ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު.
20 އޮކްޓޯބަރ 2019 - 13:37
ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު އައްޔަންކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ.
ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގަ އެވެ.
މަހާޒާއި ދިޔާނާގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި އިރު، މާދަމާގެ އެޖެންޑާގައި އޮތީ އެ މައްސަލަ ކަމާ ގުޅޭ ކޮމިޓީއަކަށް ފޮނުވުމެވެ. ދެ ބޭފުޅުން އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރަން ފޮނުވާނީ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ.
ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް ޖޭއެސްސީ އަށް ފުރަތަމަ ފޮނުއްވީ މަހާޒްގެ ނަމެވެ. އެ ނަމާ އެކު ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުށަހެޅި ގިނަ ބައެއްގެ ތެރެއިން ޖޭއެސްސީން ވަނީ މަހާޒާއި ދިޔާނާގެ ނަން މަޖިލީހަށް ފޮނުވަން ލަފާ ދެއްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ.
ޖޭއެސްސީން ނިންމީ މަހާޒާއި ދިޔާނާގެ ނަންފުޅަކީ "ހައިލީ ރިކޮމެންޑެޑް" ދެ ނަންފުޅު ކަމަށެވެ. އަދި ދެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަކީ "ރިކޮމެންޑެޑް" ބޭފުޅުން ކަމަށް ވެސް ވަނީ ލަފާ އަރުވައިފަ އެވެ. އެކަމަކު، ރައީސް މަޖިލިހަށް ފޮނުއްވީ މަހާޒާއި ދިޔާނާގެ ނަން އެކަންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވެސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި އެވެ. ގާނޫނުގައިވާ ގޮތުގެ މަތިން މި ބޭފުޅުންގެ ނަންތައް ވެސް ރައީސް މަޖިލީހަށް ފޮނުއްވާނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިތުރު ދެ ބޭފުޅަކު ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސިނު
20 October 2019
ޖުއާ ގަރާރު މަޖިލީހުން ސުޕްރީމް ކޯޓަށް ދާއިރު ރަގަޅުވާނެ ގޮތަށްބާ މަޖިލިސް ވޯޓު ދޭނީ؟ ކަލޯ މާދަން ލައްކަ ކަންކަން ސުޕަ މެޖޯރިޓީ ދައްކާލާނެ. ގަލަމަށް ދެލި އަޅައިގެން ތިބޭ!
ހިގޮ
20 October 2019
ދިޔާނާ އަކީ ރައްޔިތުން ބަލާ ނުގެންފަ ހުރި މީހެއް އެއީ ރައްޔިތުންނަށް އިތުބާރު ނެތީމަ ދެން ރަގަޅު ވާނީ ރައްޔިތުން ނަށް ފަޑިޔާރު ކަން ނުކުރިއްޔާ
އަލީ!
20 October 2019
ދެއަތަށް ކަނޑާމީހުން ކަމަކުނުދާނެ ހޮވާކަށް!
ކުޑޭ
20 October 2019
މަޖިލީހުގެ މެންބަރުންނަށް ގޮވާލަން ގައުމާމެދު ވިސްނަވައި މަހާޒު އައްޔަނުކުރުމަށް، ދިޔާނާއަކީ ސިޔާސީ ބޭފުޅެއް، އަންނި ވެރިކަމުގަ ސާކް ސެކެޓަރީ ޖެނެރަލްއަށް އައްޔަނުކުރީމަ އިސްތިއުފާދީފަ ނުކުތީ ސަރުކާރު ވައްޓާލަން
ސަންޕަ އަހަންމަދު
20 October 2019
މައްސަލައޭ ބުނީމާ ހީވަނީ ކޮންމެސް ކުށެއް ކޮށްގެން އުޅޭހެން.
މުރާސިލް
20 October 2019
ތިޔަތަނުން އެކަކު އުޅެނީ އެމްޑީއެން ޑިފާއު ކުރުމުގައި ވަރަށް ބުރަކޮށް. ކަޑައޭ!
0000
20 October 2019
އެންޑީޕީ ބާލާނީތޯ ބަހައްޓާނީތޯ ނިންމާނީ މާދަމާގެ ވޯޓުން. ސުޕަރ މެޖޯރިޓީ ދިނީ ސިޔާސީ މީހުން ކޯޓުތަކަށް ލާކަށް ނޫން. ރަގަޅަށް މަސައްކަތް ކުރާ ގާސީން ކުރި ނާރާނަމަމ ކޮންމެ މީހަކުވެސް އެކްޓިވިސްޓަކަށް ވެ މަގާމް ދަމައިގަތީމާ ގައުމު ދާނީ އަނގަވަތަށް!