ލޯންޗަށް ހޮނު އަޅައި، ގެއްލުންތައް ލިބިފައި: އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ -- ފޮޓޯ/ޕޮލިސް
11 އޮކްޓޯބަރ 2019 - 16:53
މަސް ބާނަން ނިކުމެ އުޅުނު ލޯންޗަކަށް ހޮނު އަޅައި، މިއަދު ގެއްލުންތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ ހޮޅު އެޅީ ކ. ކުޑަވިލިނގިއްޔާ ދިމާލުން ބޭރަށް މަސްވެރިކަން ކުރަން މިއަދު މެންދުރު ނުކުމެ އުޅުނު ލޯންޗަކަށް ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އެކަމަކު އެ ލޯންޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ ހާދިސާގެ މައުލޫމާތު ތުލުސްދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާ އެކު، އެ ލޯންޗް ކަފު ޖަހައިގެން ވަނީ ތުލުސްދު އަށް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަނަ
13 October 2019
ސުބުހާނައްﷲ ބިރުވެތިވޭ ތި ލޯޗުގަ ތިބި މީހުންނައް ކަމެއްނުވިކަން ނަސީބެއްނު
މޮގޮމޮބޯ
12 October 2019
ﷲގެ ކުޅަދުންވަންތަކަން