ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި މުގައްރިރު ފަލާހު (ވ) އަދި ނާޒިމް (ކ)
08 އޮކްޓޯބަރ 2019 - 14:12
ކުރީގެ ރަައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވި ގޮތް އަލުން ރަނގަޅަށް ބަލަން އެދިވަޑައިގަންނަވާ ކަމަށް އެ ދުވަހުގެ ހާދިސާއާ ގުޅިގެން އެމްޑީޕީން އެންމެ ބޮޑަށް އިނގިލި ދިއްކުރާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު މިއަދު، މަޖިލިހުގެ ކޮމިޓީގައި، ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ 7 އަކީ "ބަޣާވާތެއް" ކަމަށް ތުހުމަަތުކޮށްް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އޮގަސްޓްމަހު އަމިއްލަ މީހަކު ފޮނުވި ސިޓީއަކާ ގުޅިގެން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ބައްދަލުކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ ފެބްރުއަރީ 7 ގެ މައްސަލަަ ބަލައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފެނިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް އޭނާ ދެން ސުވާލުކުރެއްވީ "އަބަދު މާޒީގެ ފަހަތުން ދުވާނީތޯ "އެވެ.
އިސްމާއީލް އަބްދުލް ހަމީދު ނަމަކަށް ކިޔާ މީހަކު ފޮނުވި ސިޓީގައި ތުހުމަތުކޮށްފައިވާ ބޭފުޅުންގެ ތެރެއިން އެކަކީ ނާޒިމެވެ. ދެން ހިމެނިވަޑައިގަންނަވަނީ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
އެސިޓީއާ މެދު ކުރި ބަހުސްގައި ފުރަތަމަ ވެސް ވާހަކަ ދެއްކެވީ ނާޒިމެވެ. އޭނާ ވިދާޅުވީ ޖަޒުބާތުގައި ޖެހިގެން ފެބްރުއަރީ 7 ގެ މައްސަލަ "އަލުން ހަމަ ބަލަންވީ" ކަމަށެވެ.
"ހަތެއް ފެބްރުއަރީގެ މައްސަލަޔަކީ އޭރުގެ ހުރިހާ ސިޔާސީ ފަރާތްތައް އެއްބަސްވެގެން ކޯނީ ރިޕޯޓެއްގެ ނަމުގައި ބޭރުގެ ތަހުގީގުކުރާ އިދާރާތައް [ވެސް] ބައިވެރިވި، ކަނޑައެޅި ބަޔަކާ ގުޅިގެން ނިމި މި ހަގީގަތްތައް ހާމަކުރެވިފައި [ވާ މައްސަލައެއް]،" ނާޒިމް ވިދާޅުވި އެވެ.
"ހަމަ އެއާ އެކީގައި މިއީ ގާތްގަނޑަކަަށް މިހާރު ހަތް ވަރަކަށް އަހަރު ވޭތިވެގެން ގޮސްފައި އޮތް މައްސަލައެއް. ދެން މި މައްސަލައިގެ ޖަޒުބާތުގައި ޖެހިގެން މި މައްސަލަ ބައްލަަވާ ކަމަށް ވަންޏާ އަޅުގަނޑަށް ފެންނަނީ ހަމަ މި މައްސަލަ އަލުން ހަމަ ބަލަން."
ސިޓީގައި އެދިފައިވާ ގޮތަށް އެ މައްސަލަ ބަލަން ފެންނަ ކަމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެމްބަރުން ތާއީދުކުރެއްވި އެވެ. ނަމަވެސް ފެބްރުއަރީ 7 ގެ މައްސަލަޔާ އެކުގައި ފެބްރުއަރީ 8 ގެ މައްސަލަ ވެސް ބަލަން މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި އެވެ.
ނަޝީދުގެ ވެރިކަން ނިމުނީ ބަޣާވާތަކުން ކަމަށް އެމަނިކުފާނު ވިދާޅުވުމުން ސަޕޯޓަރުން ކުރި މުޒާހަރާތަކުގައި ދައުލަތުގެ މުދަލުގައި ހުޅު ޖަހައި، ފެބްރުއަރީ 8 ގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި މާލޭގައި އޮތް ބޮޑު މުޒާހަރާ ރޫޅާލަން ފުލުހުން ކުރިމަތިލައި، ވަރަށް އަނިޔާވެރި ގޮތަކަށް އަމަލްތައް ބެހެއްޓި އެވެ.
"ގާތްގަނޑަކަށް ބިިލިޔަނެއްހާ ރުފިޔާގެ [މުދާ]. ނުވަަތަ އެހާ ގިނަ މުދާ ދައުލަތުގެ އަނދައި އަޅިޔަށް ވެގެން ދިޔައިރު އެ މައްސަލަ ވެސް ބަލަން ޖެހޭ،" ތޯރިގު ވިދާޅުވި އެވެ.
އެކަމަކު ތޯރިގުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ނާޒިމް އެކަންޏެވެ.
ފެބްރުއަރީ 7 ގެ މައްސަ ބަލައިދޭން އެދި ފޮނުވި ސިޓީއާ މެދު ގޮތެއް ނިންމަން ވޯޓަކަށް އެހޭނީ މަޖިލީހުގެ ކޮންސުލް ޖެނެރަލްގެ ފަރާތުން ގާނޫނީ ލަފައެއް ހޯދައިގެން ކަމަށް މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވި އެވެ. އޭނާގެ އެ ހުށަހެޅުއްވުމަށް އެއްވެސް މެމްބަރަކު އިއުތިރާޒު ނުކުރައްވާތީ ކޮމިޓީގެ ބައްދަލުވުން ނިންމާލީ، ގާނޫނީ ލަފާ ލިބުމުން އަލުން ބައްދަލުވުމެއް ބާއްވައި، ސިޓީއާ މެދު ގޮތެއް ނިންމާ ގޮތަށެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު މަޝްވަރާކުރި އަނެއް މައްސަލަޔަކީ ކުރީގެ ރައީސް މުހައްމަދު ވަހީދު ރައީސްކަމުގެ ދައުރަށް ވުރެ އިތުރަށް ހަ ދުވަހު ވެރިކަމުގައި ހުންނެވި މައްްސަލަ އެވެ. އެ މައްސަލަ ބަލައިދޭން ވެސް ސިޓީ ފޮނުވީ އިސްމާއިލް އަބްދުލް ހަމީދެވެ. އޭނާގެ އެޑްރެހާއި އިތުރު އެއްވެސް މައުލޫމާތެއް މުގައްރިރު ވިދާޅެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޫޖީ
09 October 2019
އެއީ އެޑްރެހެއްނެތް ކަތެއް. މާނަައަކީ އެއީ ހަމައެކަނި ނަމެކޭ. ސިޓީއަކީ ކެނެރީގޭ ނަޝީދުގެ ސިޓީއެއް. އޭނާ ނޫންމީހަކު ބޭނުމެއް ނުވާނެ މާޒީފަހާ ދުވާކަށެއް. ގައުމަށް ފައިދާހުރިކަމެއް ކުރަން ޢަމުދުން އޭނާ ބޭނުމެއް ނޫން އޭނާގެ ވިސްނުމުގައި ކޮންމެވެސް ދުވަހަކުން ހިޖުރަކުރަންޖެހިފައި ތިބިބައެއް އަހަރުމެންނަކީ.
ސިއްދީޤް
09 October 2019
ތިމައްސަލަ ބަލަންޖެހޭނެ، ތިޔަފަދަ ކަމެއް އަލުން ތަކުރާރުވިޔަ ނުދިނުމަށް. ކުށެއްކޮށްފައެއީ ކަމެއްވީހެންވެސް ބަޔަކު ނުދަނެ. ޤާނޫނުނަށް ވުރެމައްޗަކު އެއްވެސް މީހަކަށް ގަދައެއް ނުވެވޭނެ.
ކަނބިލި
09 October 2019
މީން އެނގެނީ އެ މްޑީޕީ ގައު މުގެ ތަރައްގީ ގައި ވިޝަން އެއް އޮތް ޕާޓީ އެއް ނޫނޭ. އަބަދުވެސް ސިޔާސީ ބަދަލުހިފު މުގައި މާޒީ ފަހަތުން ދުވާ ކުރިޔަށް ދިއު މުގެ އުއް މީދެއް ނެތް ޕާޓީ އެއްކަން
ތތތހހ
09 October 2019
8 ވެސް ބަލާ. ކޯޓްތަކަށް ލިބުނު ގެއްލުން 360 މިލިެަނަށް އެރި.
މުބީނު މާރނީ
09 October 2019
ނަޒިމް ބިރުގަތްފި ކަން ތިޔަ ބުނި ބަހުން އިނގިއްޖެ.
ޏަޖީބް
09 October 2019
ޓތިޔަހިޔާލަކީ ވަރައް ރަނގަޅު ހިޔާލެއް އެއިރުން ދެނއ އެކަހަލަ ކަންކަން ވުމައްއޮތް ހުރަހަކައްވާނެކަންޔަގީން ނޫނީވަރައް މަންޒަރު ގޯސްވާނެ.. އަެރުން މުައްސަސާތައްވެސް އިތުރައް ޑިސިޕްލިންވާނެ އެކަހަލަކަންކަމާދުރުވާނެ ތެދުވެރިވާނެ
ހެކިވެރި
09 October 2019
ތި ކަމުގަ ތިލަފަތުގެ ނިންމުން އަންނާނީ 7 ފެބްރުއަރީ މައްސަލަ ބަލަން އެވެސް އިސްތިއުފާ ދޭން މަޖުބޫރު ކުރިކަމަށް. ގާނޫނުތައް މުގުރާ ތަންފީޒީ އިދާރާތަކުގެ ބާރު ކަނޑުވާ އެކްޓިވިސްޓުން ނެރިގެން 6ފެބްރުއަރީގެ ރޭ ސަރުކާރާ ދެކޮޅައް މުޒާހަރާ ކުރި މީހުންނާ ދެކޮޅައް ހިންގި އަމަލުތަކާ، 8 ފެބްރުއަރީ އާއި އޭގެ ފަހުން ތިލަފަތުގެ އެކްޓިވިސްޓުން ކުރިކަންތައް ބަލާކައްވެސް ނުކެރޭނެ ބެލިޔަނުވެސް ދޭނެ. އެއީ މިހާރު ތިލަފަތަކީ އެއްފަޅިޔައް ބަރުކޮއް ހުރިއެއްޗެއް.
ކޮސްކޮ ހޯސްބެ
08 October 2019
ތިމާ ހަމަހޭގަ ހުރެގެން ދިވެހިރައްޔިތުންގެ ކުރިމަތީގަ ލައިވްކޮށް އިސްތިއުފާ ދިނުމަކީ ފެއިލިވުން. މަކަރާ ހީލަތުން 3 އަހަރުގެ ބާކީބައި ހޯދޭނީ އިބޫ ވެރިކަމުން އަޒުލުކޮށް ދެންތިބި ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ހުކުންކޮށް، އޭގެފަހުގަ މަޖިލީހާއި އެކު ރައީސްކަން ހިސޯރުކޮށް ރަސްކަން ކުރެވިގެން. އާއޭ ތިޔަށް ކިޔާނީ ހެޔޮވެރިކަން ނުވަތަ ޑިމޮކްރޮސީ އެއްވެސްނޫން. މިޖީލު ހަލާކޮށް ދިވެހިން އަޅުވެތިކުރުން ނޫންތޯ؟؟؟ ވިސްނާލާ!!!
ޕީޓާ
08 October 2019
ޢަބްދުއްލޯ ހާޒީ ހައްޔަރުކުރީ ސަޖިދައިގަ އޮއްވަތަ
ޢަހުމަދު1417
08 October 2019
ޢަބުދުﷲ. ޣާޒީ ވަގައްނެގި މައްސަލަ އަލުން ބަލައި އަންނި ހައްޔަރު ކުރައްފެއް ނަނީ ހަ މަ ގައިމުވެސް އެއީ އަންނި ކުރިކަމެއް