ކުއްޖަކު ޑިކްޝަނަރީއެއް ބަލަނީ.
16 އޮކްޓޯބަރ 2019 - 06:37
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްޕުޅާނުވާ ނިއުސް އައުޓްލެޓްތަކާ ދެކޮޅަށް ބޭނުންކުރައްވައި، ވަރަށް ބޮޑަށް ވައިގައި ހިފި ލަފުޒު "ފޭކް ނިއުސް" ވެސް ހިމަނައިގެން އޮކްސްފޯޑް އިންގްލިޝް ޑިކްޝަނަރީ އަށް 650 އަށް ވުރެ ގިނަ އާ ލަފުޒު އިތުރުކޮށްފި އެވެ.
ތައާރަފުވެ ގިނަ ބަޔަކު ބޭނުންކޮށް، އާންމުންގެ ތެރޭގައި މަގުބޫލުވެ ވައިގައި ހިފާ ލަފުޒުތައް އަހަރަކު ހަތަރު ވަރަކަށް ފަހަރު ޑިކްޝަނަރީ އަޕްޓޭޓްކުރެ އެވެ. އެގޮތުން މި މަހުގެ ތެރޭގައި ޑިކްޝަނަރީގައި މުޅިން އަލަށް 650 އަށް ވުރެ ގިނަ ލަފުޒު ހިމަނާފައިވާ އިރު އޭގެ ތެރޭގައި "ސްޓާ ވޯސް" ގެ ފިލްމުތަކުން އުފަންވި "ދަ ފޯސް" އާއި "ޖެޑާއީ" ވެސް ހިމެނެ އެވެ.
To read the full list of new and updated entries in the October update to the OED, follow the link here: https://t.co/wMb99qzT5l
— The OED (@OED) October 11, 2019
އަލަށް އިތުރު ކުރި ލަފުޒުތަކުގެ ތެރޭގައި ޗާޕްސީ، އެރަންޝީނީ ފަދަ ލަފުޒުތައް ހިމެނޭ އިރު، ހަވާއީގެ މަޝްހޫރު ކެއުމެއް ކަމަށްވާ "ޕޯކް" ވެސް ވަނީ އާ ލަފުޒުތަކުގެ ތެރެއަށް ވައްދައިފަ އެވެ. މީގެ އިތުރުން ޗިލޭކްސް، ސިމްޕަލްސް އަދި ޕްރޮމްޕޯސަލް ވެސް އަކީ އާ ލަފުޒުތަކުގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.
ކުރިން ވެސް ބޭނުންކުރާ ބައެއް ލަފުޒަތަކަށް މާނަތަކެއް އިތުރުކޮށްގެން ވެސް ލަފުޒުތައް އާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހޭންގިން އާއި ސްޓީމިން ފާހަގަކޮށްލެވެ އެވެ.
މި ފަހަރު އާންމުކުރި ލަފުޒުތަކުގެ ކުރިން އޯއީޑީ އަށް އަލަށް އިތުރު ލަފުޒުތަކުގެ ތެރޭގައި ބައޭ އާއި ބާސްޓަޑްލީ އަކީ ވެސް ވަރަށް ފާހަކޮށްލެވޭ ދެ ލަފުޒެވެ.
އާ ލަފުޒުތުގެ ލިސްޓް އޭގެ ތަފުސީލުތަކާ އެކު ޓްވިޓާގައި ވެސް އޯއީޑީން ވަނީ ހިއްސާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްސޭ
12 June 2020
އަހަރެން އުޅޭ ކުންފުނީގައި އުފައްދައިގެން މިހާރު 20 އަހަރަށްވުރެ ގިނަދުވަސްވީ ބަހެއް އެކަމަކު އާ މާނައެއް. ބަޅިނދު . މާނައަކީ ވަރަށް ރީތި ޒުވާން އަންހެންކުއްޖެއް . މިހާރު ވަނީ މިބަހުގެ އާ މާނަ ފުދޭވަރަކަށް ވައިގައި ހިފާފައި. ބައެއް މީހުން އެމާނައަށް ޖޯކުވެސް ޖަހާ. އެމީހުންނަށް ދޭނެ ޖަވާބަކީ މަޑި މިބަހުގެ 4 މާނަ އޮވެއޭ . މޫދުގައި އުޅޭ މަޑި، ރުކު މަޑި، ބައިސްކަލް ސައިކަލް ގެ މަޑި ، އަދި ކަރުދާހުން ހަދައިގެން ބަރަނި ޖަހައިގެން އުދުއްސާ މަޑި.
ކައުންސެލަރު
16 October 2019
ދިވެހި ބަހުގެ އެ ކަޑަމީން ވެއްޖެއެންނު ރާއްޖޭގެ އެކިހިސާބުގައި ތަކެއްޗާ ކަންކަމަށް ބޭނުންކުރާ ބަސްތައް އެއްކޮށްފައި އެހުރިހާ ބަހެއް ރަދީފުގައި ހިމަަނަން. އޭރުން މިސާލަކަށް ދިވެހިބަހުން މިކިޔާ ރަތްމަސް އޭގެފަހަތުން ހުވަދޫމީހުން ކިޔާ ރަތުމަހަ ނުވަތަ އެހެން ހިސާބެއްގެ މީހުން ރަތްމަހަށް ކިޔާނަން ގެނެވިދާނެ. އޭރުން ދިވެހި ބަސް މުއްސަންދިވާނެކަން ދިވެހި ބަހުގެ އެ ކަޑަ މީއަށް އެނގޭނެ! ސަލާމް!
ޒިލް
16 October 2019
ތިއުޅެނީ ދިވެހި ބަސް މުންސަދި ކުރާކަށް ނޫން. ހުވަދޫ ބަހުރުވަ ޕްރޮމޯޓް ކުރަން. ތިކަމެއް ނުވާނެ
ތުއްތު
16 October 2019
މީ އާބަސް އުފެދޭ އަދި އުފަށްދާގޮތަކީ، ދިވެހި ބަހުގެ އެކަޑެމީ ނިކަން ދަސް ކޮށްބަލަ މިވާގޮތް. ދިވެހިންނާ ނުގުޅޭ ކިޔަން އުނދަގޫ އަބުއި ތަކެތި ދިވެހި ބަހޭ ކިޔާފަ ނުނެރި.
ހުސްނޫ
11 June 2020
މިތާނޫޅޭ ވާނުވާއިނގޭ އެކަކުވެސް! މަތިންތިރިއަށް ހަމަ އެކައްޗެއް!