ޚަބަރު / މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކާސްޓިން ކޮމިޝަނަށް މަރިޔަމް ވަހީދާ އާއި އަނާއާ އެކު ހަ ބޭފުޅަކު

ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލެއްވި އަނާ (ކ) އަދި މަރިޔަމް ވަހީދާ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ ދެ މަގާމަށް، ޓީވީއެމްގައި ކުރިން މަސައްކަތް ކުރެއްވި މަރިޔަމް ވަހީދާއި އާއި ވީޓީވީގެ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ އައިމިނަތު އަމީނާ (އަނާ) އާ އެކު ހަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ބްރޯޑްކޮމްގެ ދެ މަގާމެއް ހުސްވީ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވައި އަދި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތުމަތު ޒައިނާ ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިދިޔަ މަހު ފާސް ކުރުމުންނެވެ.

ޝަހީބްގެ ބަދަލުގައި އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައިވާ ގޮތުން ލިސްޓްގެ އެންމެ ކުރީގައި އޮތީ މަރިޔަމް ވަހީދާގެ ނަމެވެ.

ބްރޯޑްކޮމް އަށް ކުރިމަތިލެއްވި ބޭފުޅުން

- މަރިޔަމް ވަހީދާ، ގ. ހިލްމަން

- އައިމިނަތު އަމީނާ، ހަނދުވަރީގެ ލ. ކުނަހަންދޫ

- އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް

- ދިޔާނާ ތޯހިރު، ސެވަންސްޓަ، ސ. ހިތާދޫ

މި ހަތަރު ބޭފުޅުންގެ ތެރެއިން މަރިޔަމް ވަހީދާ ވަނީ މީޑިއާގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވައިފަ އެވެ. ނޫސްވެރިކަމުގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ އަނާ ވަނީ ނޫސްވެރިކަމުން މާސްޓާސް ޑިގްރީ ހާސިލްކޮށް އަދި ނޫސްވެރިކަމުގެ އިނާމް ދެ އަހަރަކު ހާސިލްކުރައްވައިފަ އެވެ.

ރާއްޖޭގައި ހުންނަ ސްވިޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމުގައި ވެސް ހުންނެވި މަރިޔަމް ވަހީދާ އަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ބޯޑުގެ ވެސް މެމްބަރެކެވެ. މަރިޔަމް ވަހީދާ ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޚަބަރާއި ޕްރޮގްރާމުތައް ހުށަހެޅުއްވި އެވެ.

ޒައިނާގެ ބަދަލުގައި ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އިރު، އިމްރާނާ ބިންތު އަބްދުﷲ އާ އެކު، އިތުރު ދެ ބޭފުޅަކު ވެސް ކުރިމަތިލެއްވި އެވެ. ރައީސް އިސްކަން ދެއްވި ތަރުތީބުން ނަމަ، ލިސްޓުގެ ކުރީގައި އޮތީ އިމްރާނާ އެވެ.

ކޮމިޝަނަށް ދެން ކުރިމަތިލެއްވި ބޭފުޅުން:

- ހަސަން އިރުފާނު، މއ. ބޮޑުމަގުގެ

- ޑރ. އިބްރާހިމް ޝިޔާމް މ. ކަފިޔަވިލު

ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރަން މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

19 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 17%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕްރެސްޓޯ

13 November 2019

މަރިޔަމް ވަހީދާމެން ވެސް ދެން ވެއްޖެއެއްނު އާ ބަޔަކަށް ފުރުސަތު ދީފައި މިކަމުން އެއްފަރާތް ވެލަން

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

12 November 2019

ސްވިޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމުގައި ވެސް ހުންނެވި މަރިޔަމް ވަހީދާ އަށް ތިމަޤާމް ލިބެންޖެހޭނެތާ!

The name is already taken The name is available. Register?

ގައުމީ ލޯބީގާ

12 November 2019

މަރިޔަމްވަހީދާއަށް ވެދުން ކުރާނެ މަގާމެއްތީ އަނާ ބެސްޓް

The name is already taken The name is available. Register?

އުމަރުބެ

12 November 2019

މިފަހަރު އާމިނަތު އަމީނާއަށް ފުރުސަތު ދިނުމަށް މަޖިލިހަށް ގޮވާލަން، އޭނާއަކީ ފުރުސަތު ދޭޖެހިފައިވާ ޒުވާނެއް، އަހަރެން ވަރަށް ތާއިދުކުރަން އޭނާ އެމަގާމަށް އައުމަށް، މަރިޔަމް ވަހީދާއަކީވެސް ގާބިލު ބޭފުޅެއް އެކަމަކު ކުރިންވަނީ އެތަކެއް ދާއިރާއަކުން ފުރުސަތު ލިބިފައި

The name is already taken The name is available. Register?

ކޮރަލް

12 November 2019

ފިރިހެނުންނަށް ވ ފުރުސަތު ކުޑަ އެވެ. ބަދިގޭގަ މަޑު ކޮށްލާށެވެ.

The name is already taken The name is available. Register?

މާމިގިލީ އާދަނު

12 November 2019

ތިޔަ ކޮމިޝަނުން ބަލައިދީބަލަ އަރިއަތޮޅަށް ދިވެހި ރާއްޖޭގެ އަޑު ކިޔާ ރޭޑިޔޯގެ ސިގްނަލް ނުދޭ ސަބަބެއް،،،، އެވެރިންގެ މާލޭ ރޭޑިޔޯ ވީމަ ރާއްޖެތެރޭ މީހުނަށް ޚިދުމަތް ދޭން ނުޖެހެނީދޯ... އެކަމު ރޭޑިޔޯގެ ޚިދުމަތުގެ ވާހަކަ ކިޔާއިރު ބުނާނެ މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދޭ ވާހަކަ

The name is already taken The name is available. Register?

މަރޭ

12 November 2019

ޢަހަރެން އަމީނާ

The name is already taken The name is available. Register?

ބަދީއު

12 November 2019

ރެގިއުލޭޓަރީ އޮތޯރިޓީ ތަކަކީ އުމުރުން ދުވަސްވީ ތަޖުރިބާކާރުން ލާންޖެހޭ ތަނެއް. ރާއްޖޭގައި މިތަންތަނަށް މިލަނީ ކަމުން ދެރަ ނަމުން މަޝްހޫރު މީހުން. މިއީ ވަރަށް ދެރަ ކަމެއް.

The name is already taken The name is available. Register?

ހަމް

12 November 2019

މަރިޔަމް ވަހީދާއަކީ އެހާ ޒުވާނެއްނޫން. 45 އިން މަތިވާނެހެން ހީވޭ.

The name is already taken The name is available. Register?

ޜިފްގާ

12 November 2019

ޢަނާ ގުޑްލަކް.

The name is already taken The name is available. Register?

އިހޫ

12 November 2019

ޔެސް.. އަންހެން ވެރިން!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454