މާލެ: ޖުލައި 24، 2018: ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ފައިސަލް އާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމުގެ ގޮތުން ސުޕްރީމް ކޯޓުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
26 ނޮވެމްބަރ 2019 - 11:11
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް އެޖެންޑާ ކުރަން ނިންމައިފި އެވެ.
މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފަނޑިޔާރު ޣަނީ ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުން މާދަމާ އޮންނަ މަޖިލިހުގެ ޖަލްސާގައި އިއުލާން ކުރަން ރިޔާސަތުން ނިންމާފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިހުން ޣަނީ ވަކިކުރަން ނިންމައިފި ނަމަ، ސުޕްރީމް ކޯޓުގެ ކުރީގެ ހުރިހާ ފަނޑިޔާރުން ބަދަލުވީ އެވެ.
އެކަމަކު ނަޝީދު ވިދާޅުވީ ފަނޑިޔާރުން ބަދަލުވެގެން އެކަނި ޝަރުއީ ނިޒާމު އިސްލާހު ވެދާނެ ކަމަށް ގަބޫލު ކުރައްވަން ދަތި ކަމަށެވެ. ފަނޑިޔާރުންގެ އިތުރުން ޝަރުއީ ނިޒާމު ހަރުދަނާކޮށް ފަނޑިޔާރުންނަށް ދިމާވާ ދަތިތައް ބެލުމަކީ ވެސް ކުރަން މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
ޣަނީއާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ބުދަދުވަހު އެވެ. އެކަމަކު، ޣަނީ ފަނޑިޔާރު ކަމުން ވަކިކުރަން އުޅެނީ ކޮން ސަބަބުތަކާ ހުރެ ކަމެއް ޖޭއެސްސީ އިން އަދި ހާމައެއް ނުކުރެ އެވެ.
ޣަނީ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމައި، އޭނާ ވަނީ ގާނޫނުގައި ބުނާ ގޮތަށް، 60 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ.
ރ. އަލިފުއްޓަށް އުފަން ޣަނީ 2000 ވަނަ އަހަރު ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ ޝަރީއާ އެންޑް ލޯގެ ދާއިރާއިން މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީންނެވެ. ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ. ޣަނީ ވަނީ މީގެ ކުރިން ހައި ކޯޓުގައި އަދި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ފަނޑިޔާރު އަބްދުﷲ އަރީފް ދާދި ފަހުން ވަނީ ރިޓަޔަ ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އާ ރައްޔިތުންގެ މަޖިލިހުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް ފާސްކުރި ތިން ކަމަށް ވާ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ފަނޑިޔާރުންގެ ބެންޗު ފުރިހަމަކުރުމަށް އަލަށް ހަތަރު ފަނޑިޔާރުން އައްޔަންކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
26 November 2019
ފަޑިޔާރުން ބަދަލުކުރަން ޖެހެއެވެ. ހަމަ އެގޮތަށް ޖޭއެސްސީގެ ކޮމްޕޮސިޝަންވެސް ބަދަލުވާން އެބަޖެހެއެވެ. ތިހެން ހެދުމުގެ ސަބަބުން އިންސާފުލިބެނީ އެއްބަޔަކަށް.
ގިނިކަނދު
26 November 2019
ކޮންމެ މީހަކުވެސް ހީކުރަމުން އައީ ތިމާނޫން މީހުންނަކީ އެއްވެސް ބައެއް ނޫންކަމަށް އެހެންތާ ވާނީ ތިމާ މީނީ ބޮޑު ގޮނޑީގަ ޙުކުމް ކުރަންވިއްޔާ އެކަމަކު ﷲ އަށް ބިރުވެތިވާހެނެއް ހިއެއްނުވޭ ތިމާއަށް ތިމާ ފެނިފަ އިންނަވަނީ ހީކުރާ ކަހަލަ ޢުމުރަށް މި ބޮޑާކަމުގަ ގޮނޑީގަ އިނދެވޭނެކަމަށް އެކަމަކު އެހެން ނުވިތާ އަދި ވިސްނޭނެ ގޮޑީގަ އިނދެ ކުރެވުނު ކަންތައް އެކަމަކު ވަގުތު ފާއިތުވެއްޖެ
ޖަމީލުބެ
26 November 2019
ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި "ޑިމޮކްރަސީ ދޮންވެ ފަންކާވަނީ" އެވެ. ﷲ އަޢްލަމު
ހިޔަޅު ބުއްދި
26 November 2019
"ކުޑަ ދޮރުން" ސުޕްރިމް ކޯޓަށް ވަތް ބޭފުޅެއް. ކަމުދާ ބޭފުޅެއް ނޫން.
ހަވަރު
26 November 2019
މީތި ކަޑަ.
989658
26 November 2019
މިސްކިތަށް އަރާ ނަމާދު ކޮށް، ރޯދަހިފާ، ހެޔޮކަންކަމަށް އަމުރުކޮށް ނަފުސުގެ ނުބައިކަމުންނާއި، ހަސަދައާއި، ފިތުނައާއި، ﷲ ހައްދު ކަނޑައަޅުއްވާފައިވާ، 5 ކަންތައް ކަމުގައިވާ، ދީން ހިމާޔަތްކުރުމާއި، މުދަލާއި، އަބުރުއާއި، ބުއްދި އަދި ނަފްސު ރައްކާތެރިކުމަށް ގޮވާލާ ގޮވާލުން ގޯސްވެގެން މިއުޅެނީ؟ އެކަންކަން ކުރުން ހުއްޓުވީމަ މި އަރާމުގައި ފޮނިކަންމަތީ ކިތަށްދުވަހުތޯތިބެވެނީ ނިކަން ބަލަންތިބޭ؟
ކަތްދައްތަ
26 November 2019
ވަކިކުރި: އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ކީރިތި ޤުރުއާން ހިތުދަސް (މިސްރު) ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، (މިސްރު) ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު، (މިސްރު) ފަނޑިޔާރު އަބްދުﷲ އަރީފް (މަދީނާ) ޢަބުދުﷲ ދީދީ ޤާނޫނީ ދާއިރާއިން މަތީތަޢުލީމު(ދުނިޔެ) ޢައްޔަންކުރި: ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު (އިގިރޭސިވިލާތް) ފަނޑިޔާރު އާއިޝާޝުޖޫން މުހައްމަދު (އޮސްޓްރޭލިޔާ) ފަނޑިޔާރު މަހާޒްއަލީ ޒާހިރު. (މެލޭޝިޔާ) ވާންވީ ގޮތާއި ވާނެގޮއް ވަރަށްސާފު؟
ދޮންމޮހޮނު
26 November 2019
ތިޔަ އަރަބި ކަރައިގެ އަދި ދުނިޔޭގެ ތަޢުލީމު ލިބިގެންކަމަށްބުނާ ބޭފުޅުން އެހެންވީރު ތިޔަ ހޭވީ ކޮން ހަޑިއެއް. އަލަށް އައްޔަނުކުރި މީހުން ގޯސްކަމަށް ތަސައްވުރު ދައްކަން އުޅޭއިރު، ކުރިން ތިބި ތިޔަ ދައްކާ އިލްމީ ދީނީ ގާބިލު މީހުން ކުރި ކަންކަމަކީ ހަމަ ގަބޫލު ކަންކަންބާ؟ މީހެއްގެ ސިފައާ ގޮތް އގޭނީ އެމީހަކު ކިޔެވިޔަނަކުން ނޫން. އެމީހގެއްގެ އަމަލުން. ވައްސަލާމް!