ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ވާހަކަދައްކަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
31 އޮކްޓޯބަރ 2019 - 18:05
ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ހިތްވަރު ސަރުކާރުގައި ނެތް ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ފާޑު ކިޔައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ފާޑުކީ ނޮވެމްބަރު 3، 1988 ގައި ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ދިވެހިންގެ ބަޔަކު ރާއްޖޭގެ ވެރިކަން ބަދަލުކުރަން ދިން އުދުވާނީ ހަމަލާގައި ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހު ޖަލްސާއެއް ބާއްވަން ކާނިވާ ސަރަހައްދު ނުދިން ކަމަށް ބުނެ އެވެ.
ޕީޕީއެމާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ނުދީ އެކަމާ ދެކޮޅަށް ކުރާ ހުރިހާ ކަމެއް ކަޑައްތުކުރާނެ ކަމަށް ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓާގުޅިގެން ސަރުކާރުގެ ނަގޫފިތިފައި ކަމަށެވެ. އަދި ސަރުކާރު ތެރޭގައި އޮތީ ހުސް ވައްކަން ކަމަށް ވިދާޅުވި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމަށް އަންނަ ހޮނިހިރު ދުވަހުގެރޭ ބާއްވާ ޖަލްސާއަކަށް ކާނިވާ ސަރަހައްދު ހޯދަން އެދުމުން، އެ ދުވަހަށް އެތަން ދޫކުރެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން އެންގީ މިއަދު ކަމަށް ޝުޖާއު ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ ކާނިވާ ސަރަހައްދު ނުދިނަސް ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އެއްވުން އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރު އައީ އެއްވެއުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ ވައުދާއެކު ކަމަށެވެ. އެކަމަކު ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅަށް ފުރުސަތު ނުދިނުން ލަދުވެތި ކަމަށް ވިދާޅުވި އެވެ.
"މި ޕާޓީއާ މި ކޯލިޝަން ދެމިއޮތްހާ ދުވަހަކު އެ ބޭފުޅުން ޒިކުރާ އާކޮށް އަދި މި ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރާނަން. އަޅުގަނޑުމެން ސަރުކާގައި ވެސް ދިޔައީ ނޮވެމްބަރު ތިނެއް ކުލަގަދަ ގޮތެއްގައި ނަސްރުގެ ދުވަސް ފާހަގަކުރަމުން އަދި މިއަދު އިދިކޮޅުގައި ތިބިގެން ވެސް ބޭނުންވޭ އެ ގައުމީ އަބްތާލުންގެ ޒިކުރާ އާކުރަން،" ޝުޖާއު ވިދާޅުވި އެވެ.
"އެހެންވީމަ މި ސަރުކާރު މި އޮތީ ބޮޑުތަނުން ފެއިލްވެފައި. މި ސަރުކާރުގައި ވައްކަން ނޫން ކަމެއް ނުހިނގާ. މި ހުރިހާ ކަމެއް ފޮރުވުމަށްޓަކައި އަޅުގަނޑުމެން ކުރާ ހުރިހާ ހަރަކާތެއް ހުއްޓުވަމުންދާ މަންޒަރު ފެނިގެންދަނީ،"
ޝުޖާއު ވިދާޅުވީ ފުލުހުންނާއި ސިފައިން ވެފައި ވަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށާއި އެކަމަކު އެ ދުވަސް ފާހަގަކުރުމުގެ ހިތްވަރު މި ސަރުކާރުގައި ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބައްޑޭ
02 November 2019
މިފަހަރު ނަސްރުގެ ދުވަސްވެސް ފާހަގަ ކުރާނެ، އަދި ނޮވެމްބަރު 5 ވެސް ފާހަގަ ކުރާނެ...
ކަލާގެޚައްޤުގާ
01 November 2019
ސުޖާއޫއޫއޫ ދެންތިޔަހެންތިބެލާ. މަމެންވެސް ކިހާދުވަހަކު ތިބީ ކަލޭމެންގެ ވެރިކަމުގާ ކިތައްއަހަރު. ތިޔަ މީހުންނަކައް ކެތެއްނުކުރެވޭނެ އަހަރެމެން ކުރިހިތްވަރެއް . ސުޖާއޫއޫއޫ ދެންވެސް އަވަހައް ގޮސް ބޮޑުރަޖާއަޅާލައިގެން ބޮޑުއަށީ ބިތްދޮށައް އެނބުރިއޮވެނިކަން ނިދާލަބަލަ އޭރުން ތިޔަވިއްޔޭ. ދެން ކަލޭމެން ގައުމު ކާލިވަރުމަދުވީދޯ އަދިވެސް ސުޖާއޫއޫއޫ ދެން ވަރަށް ސަލާމް»»»
ސަރުކާރުގެ
01 November 2019
މިވެސްރަޖިސްތްރާގައި އޮތްޕާޓީއެއްވީމަ ކޮންމެވެސް ވަހަކައެއް ދައްކަންޖެހޭނެތާ.
ސޮރުބެ
01 November 2019
މިއަހަރުގެ ނަސްރުގެ ދުވަސް މިހާރު ޕީޕީއެމަށް އައީތާދޯ؟ ނޫނީ ޝުޖާއު އަށް ލިޔަންކިޔަން ނޭގެނީބާ! އެއީ ކަލަންޑަރުގަ އޮތް ހިސާބު އަކުރު ނޭގެނީބާ! އަދުރޭހެނ ހިސާބަށްމާމޮޅީކަމަށްވެސް ވެދާނެ. ނޮވެމްބަރ 3 އަދި ފާހަގަ ނުކުރީކަމަށްވާނީ އެދުވަސް ދިޔާމަނު. ވައްކަން ދެން ކަލޭމެނަށްވުރެ ބޮޑަކަށް ބަޔަކަށް ނުކުރެވޭނެ.ގުދޯގުދޯ ނުގޮވާ ޝުޖާއު ހުޅުމާލެ ރެޑުވޭވަށް ވީގޮތްވެސް އެގޭ ދެން ޝުޖާއު ކޮންވާހަކައެއް.
ޕޫ
01 November 2019
އަޅެ ކިޔާދީބަަ
ރައްޔިތުބޭބެ
01 November 2019
ޝުޖާޢުމެނަށް ހީވާނީ ތިހިނެވެ. ފެންނާނީވެސް ތިގޮތަށެވެ. ވެރިކަމުގައި ތިބިދުވަހު ކަންކުރިގޮތެއް، ކޮށްލާފައިވާވަރުގެ ވަހަކަ ނުދެއްކޭނެއެވެ. ކަލޭމެންގެދުވަހާއި، އޭގެކުރީ 4 ދައުރު ދުށީމެވެ. ކަލޭމެންގެ ވެރިކަންފަދަ ގޮތެއްފޮތެއްނެތް ޚިޔާނާތްތެރި ވެރިކަމެއް ނުދެކެމެވެ. އެންމެރިތިވާނީ އަނގަގަދަކުރުމާއި ދުރުހެލިވެ، މަޢާފަށާއި، ޢަފޫޢުއަށާއި ތައުބާއަށްއެދި ދުޢާދެންނެވުމެވެ. ވިސްނަވާށެވެ!
ގައުމުގެ ދޫ
01 November 2019
އަބަދުވެސް ކޮންމެ ވެސް ކަމެއް ކުރަން ނުކެރޭނެޔޭ ކިޔާ ސަރުކާރާ ޗެލެންޖުކުރުން މި މީހުންގެ ކަމަކީ، މި އަށް ކިޔާނީ ގައުމުގާ ފިތުނަ އުފެއްދުން. މީގާ މަޖާ ތަންކޮޅަކީ އިދިކޮޅުގެ މައްޗަށް ހަމަ ކޮންމެ ޗެލެންޖެއްގާ ސަރުކާރު ބޮޑުތަނުން ކާމިޔާބު ހޯދުން. ދެން އެހެންވަންޏާ އިދިކޮޅުންވެސް ކޮންމެވެސް ސްޓަންޓެއް ޖައްސަންޖެހޭނެތާ އެހެންނޫނީ މިހާރު އެއްވާ ކުދިންކޮޅުވެސް ވައިވެގެން ނުފެނިދާނެ!
ކަނބިލި
01 November 2019
ތިޔަ މީހުންވެސް ރައްޔިތުންގެ ޒަމީރުތަ ކާ ކުޅެގެން ސިޔާސީ ފައިދާ ނަގަނީ. އިޚްލާސްތެރި ކަމެއް ނެތް
މީ ފިތުނަ
01 November 2019
މިއަށް ކިޔަނީ ފިތުނަ. ޥަރައްދެރަ ކަމެއް
ވަގުންހިފާ
01 November 2019
އެމްއެންޑީއެފް ގެ ވިކްޓަރީ ރަން އެބަ އޮތް. ހުޅުމާލެ އާއި ޖުމްހޫރީ މައިދާނުގައި ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް އެބަ އޮތް. ކަލޭމެން ދެން ކޮންހާ ދޮގެއް ހަދާކަށް؟