ޚަބަރު / މަތީ ތައުލީމު

ކޯޕަރޭޓް ސްކޮލަޝިޕާ އެކު މަތީ ތައުލީމަށް އާ ފުރުސަތެއް

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ސްކީމްގައި ބައިވެރިވި ބައެއް ކުންފުނިތަކުގެ ވެރިންނާއެކު، ނައިބު ރައީސް ފައިސަލް ނަސީމް (މ) އަދި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ފޮޓޯއަކަށް ހުއްޓިވައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުންފުނިތަކާ ގުޅިގެން "ކޯޕަރޭޓް ސްކޮލަޝިޕް" ގެ ނަމުގައި އާ ސްކޮލަޝިޕް ސްކީމެއް ސަރުކާރުން މިއަދު ތައާރަފުކޮށްފި އެވެ.

މި ފުރުސަތުގެ ދަށުން، ބޭރުގެ އެކި ޔުނިވާސިޓީތަކުން ރާއްޖެ އަށް ދީފައިވާ ޕާޝަލް ސްކޮލަޝިޕްގެ ބާކީ ބައި، ސަރުކާރުގެ ކުންފުންޏަކުން ސްޕޮންސާ ކޮށްދޭނެ އެވެ. އޭރުުން ފުލީ ފަންޑެޑް ސްކޮލަޝިޕަކަށް އެ ފުރުސަތު ބަދަލުވާނެ އެވެ.

ކޯޕަރޭޓް ސްކޮލަޝިޕްގައި މިސާލަކަށް، މެލޭޝިއާގެ ޔުނިވާސިޓީއަކުން ރާއްޖެ އަށް ދީފައި ވަނީ ހަމައެކަނި ޓިއުޝަން ފީ ސްޕޮންސާ ކޮށްފައިވާ ސްކޮލަޝިޕްތަކެއް ނަމަ ދަތުރާއި ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލައަށެވެ. އެކަމަކު، އެ ދަރިވަރު އަމިއްލަ އަށް ކުރަންޖެހޭ ޚަރަދުތައް ކޮންމެވެސް ކުންފުންޏެއް މެދުވެރިކޮށް ކުރެވޭނެ އެވެ.

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ސްކޮލަޝިޕް ސްކީމް ތައާރަފު ކުރަން އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްުޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަށް ބޭރުގެ ޔުނިވާސިޓީތަކާ މަޝްވަރާކޮށް، އެއްބަސްވުންތަކާ ހިސާބަށް އައިސްފައިވާ ކަމަށެވެ. އެ އެއްބަސްވުންތަކުގެ ސަބަބުން ސްކޮލަޝިޕްގެ ފުރުސަތުތައް ފަހިވުމާ އެކު، ޑިސްކައުންޓް ރޭޓެއްގައި ކިޔެވޭނެ މަގު ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، އެގޮތަށް ލިބޭ ފުރުސަތުތައް ބޭނުންކުރުމުގައި މާލީ ދަތިތަކެއް ހުރިކަން ފާހަގަކުވިގެން، އެހެންވެ އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކަށް ފެނުނީ މީހުން ބިނާކުރަން ޖެހިފައިވާ ބަޔަކާ އެކީ އެކަމައިގެން ކުރިއަށް ދިއުން ކަމަށް ވިދާޅުވި އެވެ.

މީހުން ބިނާކުރަން އަމިއްލަ ކުންފުނިތަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ބޭރުގެ ސްކޮލަޝިޕްތަކާ ގުޅިގެން ކުންފުނިތައް މަސައްކަތް ކުރަން ފެށުމުން، އިންސާނީ ވަސީލަތް ތަރައްގީ ކުރަން އެ ކުންފުނިތަކުން ކުރާ ހަރަދު ކުޑަވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސްކޮލަޝިޕްތަކަށް ދަރިވަރުން ހޮވާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެ އަށް ފަހު، އެ ސްކޮލަޝިޕެއް ސްޕޮންސާ ކުރި ކުންފުންޏަކާއި އެ ދަރިވަރަކާ މެދު އެއްބަސްވުމެއް ގާއިމްކުރާނެ އެވެ.

"އަޅުގަނޑުމެން މި ބަލަނީ މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް. ވަރަށް ގިނަ މީހުން ބިނާކުރުމަށް ހުޅުވާލެވޭ ދޮރެއް ކަމަށް،" ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް (މ) އަދި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގަންނަވަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގައި ބައިވެރިވި ސަރުކާރުގެ ކުންފުނިތަކަކީ، އެޗްޑީސީ، ދިރާގު، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެމްޓީސީސީ، އެސްޓީއޯ އަދި އެމްއޭސީއެލް އެވެ. އަމިއްލަ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ޓްރީޓޮޕް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ، ތަފާތު އެކި ދާއިރާތަކުން މީހުން ބިނާކުރަން އެ ކުންފުނިން ފާއިތުވި އަހަރުތަކުގައި ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، 2015 ވަނަ އަހަރުުން ފެށިގެން މިހާތަނަށް 35 ސްކޮލަޝިޕް ފުރުސަތު ދީފައިވާއިރު އެކަމަށް ދެ މިލިއަން ރުފިޔާ ހޭދަކުރި ކަމަށް ވިދާޅުވި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީ ތައުލީމް ފޯރުކޮށްދިނުމަށް ތަފާތު އެކި އެއްބަސްވުންތައް ހަދާފައިވާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 އެއްހާ ސްކޮލަޝިޕް ލިބޭނެ ކަމަށެވެ.

4 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 0%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ - އ

21 October 2019

އެހެން ދެއްތޯ... ކިޔަވައިގެން އައިމަ ވަޒީފާ ނުލިބޭ. ވަޒީފާ ދޭނީ އެކްޓިވިސްޓުންނަށް. އެކްޓިވިސްޓަކަށް ވިއްޔާ އެބަޔަކުގެ ސަރުކާރު އޮތް އިރެއްގަ...ނޫނީ ވަޒީފާ ނެތި. މިއީ ގައުމެއް.

The name is already taken The name is available. Register?

އައްޔުބް

21 October 2019

ވިޔާފަރީ އުޞޫލުން ހިންގާ ދައުލަތުގެ ކުންފުނިތަކަށް ޔާމީން ފުޓްބޯޅައަށް ޚަރަދު ކުރުވި ފަދައިން މިފަދަ ކަންތައް ކުރުމަކީ އެކުންފުނިތަކުގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ދަތިވާބެކަންތައްތައް. ކުންފުނިތަކަށް ސަރުކާރުން އަތް ބޭނުން ހުއްޓާލަންޖެހޭ. މިއީ ސީއެސްއާރ ގެ ދަށުންވެސް ކުރެވިގެންވާނެކަމެއް ނޫން. މީގެ ތެރެއިން ޕަބްލިކް ކުންފުނިތަކަށް އަތް ބޭނުން މުޅިން ހުއްޓާލަންޖެހޭ.

The name is already taken The name is available. Register?

ނިއުމާ މޫސާ

21 October 2019

ހުރިހައިކަމެއް ސަރުކާރުގެ ކުންފުނިތަކަށް، ވަޒީފާ އުފެއްދުން، މީހުން ތަމްރީންކުރުން، ސްކޫލުތަކުގެ އިނާމު ދިނުމުގެ ޖަލްސާ ސްޕޮންސާކުރުން، ރާއްޖޭގައި ކުރާހާ ވިޔަފާރިއެއްކުރުން، ސީއެސްއާރުގެ ދަށުން ސަރުކާރުގެ ވެރިންގެ ކަންކަން ފުރިހަމަކޮށްދިނުން، ސަރުކާރުން ގޮވާލީމަ ހުރިހައި ކަމެއްކޮށްދީ ޕްރައިވަޓް ސެކްޓަރާއި ޗެލެންޖުކޮށް ނައްތާލުން

The name is already taken The name is available. Register?

ލާމަސީލު

20 October 2019

ކީއްކުރަން ސަރުކާރު ކުންފުނި ތަކުން ކިޔަވާދެނީ؟ އެސްޓީއޯ އިން ވެސް ތިގޮތަށް ކިޔަވައިގެން ތިބި 4 ބޭފުޅުން ވަކި ކުރި ފިކުރާމެދު ޝައްކު އުފެދިގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454