އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ: ޕާކިސްތާނަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެއްވި.
26 ސެޕްޓެމްބަރ 2016 - 13:07
ނިއު ދިއްލީ (ސެޕްޓެމްބަރު 26) - އުރީގައި ޓެރަރިސްޓް ހަމަލާ ދީ އިންޑިއާ ސިފައިންގެ 18 މީހުން މަރާލި ހާދިސާ އަށް ފަހު އަވަށްޓެރި ޕާކިސްތާނާ ހަނގުރާމަ ކުރަން އިންޑިއާ އޮތީ ތައްޔާރަށް ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
އުރީގައި އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާން ކަމަށް އިންޑިއާ އިން ތުހުމަތު ކުރެ އެވެ. އިންޑިއާ އިން ބުނެފައި ވަނީ އުރީގެ މަރުކަޒުން ފެނުނު އަތު ބޮމާއި ކާތަކެތީގެ ޕެކޭޖުގައި ޕާކިސްތާނުގެ ބައެއް ނިޝާންތައް ހުރި ކަމަށެވެ.
މޯދީއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނީ ޕާކިސްތާނުން ލޭއޮހޮރުވުމެއް ބޭނުންވާ ކަމަށެވެ. އިންޑިއާ ސިފައިންނާ މެދު ފަޚުރުވެރިވާ ކަމަށާއި 18 ސިފައިންގެ މަރުގެ ބަދަލު ނުލިބި ނުދާނެ ކަމަށް މޯދީ ވަނީ އިންޒާރު ދެއްވައިފަ އެވެ.
"ދުނިޔޭގައި ޕާކިސްތާން އެކަހެރި ކުރަން ނުފުރޮޅާ އެންމެ ގާ ކޮޅެއް ވެސް ނުބާއްވާނަން. ވޭތުވެދިޔަ މަސްތަކުގައި އަވަށްޓެރި ގައުމުން ވަނީ 17 އަށް ވުރެ ގިނަ ފަހަރު ޓެރަރިސްޓުން އެކްސްޕޯޓްކޮށްގެން ގައުމު ހަލާކުކޮށްލަން މަސައްކަތްކޮށްފައި. އެކަމަކު އެ ހުރިހާ ހަމަލާއެއް އަޅުގަނޑުމެން ސިފައިން ވަނީ ނާކާމިޔާބުކޮށްލާފައި،" މޯދީ ވިދާޅުވި އެވެ. "ހިތްވަރު ހުރިއްޔާ ފަގީރު ކަމާ ދެކޮޅަށް ހަނގުރާމަ ކުރޭ. މޮޅުވަނީ ކޮން ބައެއްތޯ ބަލާނަން."
އެއްވެސް ހެއްކެއް ނެތި ޕާކިސްތާނުގެ ބޮލުގައި ބޮޑެތި ތުހުމަތުތައް އަޅުވާތީ ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވަނީ ފާޑުވިދާޅުވެފަ އެވެ. ނަވާޒް ޝަރީފް ވިދާޅުވީ އުރީގެ ހަމަލާއަކީ ކަޝްމީރުގައި ހިންގާ ޖަރީމާތަކަށް ކެތް ނުކުރެވުނު ބައެއްގެ ރައްދު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭސް
30 September 2016
އިނގިރޭސިން އިންޑިއާއަށް ދިން ވަދާއީ ހަދިޔާ... ގޮވަ ގޮވާ މިނިވަންވީސްސުރެ.
ޓެރަރިޒަމް
28 September 2016
ތި ހަނގުރާމަ ފެށުމަކީ މުސްލިމުންނަށް ލިބޭނެ ނަސްރެއް
ބޮޑުމުހައްމަދު
27 September 2016
މޯދީ ތިއުޅުއްވަނީ ކަޝްމީރުގަ އިންޑިޔާ ސިފައިން ހިންގާ ލާއިންސާނީ އަމަލުތަކުން ލިބޭ ފާޑުކިޔުންތަކުގެ މިސްރާބު އެހެން ދިމާލަކަށް އަނބުރާލަންތަ.
މަޒް
27 September 2016
މޯޑީ ތީ އިޒްރޭލް ބުނާގޮތަށް ކަންތައް ކުރާ މީހެއް
ހަމަ ބުއްދި
26 September 2016
ޕާކިސްތާން ވެސް އޮތީ އިންޑިއާ ޢާ ހަނގުރާމަ އަށް ތައްޔާރަށް. ދެގައުމަކީ ވެސް ނިއުކުލިއަރ ދެ ބާރު ކަމަށްވާތީ ދެފަރާތުންވެސް ހަމަ ބުއްދި އިސްކޮށް ހަނގުރާމަ އަކަށް ނުވެއްޓި ދެފަރާތުގެ މައްސަލަތަށް ވާހަކަ ދައްކައިގެން ހައްލުކުރެވޭތޯ މަސައްކަތް ކުރުން ވަރަށް މުހިއްމު.
ޒަބީބު
26 September 2016
ދުނިޔެ މިދަނީ މީގެކުރިންކޮށްފައިވާ ހިތި ތަޖުރިބާތައް ތަކުރާރު ކުރުމާ ދިމާއަށެވެ. ޔޫރަޕް އެމެރިކާ އަދި އޭޝިއާއިންވެސް ފެންނަމުންމިދަނީ މި ފަދަ ކަންކަމެވެ. ވެރިކަމަށް ނާއަހްލު ބަޔަކު ވެރިކަމާ ހަވާލުވުމުން އަބަދުވެސް މިފަދަ ހިތާމަވެރިކަންތައް ދުނިޔެވަނީ ތަޖުރިބާ ކޮށްފައެވެ.
އަލްމުދިޝް
26 September 2016
އިންޑިޔާ ގެ ކުރިމަތިލުން ވެގެންދާނީ މި އޭޝިޔާގެ ހަލާކަށެވެ.
ވިސްނާލީމާ
26 September 2016
އަނެއްކާ އަނެއްބުރަށް ދެބައިމީހުން ތޮޅޭނެކަމެއްނެތް! -އިބްރާހީމް-