ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް. --- ފޮޓޯ: މަޖިލިސް
15 އޮކްޓޯބަރ 2019 - 14:51
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފްލެޓު ލިބިވަޑައިގެންނެވި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މައްސަލަތައް ބެލޭނެ ނިޒާމެއް ގާއިމު ކުރަން ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ގޮވާލައްވައިފި އެވެ.
ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ގޯތި ދެވޭ ވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫކުރުމާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވައި ވިސާމް ވިދާޅުވީ ޔާމީންގެ ސަރުކާރުގައި ގާނޫނާއި ގަވައިދުތަކާ ހިލާފަށް އެތައް ބަޔަކަށް ފްލެޓު ދީފައި އެބަހުރި ކަމަށެވެ.
ކުރީގެ ސަރުކާރުގައި 18 ވަނަ މަޖިލިހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުންނަށް ފްލެޓު ދިނީ ނަޒާހަތްތެރިކަން އިތުރު ކުރުމުގެ ނިޔަތުގައި ހަދިޔާއެއްގެ ގޮތުގައި ކަމަށް ވިސާމް ވިދާޅުވި އެވެ.
އޭގެތެރެއިން ވިސާމް ފާހަގަ ކުރެއްވި އެއް ނަމަކީ އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އެކަމަކު ފްލެޓު ލިބިވަޑައިގަތީ މިނިވަން މުއައްސަސާތަކުގެ ކޮން ބޭފުޅުންނަށް ކަމެއް މަޖިލިހުގައި ކުރިއަށް ދިޔަ ބަހުސްގައި ވިސާމް ވިދާޅެއް ނުވެ އެވެ.
"މިއަދު މިކަމުގެ ވާހަކަ ދައްކާ އިރު، މި ބޭފުޅުންނަށް އޭރުގައި ހަދިޔާގެ ގޮތުގައި ވިޔަސް، ނޫނީ ނަޒާހަތްތެރިކަން އިތުރު ކުރަން ވިޔަސް ދޫކޮށްފައި ހުރި ފްލެޓުތަކުގެ މައްސަލަތައް އެބަ ޖެހޭ ބަލަން. އެއީ އަޅުގަނޑުމެން ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމެއް،" ވިސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ފްލެޓު ލިބުމަކީ ދިވެހިންގެ ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަތުމަށް ކުރި ކަމެކެވެ.
ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްގޮތަށް ލ. އަތޮޅުގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ މައްސަލަތައް ދިމާވެފައި އޮތް ކަން ފާހަގަ ކުރައްވައި ވިސާމް ވިދާޅުވީ އެ އަތޮޅުގެ ރައްޔިތުން ބިން ދޫކޮށްފައި މާލެ އަންނަނީ ގޯއްޗަށް ކަރަންޓު ފަދަ ވަސީލަތްތައް ލެވޭނެ ގޮތެއް ނެތިގެން ކަމަށެވެ.
ލ. އަތޮޅުގެ ރައްޔިތުން ބޭސްފަރުވާ ހޯދަން ހޮސްޕިޓަލަށް ދިޔައީމަ، އެ ތަނުން ރަނގަޅަށް ޓެސްޓް ނުހެދޭތީ ކިތަންމެ ބަޔަކު ކޮންމެ ދުވަހަކު މާލެ އަންނަ ކަމަށް ވިސާމް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން ދިރިއުޅޭ ހާލަތަކީ. ގޯއްޗެއް ދޫކުރިޔަސް، ނަރުދަމާ އާއި ފެން ލެވޭނެ ގޮތެއް އެ ރަށްތަކުގައި ނެތް،" ލ. އަތޮޅުގެ ހާލަތު ސިފަކޮށް ދެއްވައި ވިސާމް ވިދާޅުވި އެވެ.
ވިސާމް ވިދާޅުވީ މި ސަރުކާރުގައި ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް ފްލެޓު ދޫކޮށްފައި ތިބި މީހުންނާ މެދުގައި ކޮންމެވެސް އުސޫލެއްގެ ތެރެއިން އަމަލު ކުރާނެ ގޮތެއް ގާއިމުކޮށް، ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ، ފިޔަވަޅު އެޅުމަށް އޭނާ ގޮވާލެއްވި އެވެ.
"20 މިލިއަނުން ފްލެޓު ބައްލަވައިގެން ތަން ފެނުނީ. މިއަދު އެ ފެންނަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކޮށްފައި ދީނާއި ގައުމުގެ ދިފާއުގައި ވާހަކަ ދައްކާ ތަން،" ވިސާމް ވިދާޅުވި އެވެ.
ވިސާމް ވިދާޅުވީ އަބްދުއްރަހީމް ފަދަ ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަންކަން ކުރާ ގޮތާ މެދު ވާހަކައެއް ނުދެއްކެވޭނެ ކަމަށެވެ. އަބްދުއްރަހީމް މެން ފަދަ ބޭފުޅުންނަކީ ރައްޔިތުންގެ ހައްގަށް އަރައިގެންފައިވާ ބޭފުޅުން ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.
މީގެކުރިން ގަމުގައި ކުރިއަށް ދިޔަ ހުރިހާ ޕްރޮޖެކްޓުތަކެއް އަބްދުއްރަހީމް ހުއްޓުވި މައްސަލަ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
19 October 2019
ހަށްގުނޫން ކިތައްމީހުން ނައްތަ ފުލެޓް ލޮބިފާ ހުރީ އިންސާފު ހޯދާއިދޭނެ ކަމުގާ ހީކުރަން.
ޝެމެކްޝް
16 October 2019
ވަރަށް ރަގަޅު ވާހަކަ ފުޅެއް ، މުއިޒު ފާތުމާ ، ޔާމިން ގެ މިނިސްޓަރުން ، ހަދިޔާގެ ގޮތުގައި ބެހި ފުލެޓްގެ ކަންތައް އިންސާފުވެރިކަމާއި އެކު ބަލައި ހައްގުވާ މީހުންނަށް ލިބުމަކީ އެދޭކަމެކެވެ.
ައޮހެއި
15 October 2019
ތީހުސްއަގަތަޅަނީ ވީއެއްވެސް ކަމެއްކުރި އެއްކަމެއްވެސް ދައްކަބަލަ....ފުލެޓޭ ކިޔާއިގެން ކޮބާއެޅުނު ފިޔަވަޅެ ނިކަމެތިމީހެއްނަމަ ގޮޅީގަ.....
ލ.މާނެްދޫ
15 October 2019
ލ.މާމެންދޫ ރައްޔިތުންނައްވެސް ދީކާދިނީ ޔާމީން ހޮވީ ބުނީ ފޮނަދު ރޯހައުސް ދޭނެވާހަކަ އެކަމަދު ނުދޭ ލ.މާނެއްދޫ މީނުންނަކަށް ވަކީން ޚާއްކޮއްގެނެއް މިހާރު ބުނަނީ ޕޮއިންޓު އުސޫލުން ނޭ ލިބޭނީ
އަދުއްރޭ
17 October 2019
ރިޝްވަތު ދޭ މީހާއެކޭ ރިޝްވަތު ހިފާ މީހާއެކޭ އޮތީ އެއް ހުކުމެއް. އެހެންވީމާ މިހާރު ތިޔަ ޝަކުވާ ކުރުމުގެ ބަދަލުގައި ތައުބާވުން އައުލާކަން ބޮޑު
ހަވަރު ތިނަދޫ ބިގަރު ކައުންސިލ
15 October 2019
ހަވަރު ތިނަދޫގެ ބިގަރު ކައުންސިލުން މިމަސްތެރޭގަ އެމީހުން ބޭނުންވާ ބަޔަކަށް ދޭން ހަމަޖައްސާފަ ހުރި ފުލެޓުތަކުގެ މައްސަލަ ވެސް ބަލަންޖެހޭނެ.
ކޯޑިނޭޓަރ
15 October 2019
ތި ހުސް އަނގަ ނުތަޅާ.. މަޖްލިހަށް ޤަރާރެއް ހުށައަޅާ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީ އިން ތިކަން ބަލަން ފަށާ..
ޒިއްޖޫ
15 October 2019
މަނިކުފާނު ތިއީ ވާހަކަ ދައްކަން މާކަ ރަނގަޅު މީހެއްނޫން. މަނިކުފާނުގެ ނުފޫޒުން މަނިކުފާނުގެ ދާއިރާގައި އަޅާފައިވާ ސްޓޭޑިއަމް ދިނީ ކޮރަޕްޝަނުން. ރީޖަނަލް ހޮސްޕިޓަލްގެ ހުރިހާ ވަޒީފާ އަކަށް ނުފޫޒް ފޯރުވާ. އިންޓަވިއު ޕެނަލް އަށް ލާފަ ތިބީ ޝަރުތު ހަމަ ނުވާ އާއިލާ މެމްބަރުން. މަނިކުފާނުގެ ކަރަޕްޝަން ފުރުތަމަ ބަލާލީމަ މާ ރަނގަޅުވާނެ.
ޅޮސް އުނދޯލި
15 October 2019
ލ އަތޮޅުގަ ގެސްޓުހައުސް ހަދާއިގެން 2008ގަ ވެރިކަމަށް އައި ޕާޓީ ކުދިން އެ ބިންތަށް ހޯދި ގޮތްވެސް ބަލަންޖެހޭ.
ސްމާރޓް
15 October 2019
ރައީސް ނަޝީދު ރައީސް އިބޫއައް މިގޮވާލަނީ ހުޅުމާލޭގައަޅާ 7000 ފުލެޓައް އަލުން ކުރިމަތިލާން ހުޅުވާލަދިނުމައް އަޅުގަނޑަކީވެސް ގެދޮރެއްނެތް މާލޭގެ ރައްޔިތެއް ކުއްޔައް އެއްވެސްފައިސާއެއް ނުލިބޭ އަމިއްލަމަސައްކަތުން ހޯދައިގެން ލިބޭއެއްޗަކުން ކުލިދައްކައިގެން މިއުޅެނީ މީކާއީލް ބޮންޑާ އައް ވވވވވބޮޑައްތާއީދު
ދަރުފޫ
15 October 2019
އަސްލުވެސް އެނޫންގޮތެއްނެތް..ޔަގީން ކަމާއިއެކު ބުނަން އެނގޭ އެމީހުނަށް ފްލެޓް ނޭޅޭނެކަން..މީހުނަށް ދީފައިވާ ފްލެޓް އަތުލައިގެން ދެން އެކަން ވާނީ..
މާލޭމީހާ
15 October 2019
އެހެންވިއްޔާ ރައީސް ނަސީދު ސަރުކާރުގައިވެސް ދިން ފުލެޓްތައް ހުސްކޮއް އަލުން ގެދޮރުނެތް މީހުންނަށް ހުޅުވާލަދިނުން ވެސް އެދެން ކީއްވެތަ :މާސުމާރޓް" ވެގެން މޮޔަގޮވަނީ
ހަމަ ނުޖެހޭ
15 October 2019
ކޮންމެހެން ކުލި ލިބެން ޖެހޭތް ކަލެއަށް. މާލޭގަ އުޅޭ ރާއްޖެތެރޭ މީހުންވެސް އަމިއްލަ މަސައްކަތުން ލިބޭއެއްޗަކުންނޭ އުޅެނީ. ހަމަޖެހޭ ވާހަކަ ދައްކަބަލަ
ބޯއި
15 October 2019
މީކާއީލް ބޮންޑާ އައް ވވވވވބޮޑައްތާއީދު ... މަވެސް
ާއަލި
15 October 2019
މިކަމަށް ވަރަށް ތާއީދު