އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުން. (ކ-ވ) އާހިދު، ފިޔާޒް އަދި ފަޔާޒް.
20 އޮކްޓޯބަރ 2019 - 13:57
އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތަކުގެ ތެރެއިން ބޭފުޅަކު ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައްޔަންކުރާ އިންފޮމޭޝަން ކޮމިޝަނަރަކު ކަމުގެ މަގާމަށް އައްޔަންކުރަން ރައީސް ފޮނުއްވީ ހަތަރު ނަމެކެވެ. އެކަމަކު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމީ އޭގެ ތެރެއިން ތިން ނަމެއް ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ފޮނުވުމަށެވެ.
މަޖިލިހުގެ ތަޅުމަށް ފޮނުވި ތިން ނަމަކީ ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ އާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި ހ. ގުރުވަ އަހުމަދު އާހިދު ރަޝީދެވެ.
ކޮމިޓީން ނަންތައް ތަރުތީބުކޮށްފައި އޮތް ގޮތުން އެންމެ ފުރަތަމަ ވޯޓަށް އަހާނީ ފިޔާޒްގެ ނަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ދެން ފޮނުއްވި މ. ވެންކޫވަ، ފާތުމަތު ސައުޝަންގެ ނަން މަޖިލިހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައެއް ނުވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަޔާޒަކީ މިހާރު އެވިޑް ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަ އެވެ. އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ.
ފިޔާޒް ވަނީ ރާއްޖެ ޓީވީގެ ސީއޯއޯ ކަން ތިން އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވައިފަ އެވެ. ދުވަހު ނޫސް "ހަވީރު" ގައި ވެސް މަސައްކަތް ކުރެއްވި ފިޔާޒް ވަނީ ނޫސްވެރިކަމުގައި 18 އަހަރު ހޭދަކުރައްވައިފަ އެވެ. އޭނާގެ ނޫސްވެރިކަން ފެއްޓެވީ ކުރީގެ އާފަތިސް ނޫހުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރު މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ހަމަވެފައިވާތީ އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން ގާނޫނުގައި ބުނާ މުއްދަތު ހަމަވެ، އެ މުއައްސަސާ މިހާރު ވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. ގާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަންވާނެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އޮފީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކްް އޯމޯ
20 October 2019
އާހިދުގެ ވާހަކަދައްކާނެ މީހަކު ނެތީދޯ. އޭނަ އެހާސިޔާސީ ނޫންވީމަދޯ
ކަޅުކަޅު ދޮނޭ
20 October 2019
ކުލައެއްނެތް މީހަކު މިގައުމުގަ މިހާރު ނުހުންނާނެ.. އެއިގަ އުޅެނީ 3ވައްތަތެއްގެ ބައެއް.. އެއީ ކޮންމެގޮތެއް ވިޔަސް ޖީބު ބަރުވާނަމަ ވަރިހަމަ ބަޔަކާ، ގައުމުގައި ހިގާ ސިޔާސީ ކަންކަމާ ހުދުމުހުތާރު، ކަންކަމާ ނެޗުރަލް ބަންގާޅީ ޑިޒާސްޓާއާ ވައްކަމާ ދެކޮޅަށް ނުކުންނަން ބޭނުންވެ އެކަމް ފިޑިވެ ގޭގަތިބެ ހިހޫތަނުންކާން ތިބިބަޔަކާ، ގައުމު އިސްލާހުކުރަން ނުކުންނައިރު ދިމާވެދާނެ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލާން ނުކުތް ބައެކެވެ.. ވަﷲ އައުލަމް..
ޖުހާބެ
20 October 2019
ރަނގަޅި ފަޔާޒު
ސަޅި
20 October 2019
އާހިދު ނޫން މީހަކު ތިކަމަކަށް ނެއް ތިތާކު.
އާހިދާ
20 October 2019
ކުރިން ވޯޓަށް އެނހިޔަސް ނޭނހިޔަސް، ދަށުން މާކްސް ލިބުނަސް ނުލިބުނަސް، އާހިދަށްވުރެ ޤާބިލް މީހަކު ތިތާކު ނެތް. ދެން ތިބީ ހައްތަހާވެސް ކުލައާމެދު ސުވާލު އުފެދޭ މީހުން.
އަންޖަލީ
20 October 2019
ހަމަ ރަނގަޅަށް ތިބުނީ
އަހައްމަދޭ
20 October 2019
ފިޔާޒް ގަދަވާނެ
އެނގުނަސް
21 October 2019
ފިޔާޒް ކިޔެވިތަނެއް އަތުގައި އޮތް ފާހެއް ބުނެލަދީބަލަ.
ކަލޯބެއައްޔާ
20 October 2019
ރިދޫ ހުން ކޮންމެސް އިރަކު ޖެހިފަ ހުރި މީހަކަށް ނޫނީ މި ސަރުކާރުގެ ވަޒީފާއެއް ލިބޭނެތަ؟ ނަމުން މިނިވަން އަދި ޑިމޮކްރަސީ. ކަމުން މއގ އަށްވުރެ ވެސް ޚުދުމުޚްތާރު! މއގ ވާ ބަރާބަރަށް ގާނޫނުގެ ތަރަހައިގެ ތެރެއިން ޑިމޮކްރަސީއާ އާ ނުލައި. މީ މިނިވަން އަދި ޑިމޮކްރަސީގެ ވާހަކަ ތަތްމިނަށް އަގަ ހުޅުވާއިގެން ތިބެ އަނިޔާޥެރިވުމާ ފަޑިޔާރުން ކަތިލިުމާ މުޅި ދައުލަތަށް ރޯގު އެލިަމަންޓްތަކެއް ވެރިވެގަނެގެން ޚުދުމަުޚްތާރުކަން ހައްދުން ނެއްޓިފައިވާ ބައެއް!
ބަބުރަންޖީ ހާޖީ
20 October 2019
ހުސް ތާކުންތާކުންނުޖެހޭ މީހުން.