މަލިކު ކައިރިން ހިފެހެއްޓި އަންބަރީ ދޯނި
08 އޮކްޓޯބަރ 2019 - 21:39
މަލިކު ކައިރިން މިދިޔަ ހޮނިހިރު ދުވަހު އިންޑިއާ ސިފައިން ހިފެހެއްޓި ރާއްޖޭގެ މަސް ދޯނި މިއަދު ދޫކޮށްލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ދޯނި ދޫކޮށްލީ ފޮރިން މިނިސްޓްރީ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާ ދެމެދު ކުރި މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ށ. ކޮމަންޑޫ "އަންބަރީ" ދޯނި އިންޑިއާ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަލިކާ ތިން މޭލަށް ކައިރިވެފައި ވަނިކޮށެވެ.
ފިޝަރީޒްގެ ބަޔާނުގައި ބުނީ މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައި ނުވާ ސަރަހައްދެއްގައި އެ ފަދަ ކަމެއް ކުރުމަކީ ބައިނަލްއަގްވާމީ ގަވައިދުތަކާ ވެސް ހިލާފުކަމެއް ކަމަށާއި މިގޮތަށް ހިފަހައްޓާ އުޅަނދުތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ދިގު މަރުހަލާއެއް ނަގާ ކަމަށެވެ. އަދި ތަހުގީގު ނިންމުމަށް ފަހު އުޅަނދު ބޮޑު އަދަދަކުން ޖޫރިމަނާ ކުރާ ކަމަށާއި އެކަމަކު ދިވެހި ދޯނީގެ ތަހުގީގު ވަރަށް އަވަހަށް ނިންމައި، އަނބުރާ ފޮނުވާލާފައިވާކަން އެ ބަޔާނުގައި ބުންޏެވެ. އެހެންވެ، އިންޑިއާގެ ކަމާ ބެހޭ އިދާރާތަކަށް ފިޝަރީޒް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެ މިނިސްޓްރީން ބުނީ އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދެއްގައި ގަވައިދާ ޚިލާފަށް ހަރަކާތްތެރިވުމަކީ ރާއްޖޭގެ މަސްވެރިކަމަށް އަސަރު ކޮށްފާނެ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަމާ މެދު، މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެ، އުޅަނދުގެ ވެރިފަރާތަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ވެސް ފިޝަރީޒުން ބުންޏެވެ. އެހެންވެ، މި ފަދަ ގަވައިދާ ޚިލާފު އަމަލުތައް ނުހިންގުމަށް އެ މިނިސްޓްރީން ނަސޭހަތްތެރިވި އެވެ.
މިދިޔަ ފެބްރުއަރީމަހު ވެސް ވަނީ ދިވެހި މަސް ދޯންޏެއް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ހިފަހައްޓައިފަ އެވެ. އިންޑިއާގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އެ ގައުމުގެ ކަނޑުގެ ސިފައިން އެފަހަރު ހިފެހެއްޓީ "ވީވަރު" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯންޏާއި އޭގައި ތިބި މީހުން ދޫކޮށްލީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީ މެދުވެރިވެގެން ކުރި މަސައްކަތްތަަކަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެ
09 October 2019
ދިވެހިން ފުއްޕާކަން ކޮމެންޓްތަކުން ދައްކަނީ. އެމީހުން ހެޔޮކަމުން ދޯނިވެސް އެދިނީ. އެހެންނޫންނަމަ ދޯނިވެސް ނުލިބޭނެ. އަދި މައްސަލަ ނިންމާލަންވެސް ގިނަ ދުވަސް ނުނަގާ. ރާއްޖެ ސަރަހައްދައް ވަންނަ ކިތައް މަސްބޯޓް ދިވެހިން ހިފަހައްޓާ. ގިނަފަހަރަށް ބޯޓް އަތުލާފަ ފަޅުވެރިންކޮޅު އެކަނި ފޮނުވާލަނީ.
ވާލުސޮރު
09 October 2019
ތިހެން ދޫކޮށްލާތީ ދިވެހި މަސްވެރިން ޖެހިލުމެއްނުވޭ އެހެން ގައުމުތަކުގެ ޓެރިޓަރީއަށް ވަންނާކަށް، އަނެއްކޮޅުން ދެން ރާއްޖެއިންވެސް އެހެން ގައުމުތަކުގެ ބޯޓުތައް ނުހިފެއްޓޭނެ
ފިލާވަޅު
09 October 2019
މަލިކު ކައިރިން ދޯ އެމީހުން ބިރުގަންނާނެ މަލިކާ މާކައިރިވެއްޖެނަމަ " އަހަރުމެންގެ ގުޅުންރަނގަލޫކަމުން އިންޑިޔާއާ" ނަޝީދު މެންނަކައް ނުކެރޭނެ މިވަރުގެ އެއްޗެއްވެސް ބުނާކައް މަލިކާ ރާއްޖެޔާ ދެމެދު ފެރީއެއް އަޅާލަދޭށޭ
ލުބްލާ
09 October 2019
ދޫނުކޮށް ކީއްކުރާނީ؟ ލިޓްލް އިންޑިއާގެ ދޯންޏެއްނު.
ހިގޮ
09 October 2019
ތީ ވަރަށް ދެރަކަމެއް އެކުވެރި ކަމަށް ބުރޫ އަރާގޮތަށް އަވަށްޓެރި ގައުމުތަކުގެ އިންފާރުން އެތެރެވުމަކީ މަސްވެރިން އެއީ ދިވެހިން ނަކީ ކޮންބައެއްކަމް ދުނިޔެއަށް ދައްކައިދޭ ނަމޫނާ ބައެއް
ބިގަރޭ
08 October 2019
މި ދޯއްޏާއި އީރާނު ބޯޓާއި ގުޅުމެއްވޭބާ؟
އައްޔުބެ
08 October 2019
ކޮންމެވެސް އެއްޗެކޭކިޔާފައި ހިފަހައްޓާފައި ދޫކޮށްލަނީ. ބަދަލަކަށް އިންޑިޔާގެ މަސްބޯޓެއް ހިފެހެއްޓިޔަސް ދޫކުރާގޮތަށް.