ނައިބު ރައީސް ފައިސަލް ނަސީމް (ވ)، ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒްއާ ސަލާމް ކުރައްވަނީ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ މަހާޒް އައްޔަން ކުރަން.--- ފޮޓޯ: ރައީސް އޮފީސް
30 އޮކްޓޯބަރ 2019 - 12:56
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ދެންމެ ތްރީލައިން ވިޕެއް ނެރެފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މިއަދުގެ ބައްދަލުވުމަށް 50 މެމްބަރުން ހާޒިރުވެވަޑައިގެންނެވި އެވެ. އަދި މަހާޒަށް ރުހުން ދޭން ފެންނަ ކަމަށް 32 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.
އެމްޑީޕީ ޕީޖީ ގްރޫޕްގައި ފުރަތަމަ އެހީ ވެސް މަހާޒްގެ ނަމަށެވެ. މަހާޒްގެ ނަން ފާސްވުމާ ގުޅިގެން އިތުރު ނަމަކަށް ވޯޓަށް ނާހަ އެވެ. މަހާޒްއާ އެކު ރައްޔިތުންގެ މަޖިލިހަށް ދެން ފޮނުވީ، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ ނަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހެޔޮ ބަސް
30 October 2019
ސިޔާސީ ޕާޓީއެެއްގެ ތައްޕަހަށް ވެއްޓި ހަޑި ހާވާގެން ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަން ހޯދުމަކީ ވަރަށް ހަޑި ކަމެކެވެ
ނިކް
30 October 2019
ދެން މަލްޓި ޕާޓީ ޑިމޮކްރެސީއެއްގަ ޕާޓީތަކުގެ މެންބަރުން ވޯޓު ނުދީ ފަނޑިޔާރުން ހޮވާ ޤައުމެއް ދުނިޔޭގަ އޮތިއްޔާ އަންގާލަދެއްވުން އެދެން... މި ފެހި ޤާނޫނު އަސާސީގެ ދަށުން މިރާއްޖޭގަ ހުރިހާ ފަނޑިޔާރުންވެސް އައްޔަނު ކުރީ މިހެން.. ވިޕުވެސް ނެރުނުރު.. ހާދައޭ ހަނދާނަ ބަލީ ދެއްތޯ
ކެޓް
30 October 2019
ސުވާލަކީ ވިޕް ލައިންގެ އަގުއަދާ ކުރަން ނުޖެހޭނެ ތޯއެވެ؟
6666
30 October 2019
ސިޔާސީ މީހުން ކޯޓުތަކަށް ލައިގެން ނުވާނެ. ފަނޑިޔާޜުންނަކީ ސޯސަލްމީޑިއާގައި އެހާ އަނގަ ގަދަ ބައެއް ނޫން.
ޑީލް
30 October 2019
ވީމާ އެމްޑީޕީއަށް ލޯޔަލްވާން މަހާތަށް ޖެހޭނެ ތާއެވެ.
ޔާމީނު
30 October 2019
ފަނޑިޔާރަކު ޢައްޔަން ކުރުމަށް ސިޔާސީ ޕާޓީ އަކުން ވިޕް ލައިން ނެރުމަކީ ފަނޑިޔާރުގެ ސިޔާސީ ކުރަން ބޭނުންވާ ކަމުގެ ހެއްކެކެވެ.
ސުސަ
30 October 2019
ޖާބިރު ވަރަށް ރުޅިގަދަވާނެ މިހާރު
ސޮބުރީ
30 October 2019
ތިމާ ހިތްރުހޭ ބަޔަކުލައިގެން ކޮންކަމެއްތޯ ރަނގަޅުވާނީ
ތެދުތެދު
30 October 2019
ތުރީލައިން ވިޕް ނެރުން ކަޑަ. މި ބުނީ ދިޔާނާ އޯކޭ ވާހަކައެެް ނޫން.
މަބުނީ
30 October 2019
ދިޔާނާ މާބޮޑަށް ގާބިލް
ނޫން
30 October 2019
މަހާޒު އެންމެ އެކަށީގެންވަނީ.
ކުޑޭ
30 October 2019
އައިލަވްޔޫ އެމްޑީޕީ! މިހާރު ގަބޫލުކޮއްފިން ކޯޓްތައް ރަނގަޅުކުރުމަށް އެމްޑީޕީގެ އިހުލާސްތެރި ނިޔަތް އޮތްކަން