ވިޔަފާރި / އެސްބީއައި

އެންމެ ބޮޑު ފައިދާއެއް އެސްބީއައި އަށް، ގިނަ ބޭންކުތަކުގެ ފައިދާ ދަށަށް!

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ބޭރުގެ ތިން ބޭންކެއްގެ ފައިދާ ވަނީ ދަށްވެފައި. ގިނަ ބޭންކުތަކުގެ ފައިދާ ދަށްވި މައިގަނޑު ސަބަބަކީ ލޯނުތަކަށް ޕްރޮވިޝަނަށް އުނިކުރުމުން. މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއް އެސްބީއައިއަށް ލިބުނުއިރު ދެވަނަ އަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ އެޗްއެސްބީސީއަށް.

އެސްބީއައިގެ މާލޭ ބްރާންޗް. މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއް ލިބުނީ އެސްބީއައިއަށް-- ފޮޓޯ:އެސްބީއައި

ރާއްޖޭގައި ހިންގާ ބޭރުގެ ބޭންކުތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗަށް ލިބުނުއިރު، ގިނަ ބޭންކުތަކުގެ ފައިދާ ވަނީ ދަށަށް ގޮސްފަ އެވެ.

ބޭންކުތަކުން އާއްމުކުރި މާލީ ބަޔާންތަކުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެސްބީއައި އާއި އެޗްއެސްބީސީ އަދި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)ން ނުދައްކާ ހުރި ލޯނުތަކަށް އާމްދަނީން އުނިކުރުމުން ޖުމްލަ ފައިދާ ވަނީ ވަރަށް ބޮޑަށް ދަށަށްވެފަ އެވެ. އެ ތިން ބޭންކުގެ އިތުރުން ބޭންކް އޮފް ސިލޯން އަދި ހަބީބް ބޭންކްގެ 2014 ވަނަ އަހަރުގެ މާލީ ބަޔާންތައް ފެންނަން ނެތުމުން އެ ބޭންކުތަކުގެ އާމްދަނީ ދަށަށް ދިޔަ މިންވަރެއް ސާފެއްނުވި އެވެ.

އެސްބީއައިގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ބްރާންޗަށް ސާފު ފައިދާގެ ގޮތުގައި 296 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް އެއީ 2014 ވަނަ އަހަރާ އަޅާބަލާއިރު 52 ޕަސެންޓް ދަށް އަދަދެކެވެ.

ރާއްޖޭގައި ހިންގާ ބޭރުގެ ބޭންކުތަކުގެ ތެރެއިން މިދިޔަ އަހަރު ދެވަނަ އަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ ހޮންކޮންގް އެންޑް ޝަންހާއި ބޭންކިން ކޯޕަރޭޝަން (އެޗްއެސްބީސީ) މާލޭ ބްރާންޗަށެވެ. އެ ބޭންކުގެ މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 243.6 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 17.8 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެ ބޭންކުން ވެސް ޕްރޮވިޝަންގެ ގޮތުގައި 14.7 މިލިއަން ރުފިޔާ އުނިކޮށްފައިވެ އެވެ. އޭގެ އިތުރުން ޓެކްސްގެ ގޮތުގައި 87 މިލިއަން ރުފިޔާ އެޗްއެސްބީސީން ދައްކާފައިވެ އެވެ.

އެ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުމްލަ އިންޓަރެސްޓް އާމްދަނީގެ ގޮތުގައި 269 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރޭގައި ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ލިބުނު 167.2 މިލިއަން ރުފިޔާ ހިމެނެ އެވެ.

މާލޭގައި ހުންނަ ބޭންކް އޮފް ސިލޯންގެ ބްރާންޗް: އެ ބޭންކުން މިދިޔަ އަހަރު 1.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުރި. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

މިދިޔަ އަހަރު ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބޭރުގެ ބޭންކަކީ ބޭންކް އޮފް ސިލޯން (ބީއޯސީ) އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ޕްރޮވިޝަނަށް 33.3 މިލިއަން ރުފިޔާ އުނިކުރުމުން، އެ ބްރާންޗަށް މިދިޔަ އަހަރު 112.3 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ.

އެ ބޭންކުން ނެރުނު މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ އަހަރު އިންޓަރެސްޓުން ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 182.3 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ބޭންކުން ދޫކުރި ލޯނުތަކަށް އިންޓަރެސްޓާއި ފީގެ ގޮތުގައި 134 މިލިއަން ރުފިޔާ ލިބުނެވެ.

ބީއޯސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ބޭންކުން އިންޓަރެސްޓްގެ ގޮތުގައި 38.7 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މިދިޔަ އަހަރު އެ ބޭންކުން ދޫކުރި ލޯނުގެ އަދަދު 1.5 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ އިތުރުން 804 މިލިއަން ރުފިޔާ ސެކިއުރިޓީސްގެ ގޮތުގައި އިންވެސްޓްކޮށްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރު ނިމުނު އިރު އެހެން ބޭންކުތަކުގައި ބީއޯސީގެ 989.7 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.

މޮރިޝަސް ކޮމާޝަލް ބޭންކުގެ މާލޭ ބްރާންޗް: މިދިޔަ އަހަރު އެ ބޭންކަށް ލިބުނު ފައިދާ ވަނީ ދަށްވެފައި. ފޮޓޯ: ނިޝާން އަލީ /މިހާރު

ބީއޯސީގެ އިތުރުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)އަށް އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 983،000ރ. އެވެ. އެ ބޭންކްގެ 2014 ގެ ސާފު ފައިދާ 26.4 މިލިއަން ރުފިޔާ އަށް އެރި އެވެ.

އެމްސީބީއަށް މިދިޔަ އަހަރު ލޯނު އިންޓަރެސްޓް އާމްދަނީގެ ގޮތުގައި 127 މިލިއަން ރުފިޔާ ލިބުނެވެ. އަދި އޭގެ އިތުރުން ހިންގައިގެން ލިބުނު އާމްދަނީ 150.6 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން އެ ބޭންކަށް މިދިޔަ އަހަރު 5.3 މިލިއަން ރުފިޔާ ގެއްލުންވި އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން 27.5 މިލިއަން ރުފިޔާ ފައިދާވި އެވެ.

އެ ބޭންކަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޕްރޮވިޝަނަށް 105.8 މިލިއަން ރުފިޔާ އުނިކުރުމެވެ. ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 6.3 މިލިއަން ރުފިޔާ އެމްސީބީން އެމްއެމްއޭ އަށް ދައްކާފައިވެ އެވެ.

ބޭންކުތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލޭގައި ހިންގާ ޕާކިސްތާނުގެ ހަބީބް ބޭންކް ބްރާންޗަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 5.1 މިލިއަން ރުފިޔާ އެވެ.

އެ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޖުމްލަ އިންޓަރެސްޓް އާމްދަނީގެ ގޮތުގައި 21.2 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރޭގައި ލޯނު އިންޓަރެސްޓްގެ ގޮތުގައި ލިބުނީ 6.7 މިލިއަން ރުފިޔާ އެވެ. އަދި ޕްރޮވިޝަނަށް 699،860ރ. އުނިކޮށްފައިވެ އެވެ.

4 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 30%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާލީމާ

31 May 2016

އަހަރެން ހިތަށްއަރަނީ، ބޭންކުތަކުން މިހާބޮޑުފައިދާއެއް މިޖައްސާލަނީ ކިހިނެއްބާއޭ! އެކަމަކު މުޅިންވެސް ލުއިލޯނު! -އިބްރާހީމް-

The name is already taken The name is available. Register?

ގޮހޮޑާ

31 May 2016

ހެ!

The name is already taken The name is available. Register?

ހަސަން

31 May 2016

ބޭރު ބޭންކްތަކާއި ޚިލާފަށް، ބޭންކް އޮފް މޯލްޑިވްސް ގެ ހިންގުން ހަރުދަނާކަން މިލިޔުމުން ވަރަށް ސާފުކޮށް އިންގޭ

The name is already taken The name is available. Register?

މުހައްމަދު

31 May 2016

ބޭންކުތަކުގެ ފައިދާ ކިޔައިދޭކަށް ނޭނގޭނެއެވެ. އެކަމަކު ރާއްޖޭގައި ބޭންކު ހިންގެނީ އޭޓީއެމް ހުރެގެންނޭ ބުނާތީ އަޑުއަހަމެވެ. ސިލޯނު ބޭންކުގައިވެސް އެބުނާ އެއްޗެއް ނަމެއްގައި އެބަހުއްޓެވެ. އެއިން މީހަކަށް ލާރިއެއް ނުނެގޭތާ މިހާރު ހަމަހަށްވުރެ ގިނަވެއްޖެއެވެ. ރެގިއުލޭޓަރީ ބޮޑީން ކުރަނީ ކީއްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454