ހުޅުމާލެ ހޮސްޕިޓަލުގައި މިދިޔަ ބުރާސްފަތި ދުވަހު ކަށީގެ ފުރަތަމަ އޮޕަރޭޝަން ކުރަނީ.- ފޮޓޯ: އައިޖީއެމްއެޗް
12 ނޮވެމްބަރ 2019 - 17:46
ހުޅުމާލެ ހޮސްޕިޓަލުގައި ކަށީގެ އޮޕަރޭޝަން ކުރަން ފަށައިފި އެވެ.
އެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މާރިޔާ ސައީދު "މިހާރު" އަށް މިއަދު ވިދާޅުވީ އައިޖީއެމްއެޗާ ގުޅިގެން މިދިޔަ ހަފުތާގެެ ބުރާސްފަތި ދުވަހު އޮޕަރޭޝަން ފަށާފައިވާ ކަމަށެވެ. އަދި ކޮންމެ ހަފުތާއަކު، ސަރުކާރުގެ މައި ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރުން ވެސް ހުޅުމާލެ ހޮސްޕިޓަލުުގައި އޯޕީޑީގައި ބަލި މީހުން ބަައްލަވާނެ ކަމަށް ވިދާޅުވި އެވެ.
އައިޖީއެމްއެޗާ ގުޅިގެން އާސަންދައިން ކަށީގެ ހިދުމަތް ފުޅާކުރީ ހުޅުމާލެ ހޮސްޕިޓަލުގައި ވަސީލަތްތައް ނެތުމުގެ ސަބަބުންނެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ވެސް ކަށީގެ ޑޮކްޓަރެއް ހުރެ އެވެ. ނަމަވެސް ކަށީގެ އޮޕަރޭޝަނެއް ކޮށްފައެއް ނުވެ އެވެ. އެ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ކަށީގެ އޮޕަރޭޝަންކޮށްދެއްވީ ޑރ. ޔޫސުފް ޝާނެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި މިދިޔަ ބުރާސްފަތި ދުވަހު އޯޕީޑީގައި ޑރ. ޒާހިރު މީހަކު ބައްލަވަނީ.- ފޮޓޯ: އައިޖީއެމްއެޗް
މާރިޔާ ވިދާޅުވީ ޑިމާންޑް އޮތް މިންވަރަކުން ކަށީގެ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ކުރާނެ ކަމަށެވެ.
"ކެޕޭސިޓީ ނެތީމަ އައިޖީއެމްއެޗްގެ އެހީގައި ހިދުމަތް ދޭން މި ފެށީ. މީގެ ކުރިން އޮޕަރޭޝަން ކުރުމަށް އައިޖީއެމްއެޗަށް ރެފާ ކުރާނީ،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަށީގެ ހިދުމަތް ފުޅާކުރަން ބޭނުންވާ ވަސީލަތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ އަނިޔާތަކަށް ފަރުވާދޭ ގައުމީ މަރުކަޒު ހުޅުމާލެ ހޮސްޕިޓަލުގައި ގާއިިމްކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީސީ
13 November 2019
ކަށީގެ ޚިދްުމަތް ފުޅާކުރަން ބޭނުންވާ ވަސީލަތްތައް ދެނެގަތުމުގެ މަސައްކަތްކުރާ ގޮތަށް ކަށީގެ ބަލިތައް މަދުކުރެވޭނެ ގޮތްގޮތް ދެނެގަނެ އެކަމާމެދު މީހުން ހޭލުންތެރިކުރަންވެސް މަސައްކަތްކޮށްދެއްވާ. ކަށީގެ ކަންކަމުގައި އަޅާވޭނުގައި އުޅެންޖެހުމުގެ ކުރިން އެކަންނުވާނެ ގޮތެއް ދެނެގަނެވެން އޮތްނަމަ ވަރަށް ރަގަޅު،.
ފުންއަސަރު
13 November 2019
ޑިމާންޑް އޮތް މިންވަރަކުން ކަށީގެ އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ކުރާނެކަމަށް ތިޔަ ވިދާޅުވަނީ އެކަމަށް ހަމަ އެއްވެސް ތަރުޚީބެއް ނުލިބޭތީތޯ؟ ޔަގީންވެ އެނގޭކަމަކީ ތީން ކޮންމެކަމެއް ފެށިޔަސް ބޮޑުކިއުއެއް އޮވެ އެކިޔުގާ އަހަރުދެއަހަރު ނަގަން ޖެހޭކަން. އެކަމަކުވެސް ތިޔަވިދާޅުވަނީ ޑިމާންޑް އޮތްވަރަކުންނޭ. ސުބުހާނަﷲ! ބަލިމީހަކަށް އެކަށީގެންވާ ފަރުވާ ނުލިބި ހަފްތާއެއްވަރު ވިޔަސް އެވާނީ އަހަރު ދެއަހަރަށް! ދެންވީ ތިކަންވެޔޭކިޔާފަ އާސަންދަނުދީ ތިބެން.