހެޅުމަށް، ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓްގެ ނަމުގައި ޔުނިޓެއް ހަދަން ޖެހެ އެވެ. މަޖިލިހަށް އެންމެ ފުރަތަމަ ބިލް ހުށަހެޅި އިރު އޮތީ މުސްތަގިއްލު މުއައްސަސާއަކަށް އެ މައްސަލަތައް ހުށަހެޅުމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ (ކ) އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ބިލްގައިވާ ގޮތުން، ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓް އުފައްދަން ޖެހޭނީ ހިއުމަން ރައިޓްސް ކޮމިޝަންގަ އެވެ. އެ ޔުނިޓްގެ އެންމެ އިސްވެރިޔާ ހަމަޖައްސާނީ ބިލްގައިވާ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ. ބިލް ގާނޫނަކަށްވާތާ 21 ދުވަހުގެ ތެރޭގައި އެ ޔުނިޓަށް އިސް ވެރިއެއް ހަމަޖައްސަން ޖެހެ އެވެ.

ވިސްލްބްލޯވާގެ ޕްރޮޓެކްޝަން ޔުނިޓަކީ ވިސްލްބްލޯކުރާ މީހުންނަށް ބިލުން ލިބޭ ރައްކާތެރިކަން ހޯދައި ދިނުމަށް މަސައްކަތްކޮށް، އެފަދަ މީހުން ދޭ މައުލޫމާތު ބަލައިގަނެ ކަމާބެހޭ އިދާރާތަކަށް އެ މައުލޫމާތު ފޯރުކޮށްދޭ އިދާރާއެއް ކަމަށް ވެސް މަޖިލިހުން ފާސްކުރި ބިލްގައި ބުނެފައިވެ އެވެ.

ސަރުކާރުން ބިލް ހުށަހެޅި ބޭނުމަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގައި ހިނގާ ކޮރަޕްޝަނާއި އެ ނޫން ވެސް ނޭދެވޭ އަމަލުތައް ހުއްޓުވުމެވެ. އަދި އެތަންތަނުގައި ދެފުށް ފެންނަ، ނަޒާހާތްތެރި ޖަވާބުދާރީވަނިވި، ސަގާފަތެއް އަށަގެންނެވުން ކަމަށް ވެސް ބިލްގައިވެ އެވެ.

ވިސްލްބްލޯގެ ގޮތުގައި ހުށަހެޅޭނެ ކަންކަމުގެ ތެރޭގައި ގާނޫނީ ޒިންމާއެއް އަދާނުކުރުމާއި އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހިންގުމާއި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފު ކަމެއް ކުރުމާއި ކޮރަޕްޝަންގެ އަމަލެއް ހިންގުމާއި ސިއްހަތަށް ނުވަތަ ރައްކާތެރި ކަމަށް ނުރައްކަލެއް އަދި ތިމާވެއްޓަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ކުރުމާއި ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އަދުލު އިންސާފަށް ހުރަސް އެޅުމާއި ވަސީލަތެއް ބޭރު ކުރުމާއި ވިސްލްބްލޯ ކުރުމުން ބަދަލު ހިފުން ހިމެނެ އެވެ.

ވިސްލްބްލޯ ކުރާ ފަރާތުން ވިސްލްބްލޯ ކުރުމުގެ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުރާ ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އެއްވެސް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ނުކުރެވޭނެ އެވެ. އެކަމާ ގުޅިގެން އެއްވެސް އިދާރީ ފިޔަވަޅެއް ވެސް ނޭޅޭނެ ކަމަށް ބިލްގައިވެ އެވެ.

މަޖިލިހުގެ ކުރީ ސަފުގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު. --- ފޮޓޯ: މަޖިލިސް

ޚިޔާނާތާއި ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނާ ދޭތެރޭގައި ބަދަލުހިފުމުގެ ގޮތުން އެއްވެސް ކަމެއް ކުރާ ނަމަ އެކަން ކުރާ މީހަކަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ވެސް ބިލްގައި ވަނީ ހިމަނައިފަ އެވެ.

ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމުގެ ބިލެއް މަޖިލިހުން ފާސް ކުރި އިރު، މި ފަހުން ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެއް އާންމުކުރި މައްސަލާގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމްގެ މައްޗަށް ވަނީ ޖިނާއީ ދައުވާކޮށް، ކުށް ސާބިތުވެފަ އެވެ.

ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާކޮށް، ގާސިމްގެ މައްޗަށް ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވިޔަސް ހުކުމުގެ މުއްދަތު ހަމަވުމުން އޭނާ މިދިޔަ އަހަރު ވަނީ މިނިވަންވެފަ އެވެ. އޭނާ އަށް ދައުވާކޮށް، ޖަލަށްލި މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި އެވެ.

3 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާލުސޮރު

09 October 2019

ރާއްޖޭގެ 2ވަނައަށް އެންމެ ބޮޑު ޕާޓީކަމަށްބުނާ ޖުމްހޫރީ ޕާޓީގެ ލީޑަރު މިބިލަށް ވޯޓުނުދެއްވުމަކީ ވަރަށް ނުބައި މެސެޖެއް. ބައެއް ސިޔާސީ ވެރިން ނުބައިކަންތައް ކުރާ މީހުންގެ ތާއިދު ހޯދަން ނުބައި ޑިސިސަންތައް ނަގާފަ އެބަހުރި

The name is already taken The name is available. Register?

ކަރީޕައުޑަރ

09 October 2019

މުސްކުޅިން ބުނެ އުޅޭ ތިމާމީހާ ފޭހޭ އިލޮށި އާހިރުގައި ވަންނާނީ ހަމަތިމާލޮލަށޭ ވިސްނާލާ މީހަކައް މިކަން ވަރައް ސާފް އަޅުގަނޑުމެން ވޯޓްލައިގެން ހޮވިމީހުން މިދަނީ ހުދުތިމާ މީހާޔާ ތިމާގެ އަނބިދަރިންނާ މުޅިއާއިލާވެސް އަޅުވެތި ޑިމޮކްރަސީ އޭ ިޔާފަ މީގަހެއްވާ ތަންކޮޅަކީ މިއަޅުވެތިކުރަނ

The name is already taken The name is available. Register?

އިސްމާލްކަލޭފާނު

08 October 2019

ކުރިން ވިސުލްބުލޯކޮށްފިއްޔާ އަންނަނީ މަރުގެ އެތިފަހަރެއް. ގާނޫނު ފާސްކުރީމާ ކިހިނެއްބާ ވާނީ؟ މިހެން މިއަހަލީ ރާއްޖެއަކީ ކިތަންމެ ގާނޫނެއް ކަޅާހުދުން އޮތަސް އެއަށް އަމަލުކުރާ ތަންފީޒުކުރާބަޔަކު އުޅޭތަނަކަށްނުވާތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454