ރިޕޯޓް / ޕަބްލިކް ހެލްތު

އާއްމު ސިއްހަަތާ މެދު ބައެއް މިނިސްޓަރުންގެ ކަންބޮޑުވުންތައް

އާއްމު ސިއްހަތާ ބެހޭ މަހާސިންތާގައި ހިމެނޭ ޕެނަލް ޑިސްކަޝަނެއްގައި ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ހެލްތު މިނިސްޓްރީ

ޕެރެޑައިސް އައިލެންޑް ރިސޯޓުން،  މުހައްމަދު ނަސީމް، މިހާރު

04 ނޮވެމްބަރ 2019 - 18:45

7 comments

ރާއްޖޭގެ އާއްމު ސިއްހަތުގެ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ހުރިހާ ދާއިރާތަކަކުން އިސް ފަރާތްތައް ބައިވެރިވެގެން މިއަދު ފެށި "އާއްމު ސިއްހަތުގެ ބޮޑު މަހާސިންތާ" ގައި ސިއްހީ ދާއިރާގެ ބޭފުޅުންގެ އިތުރުން އާއްމު ސިއްހަަތަށް އަސަަރު ކުރުވާނެ އެހެން ދާއިރާތައް ވެސް ތަމްސީލު ކުރެ އެވެ. މަހާސިންތާގެ ފުރަތަމަ ސެޝަންގައި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ހަތަރު މިނިސްޓަރަކު ވެސް ބައިވެރިވަޑައިގެންނެވި އެވެ.

އެކި ދާއިރާތަކުން 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ މަހާސިންތާގެ ފުރަތަމަ ސެޝަންގައި ބައިވެެރިވެވަޑައިގެންނެވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، އެންވަޔަރްމެންޓް މިިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު ޝިދާތާ ޝަރީފެވެ. ޕެނަލް ޑިސްކަޝަނެއްގެ ގޮތުގައި ބޭއްވި އެ ސެޝަނުގައި ހަތަރު މިނިސްޓަރުންނަށް ވެސް ސުވާލުގެ ގޮތުގައި އަމާޒުވީ ކަންބޮޑުވުންތަކެވެ.

ތިމާވެށީގެ މައްސަލަތަކުގެ ކަންބޮޑުވުން

ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. ހުސައިން އަށް އަމާޒުވި އެއް ސުވާލަކީ ތޮއްޖެހިފައިވާ މާލޭގައި ބޭނުންކުރާ ގިނަ އަދަދެއްގެ ކެމިކަލްގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމާ ބެހޭ ގޮތުންނެވެ. އަނެއް ސުވާލަކީ މަދިރި ނައްތައިލުމަށް ބޭނުންކުރާ ކެމިކަލް ތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތުގެ ހައްލެވެ. މާލެ ތޮއްޖެހުމުގެ ސަބަބުން އުފެދިފައިވާ ގިނަ އެހެން މައްސަލަތައް ހައްލުކުރަން ކުރަނީ ކޮން މަސަައްކަތެއްތޯ ވެސް ސުވާލު ކުރި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހުސައިން ވިދާޅުވީ، ގިނަ މައްސަލަތަކުގެ އަސްލަކީ މާލެ ތޮއްޖެހިފައި އޮތް އޮތުން ކަމަށާއި އެއީ އެންވަޔަރްމެންޓް މިނިސްޓްރީ އަށް ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ތޮއްޖެހުމަށް ހައްލެއް ލިބިއްޖެ ނަމަ ސިއްހީ ގިނަ މައްސަލަތަކާ ކުރިމަތިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި އޮތީ ތޮއް ޖެހިފައި. ގާތްގަނޑަކަށް އެއް ލައްކަ އަށް ވުރެ ގިނަ މީހުން [މާލޭގައި] އެބައުޅޭ. މިހާ ކުޑަކުޑަ ސިޓީއެއްގައި މިހާ ގިނަ މީހުން އުޅުނީމާ ނުކުންނަަން ޖެހޭ އާއްމު ސިއްހަތާ ގުޅޭ މައްސަލަތައް ވެސް އެބަހުރި ބައިވަރު. ހަމަ އެއާ އެއްކޮށް އެއާ ގުޅިގެން ނުކުތް އިޖުތިމާއީ މައްސަލަތައް އެބަހުރި،" އެންވަޔަރުމެންޓް މިނިސްޓަރު ވިދާޅުވި އެވެ.

ތައުލީމީ ދާއިރާއާ މެދު ތަފާތު ކަންބޮޑުވުމެއް

ތައުލީމީ ދާއިރާގައި ދަރިވަރުންގެ ރައްކާތެރިކަމަށް ޓަކައި ނުކުރެވި ހުރި ކަންތައްތަކާ ބެހޭ ގޮތުން ޕްލޭނިން މިނިސްޓަރު އަސްލަމް ފާޅުކުރެއްވީ ތަފާތު ކަންބޮޑުވުމެކެވެ. އޭނާ ވިދާޅުވީ ދަރިވަރުންނާ މިހާރު ނުދެއްކޭ ބައެއް ވާހަކަތައް ދެއްކޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެެ. އެގޮތުުން، ޖިންސީ ކަންކަމުގެ ސަބަބުން ކުރިމަތިވާ ބައެއް މައްސަލަތަކުން ދަރިވަރުން ރައްކާތެރިވުމަށްޓަކައި އެ ވާހަކަތައް ވެސް ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރީގައި އަޅުގަނޑުމެން ގޭގެ މާހައުލުގައި އަޅުގަނޑުމެން މައިންބަފައިން ކިޔައިން ދިން ބައެއް އެއްޗހި އެބަަޖެހޭ ސްކޫލް މާހައުލުގައި ކިޔައިދޭން. ހާއްްސަ ގޮތެއްގައި އަޅުގަނޑު ދައްކަން މި އުޅޭ ވާހަކަަ އަކީ ހެދިބޮޑުވަމުން އަންނަ ކުދިންނަށް އެ މީހުންގެ ރައްްކާތެރިކަމުގެ ވާހަކަ އަސްލުގައި. ކިހިނެއް ކަން ބަހައްޓަންވީ، ކޮން ކަހަލަ ކަންތައްތަކެއްގެ ތެރެއަށް ތޯ ނުވަންނަންވީ، ވަނީމާ ވާނީ ކިހިނެއް ކަން، ސޭފްކޮށް އުޅެން އެބަ ދަސްކޮށްދޭން ޖެހޭ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، "ސެކްޝުއަލީ އެޑިއުކޭޝަން" ސްކޫލް މާހައުލަށް ތައާރަފު ކުރަން ޖެހެ އެވެ. އަދި، ލަދުވެތި ނޫން ގޮތަކަށް އެ ވާހަކަ ދެއްކޭނެ ގޮތެއް އޮންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އޮތީ ސިއްސައިގެންދާ މިންވަރަށް

ޕެނަލް ޑިސްކަޝަންގައި، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަ ރާއްޖޭގައި އޮތީ ސިއްސައިގެންދާ ފަދަ މިންވަރަކަށް ކަމަށެވެ. އެގޮތުން، އަނިޔާގެ ޝިކާރަ އަކަށް ވާ އަންހެނުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރު ކަމަށާއި އަންހެނުންގެ ސިއްހަތަށް ކުރާ އަސަރަކީ އާއިލާގެ ކޮންމެ ކުއްޖަކަށް ކުރާ އަަސަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދަރިވަރުންގެ ސިއްހަަަތަށާއި އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮކަމާއި މި ކަންކަން ރަނގަޅަށް ބެހެއްޓީމާ، އަަޅުގަނޑުމެންގެ ކޮންމެ އާއިލާ އަކަށް އުފަންވާ ކޮންމެ ކުއްޖަކަށް އޭގެ އަސަރު ކުރޭ. އަންހެނުންގެ ސިއްހަަތަށް އިންވެސްޓް ކުރުމަކީ އެއްގޮތަކަށް ވެސް އަންހެނަކަށް ވީތީ ކުރަނީކީއެއް ނޫން. އޭގެ ސަބަބުން މުޅި އިންސާނިއްޔަތަށް ހެޔޮ އަސަރުކުރާނެ،" އޭނާ ވިދާޅުވި އެވެ.

ޕަބްލިކް ހެލްތު ފޯރަމްގެ ފުރަތަމަ ސެޝަން ގައި ޖެންޑާ މިނިސްޓަރު ޝިދާތާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ޝިދާތާ ވިދާޅުވި ގޮތުގައި، އަންހެނުންގެ ދުޅަހެޔޮކަމާ މެދު ވިސްނާ ގޮތް ބަދަލުކުރުމަކީ އެންމެ ފުރަތަމަ ފިޔަވަޅެވެ. ކުދިން ރަނގަޅު ގޮތުގައި ބޮޑުކުރުމަށްޓަކައި ސްކޫލް މާހައުލާއި ތައުލީމީ ދާއިރާ ވެސް ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނީ ރަނގަޅު ޕަބްލިކް ހެލްތު ސިޔާސަތެއް އޮވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނޭޝަނަލް ކޮންފަރެންސް އޮން ރީވިޓަލައިޒިން ޕަބްލިކް ހެލްތު: ވާކިން ޓު ގެދާ ފޯ އަ ހެލްތިއާ ނޭޝަން" ގެ ނަމުގައި ތިން ދުވަހުގެ މުއްދަތަށް ބާއްްވާ މަހާސިންތާގައި، ސިއްހީ ދާއިރާއާއި އާއްމު ސިއްހަތާ ގުޅޭ އެހެން ގިނަ ދާއިރާތަކަކުން ގިނަ ބަޔަކު ބައިވެރިވެ އެވެ. މި މަހާސިންތާގައި، ޕަބްލިކް ހެލްތު ކުރިއެރުވުމުގައި ހުރި ގޮންކެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރާނެ އެވެ. އަދި ޕަބްލިކް ހެލްތު ކުރިއެރުވުމަށްޓަކައި ކަންކަން ތަންފީޒު ކުރާނެ ގޮތުގެ މަގު ޗާޓެއް އެކުލަވައިލާނެ އެވެ. އަދި ސިއްހީ ދާއިރާގެ ނަތީޖާތައް ހާސިލް ކުރުމަށް ތަފާތު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސް ކުރުމަށްޓަކައި ޕަބްލިކް ހެލްތް ޗާޓާއެއްގައި ވެސް ސޮއިކުރާނެ އެވެ.

7 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނބިލި

05 November 2019

ކަމަކީ އަނގަތެޅުން ދޯް

The name is already taken The name is available. Register?

ޗެކް

05 November 2019

މުޖުތަމައުގައި ވަރި ގިނަވަންޏާ ކިތައްމެވަރަކަށް ނަފްސާނީ ދުޅަހެޔޮކަމޭ ކިޔަސް މުޖުތަމައު ނަފްސާނީ ބަލިތަކުން ސަލާމަތެއް ނުކުރެވޭނެ! ހޮލީވުޑް ފިޔަވައި ދުނިޔޭގެ އެންމެ ވަރި ގިނަ ތަނަކީ ދިވެހިރާއްޖެކަމަށް ވަނީ! ހުރިހާ ވަޒީރުން އެކުވެގެން މިތަނުން ވަރިކައިވެނި މަދުކުރާ މަހާސިންތާއެއް ބާއްވަން އެބަޖެހޭ!

The name is already taken The name is available. Register?

ތިމާވެށި

04 November 2019

ސިނގިރޭޓް ، އެނާޖީ ޑްރިންކް ، ޖަންކް ފުޑް އަދި އަޖުނަމޮޓޯ މަނާ ކޮށް ބަލާށެވެ.

The name is already taken The name is available. Register?

ރާއްޖެ

04 November 2019

ތި މިނިސްޓަރުންގެ ޕެނެލްގަ ޕަބްލިކް ހެލްތް ކިޔަވާފަ ހުރި ހަމަ އެކަކުވެސް އެބަހުރިތަ؟ އެކަމަކު ތި އޯޑިއަންސްގަ ގިނަ ވާނީ އެ ކިޔަވާފަ އެކަމާ އުޅޭ މީހުން. ކަން ކަން ލީޑް ކުރަން މިތިބެނީ ދާއިރާގެ ތަޖުރިބާ ކާރުންނެއް ނޫން. ސިޔާސީ އަގަތަޅާ މީހުން.

The name is already taken The name is available. Register?

ވިސްނާބޮލުގާރިއްސާ

05 November 2019

ހަމަ އެކަނި ޕަބްލިކް ހެލްތު ކިޔަވައިގެން ތިބި މީހުންނެއް ނޫން، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ރިސްކްތައް ކުޑަކުރުމަށް ޓަކައި ހޭލުންތެރި ކުރުވުުމުގެ މަސަައްކަތް ކުރަންޖެހޭ އެންމެންވެސް. ސިއްހަތު ވަޒީރު ވިދާޅުވިހެން މައިންބަފައިންނާއި މުއްދައްރިސުންނާއި ކޯޗުންނާއި ގާނޫނު ހަދާ މީހުންނާއި ގާނޫނު ތަންފީޒު ކުރާ މީހުންނާއި ކެއުމުގެ ހިދުމަތް ވިއްކާ މީހުންނާއި ތަކެތި އެތެރެކޮށް ވިއްކާ މީހުންނާއި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ކޮބައިތޯ؟ ވިސްނާ

The name is already taken The name is available. Register?

ސުންބުލި

05 November 2019

ތިޔަ ބުނާ ހެލްތު ދާއިރާއިން ކިޔަވައިގެން ތިބި،ޑޮކްޓަރު ކަށިގަނޑު ހިފައިގެން އުޅޭ މީހުން ސިއްހަތު ވަޒީރުގެ ގޮނޑި ހޫނުކުރަން ތިބެގެންވެސް ވީ ކަމެއް ނެތް؛މުޅި ނިޒާމު ފުނޑާލާ ސިއްހީ ދާއިރާ އަނދަވަޅަކަށް ވެއްޓީ. މިހާރު ކިހާ ސަޅި،މިފަދަ ފޯރަމްތަކުގެ ވިޝަންގެ ބާނީއަކީ މިހާރުގެ ސިއްހަތު ވަޒީރު. އެހެންވީމަތާ އިނގިރޭސިވިލާތުގައިވެސް ސިއްހަތު ވަޒީރަކަށް ހުންނަނީ އިކޮނޮމިކްސް އަދި ޕޮލިޓިކްސް އިން ޑިގްރީ ހަދާ،އިކޮނޮމިކްސްއިން މާސްޓާސް ހަދާފައި ހުންނަ މީހެއް.

The name is already taken The name is available. Register?

ޝާޑު

04 November 2019

ވެމްކޯއިން ބަރާބަރަށް ކުނިއުކަން ނައުމަކީވެސް އަހަރެން އިންތިހާއަށް ކަންބޮޑުވާކަމެއް. ބަލިތަކަށް ދިވެހި އިންސާނާ ހުށައެޅޭކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454