މަހާޒަށް ރުހުން ދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ދެންމެ ތްރީލައިން ވިޕެއް ނެރެފި އެވެ.


އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މިއަދުގެ ބައްދަލުވުމަށް 50 މެމްބަރުން ހާޒިރުވެވަޑައިގެންނެވި އެވެ. އަދި މަހާޒަށް ރުހުން ދޭން ފެންނަ ކަމަށް 32 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގައި ފުރަތަމަ އެހީ ވެސް މަހާޒްގެ ނަމަށެވެ. މަހާޒްގެ ނަން ފާސްވުމާ ގުޅިގެން އިތުރު ނަމަކަށް ވޯޓަށް ނާހަ އެވެ. މަހާޒްއާ އެކު ރައްޔިތުންގެ މަޖިލިހަށް ދެން ފޮނުވީ، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ ނަމެވެ.