ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) (ކ-2) ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
15 އޮކްޓޯބަރ 2019 - 14:15
މާލޭގެ ރައްޔިތުން ތިބީ "ހައްޔަރުކޮށްފައި" ކަމަށާއި އެ މީހުންނަށް ފުށިދިއްގަރުފަޅު ހައްގުވާ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދެވޭ ވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫކުރުމާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވައި ބޮންޑޭ ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބީޗެއް ނެތް އިރު، ބޮއްކުރާ އަޅާނެ ތަނެއް ވެސް ނެތް ކަމަށެވެ. އެހެންވެ، އެ ފަޅު ހިއްކައި އެތަނުގައި ދިރިއުޅެވޭނެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުން ވެސް މިދިޔަ މަޖިލިސް އިންތިހާބުގައި ރައްޔިތުންނަށް އެމްޑީޕީން ވިއްކި އެޖެންޑާ 19 ގެ ސިޔާސަތެއް ކަމަށް "ނޫ އިގްތިސާދު" ޕްރޮމޯޓް ކުރަން ޖެހިފައިވާ ކަމަށެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި ނަޖިހާއި ކެމިކަލްތަކުގެ ސަބަބުން މާލޭގެ ފަރުތައް ވަނީ މަރުވެފަ އެވެ. އެހެންވެ ފުށިދިއްގަރު ފަޅުގައި މަސްވެރިކަމާއި ސިނާއީ މަސައްކަތް ކުރަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލެ ރައްޔިތުން ނުޖެހޭ ގުއި ހޮޅި ކޮޅުން ގުއި ނަގައިގެން ގޮސް އޮރި ބާނައިގެން މާރުކޭޓުގައި ވިއްކާކަށް،" މާލެ ފަޅަކީ އެންމެ ގިނަ އަދަދަކަށް ނަޖިސް އެއްވާ ތަން ކަން ފާހަގަކުރައްވައި ބޮންޑޭ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް
"އަޅުގަނޑުމެން ވެސް ބޭނުންވޭ ސާފު މޫދެއް ވެސް. މާލެ އަތޮޅުގައި އޮތް ފުށިދިއްގަރުފަޅު މާލެ ރައްޔިތުންނަށް މަސްވެރިކަން ކުރަން އަދި ސިނާއީ މަސައްކަތް ކުރަން ދޭން ޖެހޭ."
ފުށިދިއްގަރުފަޅަކީ މާލޭގެ ރައްޔިތުންގެ ހައްގެއް ކަމަށް ތަކުރާރުކޮށް ފާހަގަކުރައްވައި ބޮންޑޭ ވިދާޅުވީ އެތަނުގައި ގެސްޓްހައުސް އެޅުމުގެ ފުރުސަތު ވެސް ލިބެން ޖެހޭނެ ކަމަށެވެ. އަދި އެ ތަނުގައި ދިރިއުޅުމުގެ ފުރުސަތު ވީހާވެސް އަވަހަކަށް ލިބުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވީ ދިވެހިން ޒަވާޖީ ހަޔާތެއް ފަށަނީ އާއިލާއެއް ބިނާ ކުރުމަށް ކަމަށެވެ. އެކަމަކު "ނިދާ އެނދެއް ދިނީމަ" އެއްވެސް މީހަކަށް ދިރިނޫޅެވޭނެ ކަމަށް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި ވިލިމާލެ ނަންގަވައި، ބޮންޑޭ ވިދާޅުވި ގޮތުގައި، އެ އަވަށަކީ ވެސް މިއަދު މީހުން ނިދާ އެނދެކެވެ.
ވިލިމާލޭގައި ދިރިއުޅޭ މީހުން "މެދަށް ލާފައި" ޓޫރިޒަމްގެ މަސައްކަތް ކުރަން އޮތް އެންމެ މުހިންމު ސަރަހައްދު އޮންނަނީ ސަރުކާރަށް ނަގާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ރަށެއްގައި ދިރިއުޅެވޭނީ އިގްތިސާދީ މަސައްކަތްތަކެއް ކުރެވޭނެ ތަނެއް އެ ރަށުގައި ބިނާ ކުރީމަ ކަމަށް ވެސް ވިދާޅުވި އެވެ.
"ދެން ކިހިނެއްތޯ ތަނެއް ތަރައްގީ ވަނީ؟ ރަށެއްގައި އުޅޭ ރައްޔިތުން ތަރައްގީ ވަނީ އާމްދަނީ ލިބޭނެ ވަސީލަތްތަކެއް އެ ރަށުގައި ގާއިމް ކުރެވުނީމަ، އެ ރަށަށް ލޯބި ޖެހިގެން،" ބޮންޑޭ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މަޖިލިހުގެ ނައިބު ރައީސް އީވާ އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް. --- ފޮޓޯ: މަޖިލިސް
އަލަތު ކައިވެންޏާ އެކު ލ. އަތޮޅުގެ ވަލު ތެރޭގައި ފްލެޓެއް އެޅީމަ އެތަނަށް މީހުން ދާނެތޯ ބޮންޑޭ ސުވާލު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފްލެޓެއް އަޅާފައި އެތަނުގައި އިގްތިސާދީ މަސައްކަތްތަކެއް ކުރެވޭނެ ބިމެއް ހިލޭ ދިނީމަ ނޫނީ އެއްވެސް ބަޔަކު އެ ރަށުގައި ވަޒަންވެރިއެއް ނުވާނެ އެވެ.
ރަށްރަށުގެ ފްލެޓުތައް ޅުވެފައި ހުރީ، އޭނާ ވިދާޅުވި ގޮތުގައި، އިގުތިސާދީ މަސައްކަތެއް ނެތީމަ އެވެ.
ފުށިދިއްގަރުފަޅު އޮންނަނީ މާލެ އަތޮޅު ގުޅީގެ އުތުރަށެވެ. މާލެ އަށް ވުރެ ހަތަރު ގުނަ ބޮޑު، އެ ފަޅުގައި ގާތްގަނޑަކަށް 1،475 ހެކްޓަރު ހުރެ އެވެ. އެ ފަޅު ހިއްކައިގެން މީހުން އާބާދު ކުރުމަކީ ކުރީގެ ސަރުކާރުން، ރިޔާސީ ކެމްޕޭން ތެރޭގައި، އާންމުންނަށް ދެއްކި ވިސްނުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީޕައުޑަރ
22 October 2019
ފުށިދިއްގަރު ފަޅަކީ މާލޭ ރައްޔިތުންގެ ހައްގެއް: ބޮންޑޭ ތީހަމަ ހުވަފެނެއް މިމާލޭގެ ރައްޔަތުން ލައްވާ މަސައް ކުރުވާ ފައި ބިސްމިނުގެ ބަރަކާތުން ވެލިމުއް އަޅަމުން މާލޭގެ ނިކަމެތި ރައްޔަތުންނައް ގޯތިދޭނަމޭ ކިޔާފަ ހަމަ ހިއްކާ ނިމޭއިރައް އެއްކަލަ ރައްޔަތުން ނުހެދި ކުންޏައްވެސް އެއީ ކުނިއަޅަން 3ކޮށި ދެން ބާކީ ބައި އެސް ޓީއޯ އަށާ ހިތުހުރިބަޔަކައް ދިނީ އެދިގުރާސްތާ 30 އަހަރު މިހާރުވެސް އެސަގާފައް ދިރުވަމުން ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ވިޔަފާރި ސަރުކރނ
އަރބަން ޑެވެލޮޕްމެންޓް
17 October 2019
ޢިއްޒަތްތެރި ރައީސް، ހުޅުމާލެ އަކީ މާލޭގެ ހަވަނަ އަވަށް ކަމުގައި ކަނޑައަޅައިދީ.
ނެގުނުކަތީބު
16 October 2019
އެއުޅޭނީ ކަމެއް ނުކޮށް ހޮޅި ވާހަކަ ދައްކައިގެން ވަގުތު ބޭކާރުކުރަން. އެހެންޏާފަހެ މިކިޔަނީ ކައިގެންނޭ ފުރާނީ ނުކައެއް ނުފުރާނަމޭ. މާލެ ރާއްޖެތެރެ މީ އޮތް ޙަޤީޤަތަކީ. މާލެ މާލެއަކަށްވެ މާލޭގެ ފައިދާ ނަގާ ހަމައެކަނި ބަޔަކީ މާލޭގެ ރައްޔިތުންނެއްނޫން. ރާއްޖެތެރޭގެ މީހުންނާއި ބިދޭސީންވެސް އެ ފައިދާ ނަގާ. ހަމައެގޮތަށް މާލޭގައި ޙާލުގައި އުޅެނީކީ ހަމައެކަނި މާލޭގެ ރައްޔިތުންނެއް ނޫން ރާއްޖެތެރޭ މީހުންނާއި ބޭރުމީހުންވެސް އެބައުޅޭ.
ބޮންޑޭ، މާލެ
16 October 2019
މާލެއަށް ވެރިކަމެއް ގާއިމުކޮށް ދެމެހެއްޓުމުގައި ހއ.އުތީމުގެ ދައުރު އޮތްކަން ތާރީޚް ހެކި ދެ. އެއީ ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތްކޮށް ދިވެހި ވެރިކަމެއް ގާއިމުކުރުން. މި އަދު މިތިބޭ މާލޭ އެންމެނަކީ ރާއްޖެތެރޭ ބައެއްގެ މަސައްކަތުގެ ފޮނިކަން ލިބި ލިބި ތިބި ބައެއް. ޔައުނީ މާލެ މީހުންނަކީ 15 ވަރަކަށް ކުޅަނދު މަދު ބައެއް
ޖަމްބެ
16 October 2019
ޞޮބޮންޑޭ މިހާރު މާލެމީހުނައް ތިމަލާމާތް ކުރަނީތަ ޕާކިންވެސް ރާއްޖެތެރެއައް އައްޑޫގައިއެޅި ހުރިހާ ފުލެޓެއްވެސް މާލޭގައި ދިރިއުޅޭތަންތަނާފައިސާހުރި ރައްރަށުމީހުނައް މީކޯއްޗެއް ސައްކާ ވާހަކަޔާ އަމަލާދިމާވޭބާ
ރާއްޖެތެރެމީހާ
16 October 2019
މީނަގެ ބޮނދު އަންނި މާލޭގައި އުޅޭނެގެއެއް ތުލުސްދޫގައި ގޯއްޗެއް ލ. ގަމުގައިވެސް ގޯއްޗެއް އެބައޮތް. އުމުރުން 35 އަހަރު ރަށުގައިވެސް އުޅެން ގޯއްޗެއް ނުލިބޭ. ނަގުދު ދީފަ ފުލެޓެއް ގަންނާނެހާ ފައިސާ ކުއްޔަށް ދީފިން. އަދިވެސް ޤަރާރު ވައްދައިގެން ކޮސްގޮވަނީ. ސުޕަ މެޖޯރިޓީ ދިނީ ކަން ނިންމަން. ވަގުތު ބޭކާރު ކުރާކަށްނޫން
ހިޔަޅު
16 October 2019
ކަލޯ ބޮންޑޭ. ފްރާންސް ގެ ޕެރިހަކީ ވެސް މާލޭ މީހުންގެ ތަނެއް. އުޅެ ބަލަ އެތަން ވެސް އަތްމަތިކޮށްލަން. ޢަދި ނިއުޔޯރކާއި މިލާނާއި ލަންޑަން ވެސް ބޮންޑޭގެ ލިސްޓށް އިތުރުކޮށްލާ. ގަމާރުވެ ހޭކުޑަ ވިއަސް ފުކެއް ބޮޑުވަރު.
މާލެމާލެ
16 October 2019
މުޅި ރާއްޖެއަކީ މާލެ..މާލެ މާލެ..ވާކަމެއް މީ..
އެތެރެކޮއިލު ވަޑި
15 October 2019
މިއޮތީ އަނެއްކާ ރަށު ރުއްދަށަށް ވެރޭ ކާށިވެސް މާލެ ފޮނުވަން ޖެހުނު ޒަމާނާއި އަނެއްކާ ލާއިގަނެފަަ ފައިވާނާއި، ބައިސްކަލް ބައްތީގެ ކަންތައް އަނެއްކާ އިތީ ކިހާ ހިސާބައެއްގަބާ؟
ފަތަފޮޅި އަލިބެ
15 October 2019
އިއްޒަތްތެރި ބޮންޑާ މެމްބަރު އެ އުޅެނީ މާލޭ ރައްޔިތުންނާއި ރާއްޖެތެރޭގެ ރައްޔިތުންނާއި ޖައްސަން!