އެޕަލްގެ އާ އައިފޯނުގެ އަގުތައް ދައްކާލަނީ
13 އޮކްޓޯބަރ 2019 - 12:20
މިދިޔަ ހުރުކު ވިލޭރޭ އުރީދޫ އާއި ދިރާގުން އައިޕޯނު 11 ގެ ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ފޯނުގެ ސްޓޮކް ހުސްވެއްޖެ އެވެ.
އެޕަލް ކުންފުނިން މިދިޔަ މަހުގެ 11 ވަނަ ދުވަހު ނެރުނު އައިފޯނު 11 ގެ ޕްރީ އޯޑަރަށް، ރާއްޖޭގެ މުއާސަލާތީ ދެ ކުންފުނިން ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް ވަނީ ސްޓޮކް ހުސްވެފަ އެވެ.
އާ ސީރީޒްގެ ތެރެއިން ރާއްޖޭގައި އެންމެ ބޮޑު ޑިމާންޑެއް އޮތީ އައިފޯން ޕްރޯ އާއި ޕްރޯ މެކްސްއަށެވެ. ދިރާގާއި އުރީދޫން ވެސް ބުނީ ޑިމާންޑް އެންމެ ބޮޑީ މި ދެ މޮޑެލް އަށް ކަމަށެވެ.
ދިރާގާއި އުރީދޫން ވެސް، ޑައުންޕޭމަންޓެއް ދެއްކުމަށް ފަހު ކޮންމެ މަހަކު ވަކި އަދަދެއް ފޯނު ބިލާ އެކު ދައްކާ ގޮތަށާއި އެކީ އެއްފަހަރާ ފައިސާ ދައްކާ ގޮތަށް ފޯނު ވިއްކަ އެވެ. އަދި މިގޮތަށް ނަގާ ފޯނުތަކަށް ދެ ކުންފުނިން ވެސް ހާއްސަ އިނާޔަތްތައް ހަމަޖައްސާފައިވެ އެވެ.
ޕްރީއޯޑާ ކުރި ފޯނުތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ވަކި ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
އައިޕޯނުގެ އާ ސީރީޒް ފޯނުތަކުގެ އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ ފޯނުގެ ކެމެރާތަކަށެވެ. ތިން ކެމެރާ ހިމެނޭ އައިފޯން 11 ޕްރޯ އާއި ޕްރޯ މެކްސްގައި 64 ޖީބީ، 256 ޖީބީ އަދި 512 ޖީބީގެ ސްޓޯރޭޖްގެ ފޯނު ހިމެނެ އެވެ.
އެޕަލް އައިފޯން 11 ގެ ކުލަތައް
އައިފޯނުގެ މައިގަނޑު ތިން ކެމެރާ އިންނަ ފޯނުތަކުގައި ވައިޑް، އަލްޓްރާ ވައިޑް އަދި ޓެލެފޮޓޯ ލެންސެއް ހިމެނެ އެވެ. އައިފޯން 11ގެ ސީރީޒްގެ ބެޓެރީ ޗާޖު މިދިޔަ އަހަރު އެޕަލް އިން ނެރުނު އައިޕޯން 10 އަށް ވުރެ މާ ގިނައިރު ހިފަހައްޓާނެ އެވެ.
އައިޕޯނުގެ 11 ގެ ކެމެރާގެ ހާއްސަ ފީޗާތަކުގެ ތެރޭގައި ފަހަތު ކެމެރާގެ އިތުރުން ކުރިމަތީ ކެމެރާއިން 4ކޭ ކޮލިޓީގައި ވީޑިއޯ ނެގުން ހިމެނެ އެވެ. ކުރިމަތީ ކެމެރާއިން ސްލޯމޯ ވީޑިއޯ ވެސް ނެގެ އެވެ. މިއީ ފޯނުތަކަށް އާ ފީޗާއެކެވެ. މީގެ އިތުރުން ޕޯޓްރެއިޓް މޯޑަށް އާ ލައިޓިން އިފެކްޓްތައް ލާފައިވެ އެވެ.
އައިފޯން 11 ގައި އިންނަނީ ދެ ކެމެރާ އެވެ. އެކަމަކު މި މޮޑެލްގެ ހަ ކުލައެއްގެ ފޯނު ހުރެ އެވެ. އެހެން މޮޑެލްތައް ހުރީ މިޑްނައިޓް ގްރީން، ސްޕޭސް ގްރޭ، ސިލްވަ އަދި ގޯލްޑް ކުލައިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުއަލޯ
14 October 2019
ސައިކުގަ ސީ. ފޯނު ލޯނު ސްކީމް. ކޮފީގަ ދުވާލު ހަތަރުދަމު އަޗާތަޅަން. ޓްވީޓްގަ '#ރެންޓްކޮންޓްރޯލް"
މަތީން
14 October 2019
ދިރާޣުގެ ފްރަންޓް ޕޭޖްގައި އިން އައިފޯން 11 ޕްރޯ ގެ ޕްރީ އޯޑަރ ބެނަރ ނަގާކަށް ނުވޭތަ؟ އޭގެން ލިންކްގޮސް ބަލާއިރު ސްޓޮކް ހުރީ ހުސްވެފަ ދެން ކީކުރާ ބެނަރ ބައިންދަނީ. އޭގެ ބަދަލުގައި ކަސްޓަމަރުނށް ބޭނުންވާ އެހެން މައުލުމާތެއް ހުރި ބެނާއެއް ބައިންދަބަލަ،
އެޕަލް
14 October 2019
މީގެ އެތައް މަހެއް ކުރިން ދިރާގު ސްޓޯގަ ހުރި އެހެން ބްރޭންޑް ތަކުގެ ފޯނުތައް އަދިވެސް އެހެރީ ގިނަވެފަ. ގަންނާނެ މީހަކު ނުވެފަ. ލޮލް. އައިފޯން އިޒް ސޯ އެމޭޒިން. އެފޯޑް ނުކުރެވޭމީހުން ނުގަނެބަލަ. އެފޯޑް ކުރެވޭ އައިފޯން ބޭނުން މީހުން ގަންނާނެ. މަށަކަށްވެސް އެފޯޑެެއް ނުކުރެވޭ :)
ރުޅި
13 October 2019
ހިތަށްއަރާ އެކިއެކި ސްކީމް ތަކަށް ލާރިދައްކައިގެން ކުރަންޖެހޭފަދަ އަސާސީ ކަމެއްބާއޭ ފަހުގެ ފޯނުގަތުމަކީ.ބޯގޯސް ދިވެހިން.
ރާއްޖެ
13 October 2019
ކޮންމެވެސް ކްރެޑިޓް ސްކީމެއްގަ ލޯން ސްކީމެއްގަ ތާށިވެފަ ނެތް ވަޒީފާއަށް ދާ ދިވެއްސަކު މަދުވާނެ.
އަހުމަދު ޝާހު އަލީ
13 October 2019
ސިރީ ކައިރީ ބުނެބަލަ ޓޭކް އަ ސްކްރީން ޝޮޓް އޭ ހަހަހަހ ނުވި އެކަމެއް
ޑަމީ
13 October 2019
އަދިވެސް ކިޔާނެ ކުލި މާ އަގުބޮޑީއޭ.
ލުބްލާ
13 October 2019
މިއޮތް ފަގީރު، އަތްމަތިދަށް ދިވެހިން ތިފޯނުތައް ގަނެ ހުސްކޮސްލީ؟ ވާއު.
ޕިޔާ
13 October 2019
ރާއްޖޭގައި މުއްސަނދިން ގިނައޭދޯ!
ކަތީބުޚަޠީބު
13 October 2019
އެކަމަކު ބުނާނެ ދިވެހިން އަތަކު، ފައިސާއެއް ނެތޭ. ކުލިދައްކަން ޖެހޭތީޔޯ. އެކަމަކު ބަލާބަލަ ނިކަން.