ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި: އަފްރާޝީމްގެ މަރާ ގުޅޭ ރިޕޯޓް ކަމާބެހޭ ފަރާތްތަކަށް ވަނީ ފޮނުއްވާފައި -- މިހާރު ފޮޓޯ/ހުސެއިން ވަހީދު
14 ނޮވެމްބަރ 2019 - 17:55
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓް ކަމާބެހޭ ގުޅޭ މުއައްސަސާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފޮނުއްވައިފި އެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ދާދި ފަހުން ވަނީ އަފްރާޝީމްގެ މަރާ ގުޅިގެން އެ ކޮމިޝަނުން ކުރި ތަހުގީގު ނިންމައި، އެ ތަހުގީގުގެ ރިޕޯޓް ރައީސަށް ފޮނުވައިފަ އެވެ. އެކަމަކު އެ ތަހުގީގުގެ ހޯދުންތަކެއް އެ ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގެ ތަފްސީލީ ރިޕޯޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށާއި ފުލުހުންގެ އިދާރާ އާއި ކައުންޓަ ޓެރަރިޒަމް ޔުނިޓް އަދި ރައްޔިތުންގެ މަޖިލީހަށެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމީ ޖަލްސާ ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓުގައި ހިމެނޭ މައުލޫމާތު ވެސް އާންމު ކުރައްވާނެ ކަމަށެވެ.
އަފްރާޝީމްގެ މަރާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަފްރާސް
15 November 2019
ތިޔަ ރިޕޯޓް ބަލައެއް ނުގަނެވޭ. ކުރީގައި ޕޮލިސް ގެ ބަހާއި ތި ކޮމިޝަންގެ ބަހާއި ދިމައެއް ނުވޭ. ޢެހެންނޫނަަސް އެއީ ސިޔާސީ ކަމެއް ކަމަށް ކުރިން އެންމެންވެސް ގަބޫލު ކުރީ. ދީނީގޮތުން ހައްދު ފަހަނަ އަޅާފަ ތިބިބަޔަކު އަފްރާސީމް މަރަން އައިކަމަށް ބުނުމަކީ މިގައުމުގެ މީހުން ބަލައިގަންނާނެ ކަމެއް ނޫން.
ނިއުމާ މޫސާ
15 November 2019
ކަމާބެހޭ ފަރާތްކުގައި ކުރިންވެސް ތިޔަ މައްސަލައޮތް، ކަމެއްވިތޯ؟ ތިޔަ ރިޕޯޓްދޭންޖެހެނީވެސް ވަކި ކޮމެޓީއަކަށް، ފުލުހުންގެ ތެރެއިން ވަކި ކޮމެޓީއަކަށްދީގެން ވަކި މުއްދަތެއްގެ ތެރޭގައި ތިޔަ މައްސަލަ ނިންމައި އަނިޔާލިބުނު މީހުންނަށް ހައްގު ހޯދައިދޭންވާނެ
ދިވެހިދަރި
15 November 2019
ކޮންމެ ގައުމެއްގަވެސް އެކިކަންތައް ކުރަން އެކި މުއަސަސާ ހުރެއެވެ. އެގޮތުން ރާށްޖޭގަވެސް ފުލުންނާ ކޯޓްތައް ހުރި އިރު ރައީސް މިކަން ކުރަންޖެހުމުން ވަރަށް ސުވާލު އުފެދޭ, ސަރުކާރުން ފޮރުވަން ބޭނުން ކަންތަކެއް މީގަ ހުރިހެން ވަރަށް ހީވޭ. ނޫނީ ކުރީގެ ދައުރުތަކުގައި ހުރިހާކަމެއްވެސް ރައީސް ކުރައްވާގޮތަށް އޮންނަ އޮތުމަށް ރުޖޫއަ ވަނިބާވޭ ހިތަށް އަރާ,,,
ޖިއްދާ
14 November 2019
ކައުންޓަރ ޓެރެރިޒަމް ޔުނިޓަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސް ތެރޭގައި ހިންގާ ޔުނިޓއް. ސަރުކާރުގެ ލިޔެކިޔުން ބަދަލުކުރެވޭނީ މައިއިދާރާއަށް
ހަބީބާގެ ދަރި
14 November 2019
އިބޫއަކަށް އިތުބާރެއް މިއަދު ނެތް! އިބޫ އަކީ ނަޝީދުގެ ޕަޕެޓެއް! އިބޫގެ ނެތް ގައުމުގެ ކަންކަން ހުޝިޔާރު ކަމާއި އެކު އަދި މުރާލިކަމާއި އެކު ކުރުމުގެ ވިސްނުމެއް! ރައީސް އޮފީހުގައި މުޅިންވެސް ނަޝީދުގެ ކުދިންކޮޅު!
ސޮގް
14 November 2019
އަޖައިބެއް ތިކަން އޭރުވެސްވަނީ ތިޔާގިތަށްކޮށްފައޭ އިތުރު ކޮންކަމެއްތޭ ކުރެވުނީ
ހިޔާލީ ފޮލާ
14 November 2019
ކުރީފަރހަރު އެއުޅޭ ސޫދު ހެދިއެއްޗަކުން އިބްރަތް ލިބިގެން މިފަހަރު އަތަށް ގޮވިޔަ ނުދޭން އެޅި ފިޔަވަޅެއްހެން ހީވަނީ. ސޫދަކީ ދިފާއީ ވަކީލެއް. ހިހޫތަނުން ކައިގެން އުޅެން ވަރަށް ކުޅަދާނަ މީހެއް. ޚިޔާލީ ފޮލާ ކުރީ ރިޕޯރޓްގައި ހުރިހެން މިފަހަރުވެސް ހުންނާނެހެން ހީވޭ.
ނުބެހޭ ކަންތަކާ ނުބެހޭ
14 November 2019
ރައްޔިތު މީހާ އަށް އެގެން އެކަން ޖެހޭކަށް ނުޖެހޭނެއެވެ. ރައަޔިތު މީހާ ބޭނުން ވާނީ ކަރަންޓް އަގު ހެޔޮ ކުރަނީ ކޮން އިރަކުން ތޯ ފްލެޓް ލިބޭނީ ކޮން އިރަކުން ތޯ އެގޭށެވެ. މި ރިޕޯޓްގައި ހުރި އެއްޗެއް އެގެން ބޭނުންވާ ފަރާތް ތަކަށް އެ އޮތީ ގޮނުވާފައެވެ.
abdulla
14 November 2019
ރިލްވާނު ރިޕޯތުން އެއްޗެއް ސާފުވިތަ، ތިވެސް ވަޔަށް އަރައިގެން ދާނީ
ތުނިޔަ
14 November 2019
ރައްޔިތުމީހާޔަށް ތިރިޕޯޓުގަ އޮތް އެއްޗެށް އޮޅުން ފިލާނީ ކޮންއިރަކުބާ؟