ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރަޝީދާއި އެކުންފުނީގެ ޗެއާމަން ސައުދުﷲ އަހުމަދު އެސްއޯއީ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ. ފައިލް ފޮޓޯ/މިހާރު
26 ނޮވެމްބަރ 2019 - 17:10
ތިލަފުއްޓާއި ގުޅިފަޅު ބަލަހައްޓާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިިޒެޑްއެލް)ގެ އޮޑިޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ފަށައިފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް މުހައްމަދު ނަސީމު "މިހާރު" އަށް މިއަދު ވިދާޅުވީ، އެތެރޭގެ މައްސަލަތައް ބޮޑުވެފައިވާ ޖީއެމްއައިޒެޑްއެލް އޮޑިޓް ކުރުުމުގެ މަސައްކަތް ފެށީ ވަރަށް ފަހުން ކަމަށެވެ.
ޖީއެމްޒެޑްއެލް އާ ގުޅޭ ދެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒްް (އެސްއޯއީ) ކޮމިޓީ އިން ވެސް އަންނަނީ ބަލަމުންނެވެ. މަޖިލީހުން ބަލަމުން އަންނަ އެއް މައްސަލަ އަކީ ތިލަފުށި ފަޅުގައި އޮތް އެމްވީ ސީހޯމް ސަފަޔާ ނަަގަން ބަޔަކާ ހަވާލުކުރުމުގައި މެނޭޖްމަންޓުން އަމަލުކުރި ގޮތް ރަނގަޅު ނޫން ކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާ އެވެ. އަނެއް މައްސަލަ އަކީ ކެމިކަލް ރައްކާކުރާ ގުދަންތައް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި ގޮތާ ބެހޭ ގޮތުން އޭސީސީން ފޮނުވި ސިޓީއެއްގެ މައްސަލަ އެވެ.
އެ ދެ މައްސަލައާ ބެހޭ ގޮތުން ސުވާލުކުރަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (އިބޫ) އާއި ކުންފުނީީގެ ބޯޑުގެ މެމްބަރުން އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރި ދުވަހު އެ ކުންފުނީގެ ޗެއާމަން ސައުދުﷲ އަހުމަދާއި ބޯޑުގެ އެެހެން މެމްބަރުން އެމްޑީ އިބޫ އަށް ގިނަ ތުހުމަތުތަކެއް ކުރެއްވި އެވެ. އެ ބޭފުޅުން ވިދާޅުވީ ބޮޑެތި ކަަންތައްތައް އިބޫ ނިންމަވަނީ ބޯޑާ މަޝްވަރާ ނުކުރައްވާ ކަމަށެވެ. ތިލަފުށި ފަޅުގައި އޮތް ބޯޓު ނަގަން ބަޔަކާ ހަވާލުކުރި އިރު އެކަމުގައި ވެސް އަމަލުކުރައްވާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ސައުދާއި އެހެން ބޭފުޅުން ވިދާޅުވި އެވެ.
އެކަމަކު އިބޫ ވިދާޅުވީ އޭނާ ހުރިހާ ކަމެއް ވެސް ކުރައްވާފައި ވާނީ ކުންފުނީގެ ބޯޑުން ކުރިން ފާސްކޮށްފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ. ބޯޓު ނަގަން ބަޔަކާ ހަވާލުކުރި މައްސަލަ އޭސީސީން ބަލައި، އެކަމުގައި ކޮރަޕްޝަން އެކުލެވިފައި ނުވާ ކަމަށް އޭސީސީން ބުނެފައިވާ ކަމަށް ވެސް ކޮމިޓީގެ ބައްދަލުވުމުގައި އިބޫ ވިދާޅުިވި އެވެ.
ޖީއެމްއައިޒެޑްއެލްގައި ކޯޅުން އޮތްވަރު އެނގިވަޑައިގެންނެވުމުން ކޮމިޓީގެ މެމްބަރުން ލަފާ ދެއްވީ ގުޅުން ރަނގަޅުކޮށް "ކުންފުންޏެއް ގޮތަށް" އެ ތަން ހިންގުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން...
27 November 2019
އޯޑިޓް ކުރަނީ....މައްސަލަ ބަލަނީ....ކަންބޮޑުވުން ފާޅު ކޮށްފި.... މީ ވަރަށް ގިނައިން އަޑުއިވޭ ބަސްތައް...ގެރިވަނީ މަރު....
ބޮޑުމީހާ
27 November 2019
ތިކުރާ އޯޑިޓަކުން ދުވަހަކުވެސް މައްސަލައެއް ފެނުނުތަ. ފެންނަނަމަ ފިޔަވަޅު އަޅާ ވަކިކުރާތަން ވެސް ފެންނަންވާނެ. އުސޫލުން ބޭރުން ކަމެއްކޮށްފިއްޔާ މާނައަކީ އިތުރަށް ވަޒީފާގައި ދެމިހުރުމުގެ ހައްގެއް ނެތޭ
ތިލަފުށި ކެޔޮޅު
27 November 2019
ޖެހިގެން އުޅޭ މައްސަލަ ވަރަށްސާފު، ބޯޑުން ކުންފުނީގެ ޑެއިލީ އޮޕަރޭޝަންސްގެ ތެރެއަށްވަދެ ކުންފުނީގެ އެމް.ޑީ އަށް މަސައްކަތް ނުކުރެވެނީ .. ބަލަ އަލަށް ބޯޑުތަކަށް ލާފައިމިތިބެ އިންސާނުންތަކަށް އެއްޗެއްވިސްނިބަލަ ، ބޯޑަކީ ކުންފުނީގެ ސިޔާސަތު ރާވާ ތަނެއް ހިންގާނީ އެމް.ޑީ ..ބޯޑުގެ ޗެއަރ ކުންފުނި ހިންގަން އުޅެންޏާ ހުރިހާތަނެއްގައިވެސް ތިކަން ދިމާވާނެ
އަލީބަލީ
26 November 2019
ސަރުކާރުގެ ހުރިހައިމުވައްސަސާއެއް ވަރުގަދަ ބައިނަލްއަޤްވާމީ އޮޑިޓަރެއް ބައިވެރިކޮށްގެން ފިސާރިބޮޑު އޮޑިޓެއް ހަދަންވީ. ހަދާފަ އިހުމާލުވާފަރާތްތަކާއިމެދު ވަގުތުން ވަގުތަށް ފިޔަވަޅުއަޅައި، ކޮރަޕްޝަން ފިލުވާލަބަލަ. ދުވަސްވީވަރަކަށް ޖަހާނީވަޅު.
ކައުންސިލް އިންތިޚާބު ނޯ
26 November 2019
ތަޅުވަނީ އެވެ.ހާރުވަނީ އެވެ.