ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު މަޖިލީހަށް ހަދިޔާކުރެއްވި ގަސްތައް، މަޖިލީހު ރައީސް ނަޝީދު ބައްލަވާލައްވަނީ.-- ފޮޓޯ: މަޖިލިސް
12 ނޮވެމްބަރ 2019 - 10:50
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހަށް މިއަދު ގަސްތަކެއް ހަދިޔާކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކާށިދޫ އިން މަޖިލީހަށް ބަގީޗާ ގަސްތަކެއް ހަދިޔާކޮށްފައިވާ ކަމަށެވެ. އެކަމަށްޓަކައި ނަޝީދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު މަޖިލީހަށް ހަދިޔާކުރެއްވި ގަސްތައް.-- ފޮޓޯ: މަޖިލިސް
ނަޝީދު ވިދާޅުވީ ކާށިދޫ އަކީ ދަނޑުވެރިކަމާއި ގަސް ހެއްދުމުގައި ވަރަށް ކުރީގައި އުޅޭ ރަށެއް ކަމަށެވެ.
ރިސޯޓުތަކާއި އަލަށް ހިއްކާ ބިންތަކަށް ރަށްރަށުން ގަސް ގެންދިއުމަކީ މީހުން ވަރަށް ގިނައިން ޝަކުވާ ކުރާކަމެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ތަންތަނަށް ބަގީޗާ ގަހާއި އެކި ކަހަލަ ގަސްތައް ބޭނުންވާކަމަށް ނަޝީދު ވިދާޅުވި އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު (ވ) މަޖިލީހަށް ގަސްތަކެއް ހަދިޔާކުރެއްވުމަށްފަހު މަޖިލީހުގެ ރައީސް ނަޝީދާ ސަލާމްކުރައްވަނީ .-- ފޮޓޯ: މަޖިލިސް
އެހެންވެ އެއް ރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމާ ގުޅޭ އުސޫލުތަކެއް ހަދަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ހުރި ރުއްގަސްތަކުގެ މަތިވަރު ގޯސްވެފައިވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ރުއްގަސްތައް އަލުން އިންދަން ޖެހިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިބޫ
13 November 2019
ތީކޮން ސިހުރެއް
އިހުމާލް
12 November 2019
ތިޔަޖެހުނީ 6 ކަންތަށް، މާދަން ތިޔަކަމުގެ ޝަރީއަށް ފަށަންޖެހޭނެ،
ބޮޑުމީހާ
12 November 2019
ކާށިދޫ މީހުން ޖާބިރަށް ގަސްވެސް ދޭ ތަ!
އިހުމާލް
12 November 2019
ޖާބޭގެ ކާށިއޮތީ ދޫވެފަ
ރަދީފު ބިން ރަފައިދާ
12 November 2019
ޖާބިރޫ! ކާށިދޫން ކާށިކޮޅެއްވެސް މަޖުލީހަށް ހަދިޔާކޮށްދީބަލަ. އޭރުންތާ މީރުކޮށް މަސްހުނި މޮޑެވޭނީ.
ޒުވާނާ.
12 November 2019
މމ މާލޭން ކާށިދޫއައް ގެންދަން ޖެހޭ އެއްޗެއް ކާށިދޫން މާލެޔައް ޖާބިރު ހީނުކުރާތި އިންކަ މް ޓެކްސް ނުދައްކަ ތިހެން އަދި ސަލާ މަތް ވާނެކަ މައް ނުވާނެ
މުއައްމަރު
12 November 2019
ޖާބިރު ތި ގަސްކޮޅު ހަދިޔާ ނުކޮށް ވިއްކާފަ, މަތިވެރީ ކައުންސިލަށް ދައްކަން ޖެހޭ 2.7 މިލިއަން ރުފިޔާ ދައްކަބަލަ!
ސާންތިބޭ
12 November 2019
މިއޭމައްސަލައަކީ. މަޖިލިސްކުރާގޭގައި އިންދާނެގަހެއްނުޖެހޭ މީހަކު ހަދިޔާކުރާކަށް. މައްސަލައަކީ މިހާރުގެ ބަހުރުވައިން ހަދިޔާ ގޫގުލް ޓްރާންސްލޭސަނަށް ބަދަލުކޮށްލާއިރު އަންނަނީ ކަރަފުސަނާއި ފަސާދަޔަށް ނުވަތަ ލޯނަށް ކަމަށްވާތީ.
ކޭބަލް ކާރު
12 November 2019
ކޮބާ؟ ތިފެންނަނީ މާލޭ މީހުން ކާށިދޫ އަށް ބިން ގަންނާށާއި ޑޮކްޓަރަށް ދައްކަން ކޭބަލް ކާރުގައި ދާންޖެހޭނެ ކަމަށް ޖާބިރު ބުނިވާހަކައިގެ ކޮޅުމަތި! ގަސްތައްވެސް ކާށިދޫއިން މާލެއަށް ތިގެންނަނީ އެވެސް އަދި މަޖިލީހަށް. ދުވަސްކޮޅަކުން ބެންކޮކް ކުދިންވެސް ކާށިދޫ އިން މާލެ ގެންނާނެ.
މޭން
12 November 2019
ޖާބިރު އީޒް ދަ މޭން. އަބަދުވެސް ޖާބިރު އޮންނަނީ ހެޑިންގައި. މޭން އޮފް ޖަޒީރާ.
ފުންއަސަރު
12 November 2019
މިޖާބިރަކީ ހަމަ މޭންއެއް!